ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ދުނިޔެ - ޕާކިސްތާން: ރޭލެއްގައި އަލިފާން ރޯވުން

ޕާކިސްތާނުގައި ރޭލެއްގަ ރޯވެ 70 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

  • މި ހާދިސާގައި 43 މީހުން ފިހުނު
  • ފިހުނު މީހުންގެ ތެރެއިން 11 މީހެެއްގެ ޙާލު ވަރަށް ސީރިއަސް
  • އަލިފާން ރޯވި ރޭލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު

ޒިހްނަތު ހަސަން
ziyo_mv

ކ. މާލެ 31 އޮކްޓޯބަރ 2019 | ބުރާސްފަތި 15:20 2,814

ޕާކިސްތާނުގެ ކަރާޗީން ރާވަލްޕިންޑީއަށް ދަތުރުކުރި ރޭލެއްގައި ރޯވެ އަނދަނީ - ޕާކިސްތާން ޓުޑޭ

ޕާކިސްތާނުގައި ފަސިންޖަރުން އުފުލާ ރޭލެއްގައި އަލިފާން ރޯވެ 73 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ޤައުމީ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި މިހާދިސާގައި 43 މީހަކު ފިހި މީގެތެރެއިން 11 މީހުން ތިބީ ވަރަށް ނާޒުކު ޙާލަތެއްގައެވެ. ކައިރި ހޮސްޕިޓަލުގައި މިމީހުންނަށް ފަރުވާދެމުން ދާއިރު މިޙާދިސާގައި މަރުވާމީހުންގެ ޢަދަދު އިތުރުވެދާނެކަމަށް ޞިއްޙީ އޮފިޝަލުން ލަފާކުރެއެވެ. މިޙާދިސާގައި ބައެއް ފަސިންޖަރުން ވީނުވީއެއް ނޭގި ގެއްލިފައިވާއިރު، ފުލުހުންނާއި ޞިއްޙީ އޮފިޝަލުން ގުޅިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.

އަލިފާން ރޯވި ރޭލުން ގެއްލުނު މީހުން ހޯދަނީ

ޕާކިސްތާނުގެ ބަދަނރުމަތީ ރަށެއްކަމަށްވާ ކަރާޗީން ރާވަލް ޕިންޑީއަށް ދަތުރުކުރަމުންދިޔަ ރޭލުގައި އަލިފާން ރޯވީ ފަސިންޖަރެއްގެ އިހުމާލުން ކަމަށް ޕާކިސްތާނުގެ ކަމާބެހޭ އިސް މަސްއޫލުވެރިން ވިދާޅުވެއެވެ. ވެރިރަށް އިސްލާމް އާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޤައުމުގެ ރޭލްވޭ މިނިސްޓަރ ޝައިޚް ރާޝިދް އަޙްމަދު ވިދާޅުވި ގޮތުގައި ރޭލުގައި އަލިފާން ރޯވީ ފަސިންޖަރުން ހެދުނުގެ ނާސްތާ ތައްޔާރުކުރަން އުޅުމުގެ ތެރޭގައި ކުރިމަތިވި ޙާދިސާއެއްގައެވެ.

ފަސިންޖަރުން ހެދުނުގެ ކެއުން ތައްޔާރުކުރަން އުޅުމުގެ ތެރޭގައި ކައްކަން ބޭނުންކުރި އުދުން ގޮވައިގެން އަލިފާން ރޯވީ. އަދި އެވަގުތު ރޭލުގެ ތިން ބައެއްގައި އަލިފާން ހިފި. އެހާ ބޮޑުވަރުވީ އެމީހުން ކައްކަން ގެންގުޅުނު ކަރާސީނު ތެލުގައި ހުޅުހިފީމައި. ރޭލު ދަތުރުތަކުގައި އުދުން ގެންގުޅުމަކީ މަނާކަމެއް. އެހެންނަމަވެސް ދިގު ދަތުރުތަކުގައި ފަސިންޖަރުން، ޚާއްޞަކޮށް ފަޤީރުން އުދުން ހިފައިގެން އަންނަކަން ފާހަގަކުރެވޭ.

~ ޕާކިސްތާނުގެ ރޭލްވޭ މިނިސްޓަރ /ޝައިޚް ރާޝިދު އަޙްމަދު

މި ހާދިސާގައި ގިނަ ޢަދަދެއްގެ ރައްޔިތުން މަރުވުމާއި ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އެކަމާއި ހިތާފާޅުކުރައްވާ، އެ ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ފިހުނު ނުވަތަ ޒަޚަމްވީ މީހުންނަށް އަވަސް ފަރުވާ އެދޭ ވާހަކަ އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ ގައި ބަޔާންކުރައްވާފައެވެ.

އަލިފާނުގެ ޙާދިސާ ހިނގީ ކަރާޗީން ޕާކިސްތާނުގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ރޭލުގެ ޚިދްމަތް ފޯރުކޮށްދޭ "ތެޒްޣާމް"ގެ ރޭލެއްގައެވެ. މިއީ ޕާކިސްތާނުގައި އާއްމު ރޭލުގެ ޚިދްމަތްދޭތާ އެންމެ ގިނަ ދުވަސްވީ އަދި އާއްމުންގެ މެދުގައި އެންމެ މަޤްބޫލު ރޭލުގެ ޚިދުމަތެވެ. މިއަދު ރޯވީ ކަރާޗީން ރާވަލްޕިންޑީއަށް ދަތުރުކުރި ރޭލެއްގައެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކު ތެޒްޣާމުން މި ތާވަލު ދަތުރުކުރެއެވެ. މި ދަތުރުގެ ދިގުމިނަކީ 25 ގަޑިއިރެވެ.

މިއަދު "ތެޒްޣާމް" ރޭލުގައި ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން ވަގުތީ ގޮތުން ރޭލުގެ ޚިދުމަތް ހުއްޓާލިނަމަވެސް، މިހާރު އާދައިގެ މަތިން ތާވަލު ދަތުރުތައް ފަށާފައިވާކަމަށް ޚަބަރު ލިބެއެވެ.

އަލިފާނުގެ ޙާދިސާ ހިނގި އަވަށޫގެ ޑެޕިއުޓީ ކޮމިޝަނަރަ ޖަމީލް އަހްމަދާއި ޙަވާލާދީ ޕާކިސްތާނުގެ މީޑިއާއިން ރިޕޯޓްކުރާގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު އެއީ ކޮންބައެއްތޯ ކަށަަވަރުކުރުމުގެ މަސައްކަތެވެ. އެނާ ވިދާޅުވެފައިވަނީ މަރުވި މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާތީ ކޮންބައެއްކަން ދެނެގަންނަން ވަރަށް ދަތިކަމަށެވެ. މަރުވި މީހުން ޔަޤީންކުރުމަށް ޑީއެންއޭ ހެދުމަށް ވިސްނަމުންދާކަމަށް ޖަމީލް ވިދާޅުވެއެވެ.

މިއަދުގެ ޙާދިސާއަކީ ފާއިތުވެ ދިހަ އަހަރަށް ބަލާއިރު ޕާކިސްތާނުގެ ހިނގި އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ރޭލުގެ އަލިފާނުގެ ޙާދިސާއެވެ. ޕާކިސްތާނުގައި ނުރައްކާތެރި ރޭލު އެކްސިޑެންޓްތަކާއި އަލިފާނުގެ ޙާދިސާތައް ވަރަށް ޢާއްމެވެ. މިފަދަ ޙާދިސާތައް ކުރިމަތިވަނީ ރޭލަށް ނުކަތާވަރަށް ފަސިންޖަރުން އުފުލުމާއި، ރޭލު ދުއްވާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަަޅު ނާޅާ ދަތުރުތައް ކުރަމުންދާތީކަމަށް މުޙައްލިލުން ބުނެއެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހު އެކަނިވެސް ރޭލުގެ ދެ އެކްސިޑެންޓެއް ކުރިމަތިވިއެވެ. އެއް ހާދިސާގައި އެގާރަ މީހުން މަރުވިއިރު ދެވަނަ އެކްސިޑެންޓުގައި 4 މީހުން މަރުވިކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ނުރައްކާތެރި އެކްސިޑެންޓްތައް:

2007:މެ ހަރާޕޫރުގައި ދެ ރޭލެއް ޖެހި ހިނގި އެކްސިޑެއްޓެއްގައި 56 މީހުން މަރުވެ 120 މީހުން ޒަޚަމްވިއެވެ.

2005: ސިންދް ޕްރޮވިންސްގައި ތިން ރޭލެއްޖެހި ހިނގި އެކްސިޑެއްޓެންގައި 130 މީހުން މަރުވިއެވެ. މިއީ އެޤައުމުގެ ތާރީޚުގައިވެސް ހިނގި އެންމެ ނުރައްކާތެރި ޙާދިސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް