ކ. މާލެ
|
31 އޮކްޓޯބަރ 2019 | ބުރާސްފަތި 07:28
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން
އަލްޖަޒީރާ
ތުރުކީއާ ރަޝިޔާ
ތުރުކީއާ ރަޝިޔާ ގުޅިގެން ސީރިއާގައި ހިންގާ ފޯރިމެރުންތައް ހުކުރު ދުވަހު ފަށަނީ
 
ސީރިއާއަށް ނިސްބަތްވާ 3.6 މިލިއަން ރެފިއުޖީން ބަދަލުކުރަން ވަނީ ނިންމާފައި
 
ސީރިޔާގެ އުތުރުގައި އުޅުނު ކުރުދީ ހަނގުރާމަވެރިން ވަނީ އެސަރަހައްދު ދޫކޮށްފައި
 
ރަޝިޔާގެ ސިފައިންގެ ޓީމެއްވަނީ ތުރުކީއަށް ގޮސް މަޝްވަރާ ވަނީކޮށްފައި

ތުރުކީއާ ރަޝިޔާ ގުޅިގެން ސީރިއާގައި ހިންގާ ޚާއްސަ ފޯރިމެރުންތައް ހުކުރު ދުވަހުން ފަށަން ނިންމާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވިދާޅުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބުދަ ދުވަހު ރަޝިޔާގެ ސިފައިންގެ ޓީމެއްވަނީ ތުރުކީއަށް ގޮސް ތުރުކީގެ އޮފިޝަލުންނާއެކު ކަމާބެހޭ މަޝްވަރާތައް ކޮށްފައެވެ. މިބައްދަލުވުމުގައި ރަޝިޔާގެ ޓީމުން ވަނީ ސީރިޔާގެ އުތުރުގައި އުޅުނު ކުރުދީ ހަނގުރާމަވެރިން އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

ޚާއްސަ ޕެޓްރޯލްކުރުންތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އޮކްޓޫބަރު 09 ގައި ތުރުކީ އިން ވަނީ އެސަރަހައްދުގައި ތިބި ކުރުދީ ހަނގުރާމަވެރިން ފައްސާލުމަށް ހަމަލާތަކެއްދީފައެވެ. ތުރުކީން ބޭނުންވަނީ އެސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ބޭރުކޮށް އެތަން އަމާންތާކަށް ހެދުމަށްފަހު، ތުރުކީގައި ތިބި ސީރިއާއަށް ނިސްބަތްވާ 3.6 މިލިއަން ރެފިއުޖީން އެސަރަހައްދަށް ބަދަލުކުރަންށެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ކުރުދީ ހަނގުރާމަވެރިންނާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރުދީ ހަނގުރާމަ ވެރިންނަށް އެސަރަހައްދުން ހަތިޔާރުތައް ހިފައިގެން ފޭބުމަށް 150 ގަޑިއިރު މުހުލަތެއްދީފައި ކަމަށެވެ. އަދި ރައީސް އުރުދުގާން ރަޝިޔާއާ ހަވާލާދީ ވިދާޅުވީ 34،000 ކުރުދީ ހަނގުރާމަ ވެރިން 3260 ބަރު ހަތިޔާރާއެކު އެސަރަހައްދޫކޮށް ގޮސްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް