ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 09:50
ޓްވިޓަރ
ޓްވިޓަރ
ޓައިމްސް ނައު
ޓްވިޓަރ
ޓްވިޓަރއިން ސިޔާސީ އިސްތިހާރު ނުދައްކާ ގޮތަށް ނިންމައިފި
 
ދޮގު މައުލޫމާތު ފަތުރާތީ ޕްރެޝަރތައް ކުރިމަތިވޭ
 
މިހާރު ދައްކަމުން އަންނަ އިސްތިހާރުތައް ވެސް ހުއްޓާލާނެ
 
މިނިންމުން ތަންފީޒު ކުރަނީ ނޮވެންބަރު 22 ގައި

ޓްވިޓަރއިން ސިޔާސީ އިސްތިހާރެއް ޓްވިޓަރގެ އެއްވެސް ފްލެޓްފޯމްއެއްގައި ނުދެއްކުމަށް ނިންމައިފިއެވެ.

ޓްވިޓަރ ސީއީއޯ ޖެކް ޑޯސީ ވިދާޅުވީ ޓްވިޓަރ އިން އެއްވެސް ސިޔާސީ އިސްތިހާރެއް ނުދައްކާނެ ކަމަށާއި، މިހާރު ދައްކަމުން އަންނަ އިސްތިހާރުތައް ވެސް ހުއްޓާލާނެ ކަމަށެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނޮވެންބަރު 22 ވަނަ ދުވަހު މިނިންމުން ތަންފީޒު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓްވިޓަރގެ މަރކެޓްގައި ޝެއަރ މާބޮޑަށް ދަށް ނުވާނެ ކަމަށް އެނަލިސްޓުން ބުނަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގެ ފްލެޓްފޯމްތައް ކަމުގައިވާ ފޭސްބުކް، ޓްވިޓަރ، އަށް ބޮޑެތި ޕްރެޝަރތަކެއް އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެއީ އެފްލެޓްފޯމްތައް މެދުވެރިކޮށް ދޮގު މައުލޫމާތު އެކުލެވޭ ސިޔާސީ ޚަބަރުތައް ފަތުރާތީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް ފޭސްބުކް އިން ވަނީ އަދިވެސް މިފަދަ ސިޔާސީ ޚަބަރުތައް ހިމެނޭ އިސްތިހާރުތައް އެއްވެސް ވަރަކަށް ޗެކް ނުކޮށް އަދިވެސް އަރުވާނެ ކަމަށް ބުނެފައެވެ.

ފޭސްބުކްގެ މިނިންމެވުމަށް ފާޑު ވިދާޅުވެ، އެމެރިކާގެ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ޖޯ ބައިޑަން އަދި ސެނަރޓަރ އެލިޒަބަތް ވޮރަން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

މީގެއިތުރުން ސިޔާސީ އިސްތިހާރު ނުދެއްކުމަށް ޓްވިޓަރއިން ނިންމި ނިންމުމަށް ޖޯ ބައިޑަންގެ ޑެޕިއުޓީ ކޮމިޝަން ޑިރެކްޓަރ ބިލް ރޫސޯ ވިދާޅުވީ މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕްއަށް ފެތުރި ދޮގު މައުލޫމާތު އެކުލެވޭ އިސްތިހާރު ނުދެއްކުމަށް އެދޭ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް