ކ. މާލެ
|
30 އޮކްޓޯބަރ 2019 | ބުދަ 04:26
ފިލިޕިންސަށް އައި ބިންހެލުމުން ގެއްލުންތަކެއްވުން
ފިލިޕިންސަށް އައި ބިންހެލުމުން ގެއްލުންތަކެއްވުން
ޓްވިޓަރ
ފިލިޕިންސް
ފިލިޕިންސަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހަތަކަށް އަރައިފި
 
ބިންހެލުމުގައި ޖުމްލަ 1،200 ގެއަކަށް ވަނީ ގެއްލުން ވެފައި

ސަދަން ފިލިޕިންސަށް 6.6 މެގެނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހަތަކަށް އަރައިފިއެވެ.

އަންގާރަ ދުވަހު މި ބިންހެލުން އައިސްފައިވަނީ ފިލިޕިންސްގެ އީސްޓް ބުއަލްގެ 14 ކިލޯ މީޓަރު ދުރުން އަދި ޑަވައޯ ސިޓީއާ 60 މޭލު ދުރުންނެވެ. މި ބިންހެލުމާ ގުޅިގެން ކައިރީގައި ހުރި އެއްވެސް ރަށަކަށް ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

މި ބިންހެލުމުގައި 1،200 ގެއެއްގެ އިތުރުން 10 ސްކޫލެއް ހަލާކުވެފައިވާއިރު، މިންޑިނާއޯއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މިއީ ފިލިޕިންސަށް ފާއިތުވެދިޔަ ދެ ހަފްތާގައި އައި ދެވަނަ ބިންހެލުމެވެ. މި މަހު 16 ގައި މިންޑިނާއޯއަށް 6.3 މެގްނިޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި ފަސް މީހުން ވަނީ މަރުވެފައެވެ.

ފިލިޕިންސަކީ ބިންހެލުން ގިނައިން އަންނަ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް