ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 17:53
އުރީދޫ އެކު ކެމްޕެއިން ފަށާފައިވަނީ ޤައުމީ ދުވަހާއި ގުޅުވައިގެން
އުރީދޫ އެކު ކެމްޕެއިން ފަށާފައިވަނީ ޤައުމީ ދުވަހާއި ގުޅުވައިގެން
އުރީދޫ
އުރީދޫ
އުރީދޫގެ "އެކު" ކެމްޕެއިން ލޯންޗުކޮށްފި
 
މި ޚާއްސަ ކެމްޕެއިން ތައާރަފްކޮށްފައިވަނީ، އެމް.އެން.ޔޫގެ ދަރިވަރުންނާއި އެކު

ދިވެހިރާއްޖޭގެ ގައުމީ ދުވަހު، އުރީދޫ އިން "އެކު" ކެމްޕެއިން ތަޢާރަފްކޮށް، ލޯންޗުކޮށްފިއެވެ.

އުރީދޫގެ މި ޚާއްސަ ކެމްޕެއިން ތައާރަފްކޮށްފައިވަނީ، އެމްއެންޔޫގެ ދަރިވަރުންނާއިއެކު، އެ ޔުނިވާސިޓީގައި ބޭއްވުނު ހާއްސަ ކީނޯޓް އިވެންޓެއްގައެވެ. މިގޮތުން، އުރީދޫގެ ބްރޭންޑް ޓީމް ވަނީ، "އެކު" ކެމްޕެއިން މިސާލެއްގެ ގޮތުގައި ނަގައި، ކެމްޕެއިން ސްޓްރެޓެޖީ ފަރުމާކުރުމާއި ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމުގެ އުކުޅުތަކާއި ބެހޭ މައުލޫމާތު، އެމްއެންޔޫ ގައި މާކެޓިންގ ކިޔަވަމުންދާ ދަރިވަރުންނާއި ހިއްސާކޮށްފައެވެ.

އެކަކާއި އަނެކަކުގެ ދެމެދުގައިވާ ތަފާތުތައް ފާހަގަކޮށް އުރީދޫ އިން ކުރިއަށް ގެންދިޔަ މަގުބޫލު "ވަރަށް ތަފާތު" ކެމްޕެއިނަށް ފަހު، މިފަހަރު ފެނިގެންދާ "އެކު" ކެމްޕެއިނުން ދައްކުވައިދެނީ މުޖުތަމައުގެ މެދުގައިވާ ތަފާތުތަކާއި އެކުވެސް، އެއް ބައެއްގެ ގޮތުގައި، އެއްބައިވަންތަކަމާއި، އަޅާލުމާއި "އެކު" އުޅުމުގެ މުހިއްމުކަމެވެ. ހަމައެހެންމެ، އުރީދޫގެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކާއި އެކު ކަސްޓަމަރުންނަށް ގެނެސްދޭ އިތުރު ފުރުސަތުތަކާއި ފަސޭހަތައް، އަދި އެކުންފުނިން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން ގެނެސްދިނުމަށް ކުރަމުންދާ ތަފާތު މަސައްކަތްތައްވެސް "އެކު" ކެމްޕެއިން މެދުވެރިކޮށް އަލިއަޅުވާލާފައިވާ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒު ވިދާޅުވީ މިފަދަ ޚާއްސަ ދުވަހެއްގައި "އެކު" ކެމްޕެއިން ތައާރަފްކޮށް، ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް އުރީދޫ ބްރޭންޑުންދޭ އަޙަމިއްޔަތު ފާހަގަކުރާ ކަމަށާއި، އުރީދޫގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހީންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ޤައުމު ބިނާކުރުމަށް އަބަދުވެސް އުރީދޫ އިން މަސައްކަތް ކުރާނެ ކަމަށެވެ.

އުރީދޫގެ "އެކު" ކެމްޕެއިން މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
0%
50%
0%
0%
ކޮމެންޓް