ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 19:22
ކަރީނާ އާއި ތައިމޫރު އެއާޕޯޓްގައި
ކަރީނާ އާއި ތައިމޫރު އެއާޕޯޓްގައި
ގޫގުލް
ކަރީނާ
ކަރީނާ އާއި ތައިމޫރު އަރައިގެންހުރި ބޫޓަށް ބޮޑު ސަމާލުކަމެއް!
 
ތައިމޫރު ވައްތަރު ބުދެއް ވެސް މީގެ ކުރިން އުފެއްދި
 
ތައިމޫރަކީ އަބަދުވެސް ޕަޕަރާޒީންގެ ބޮޑު ސަމާލުކަމެއް ލިބޭ ކުއްޖެއް

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރާއި އޭނާގެ ކުޑަ ދަރިފުޅު އެއާޕޯޓަށް ދިޔަ އިރު އަރައިގެން ހުރި ބޫޓަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އެ ދެމައިން އެއާޕޯޓަށް ދިޔަ އިރު އަރައިގެން ތިބީ ދާދި އެއްކަހަލަ ބޫޓް ތަކަކަށެވެ. ޕަޕަރާޒީން ނަގާފައިވާ ފޮޓޯތަކާއި ބައެއް ވީޑިއޯތަކުންވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެދެމައިންގެ އެއްކަހަލަ ބޫޓެވެ.

ތައިމޫރު ލައިގެން ހުރި ޓީޝާޓްގައި "އައިލަވް މޮމް" ޖަހާފައިވާއިރު އޭނާ އަކީ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެފާ ކުއްޖެއްކަން ފާހަގަކޮށްލެވެއެވެ. ޕަޕަރާޒީންގެ އުނދަގޫ ތައިމޫރަށް ބޮޑުވެފައިވާއިރު އޭނާ ކޮންމެތާކަށް ދިޔަ ނަމަވެސް ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން ހޯދައެވެ.

"ސްޓާ ކިޑް"ގެ ގޮތުގައި ގިނަ ބަޔަކު ތައިމޫރު ސިފަކުރާއިރު ތަންކޮޅެއް ކުރިން ވަނީ ތައިމޫރު ވައްތަރުގެ ބުދެއްވެސް އުފައްދާ މާކެޓްގައި ވިއްކަން ފަށާފައެވެ.

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ކަރީނާ އާއި ސައިފް އަލީ ހާން ކައިވެނިކުރީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. އެދެމީހުންނަށް ތައިމޫރު ލިބުނީ 2016 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
30%
9%
7%
28%
12%
14%
ކޮމެންޓް
31 އޮކްޓޯބަރ 2019 | ބުރާސްފަތި 00:58
ގޯނިބެ
ފަރުމައްޗަށް ބޮލިހިލަން ދާން ތިޔަކަހަލަ ބޫޓެއްލިބޭތޯ ބަލަންވީ!!