ބުދަ 13 ނޮވެންބަރު 2019
13 ވިހާ
1441 ރަބީއުލް އައްވަލް 16
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05
ލުއި ޚަބަރު - ޝާހް ރުކް ހާން

އެތައް ސަތޭކަ ބައެއް އިންޓަވިއުކޮށްފައިވާ ޑޭވިޑް ލެޓަމަންގެ "ޓޮޕް" އަކީ ޝާހް ރުކް

  • ޑޭވްގެ ނެޓްފްލިކްސް ޝޯވ "މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރޮޑަކްޝަން" ގެ ފަހުގެ އެޕިސޯޑްގެ ގެސްޓަކީ ޝާހް ރުކް

އައިޝަތު ޝާނީ
Shaaknee

ކ. މާލެ 29 އޮކްޓޯބަރ 2019 | އަންގާރަ 17:08 4,774

ޑޭވިޑް ލެޓަރމަން އާއި ޝާހް ރުކް ހާން - ގޫގުލް

އެމެރިކާގެ މަޝްހޫރު ޓޯކް ޝޯވ ހޯސްޓްކަމަށްވާ ޑޭވިޑް "ޑޭވް" ލެޓަމަން އެތައް ސަތޭކަ ބައެއް އިންޓަވިއުކޮށްފަވީނަމަވެސް، އޭނާގެ "ޓޮޕް"އަކީ ޝާހް ރުކް ހާންކަމަށް ބުނެފިއެވެ.

ޑޭވްގެ ނެޓްފްލިކްސް ސީރީޒްއެއްކަމަށްވާ "މައި ނެކްސްޓް ގެސްޓް ނީޑްސް ނޯ އިންޓްރޮޑަކްޝަން"ގެ އެޕިސޯޑެއް މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކޮށްފައިވާއިރު، މި އެޕިސޯޑްގައި އޭނާގެ ގެސްޓަކީ ޝާހް ރުކްއެވެ.

ޝާހް ރުކް އަކީ ދުނިޔޭގެ އެންމެ ބޮޑު ތަރިކަމަށް ޑޭވް ފާހަގަކޮށްފައިވާއިރު، އޭނާ ވަނީ އެޕިސޯޑްގެ ސެންގްމަންޓަކަށް އިންޑިއާއަށް ދަތުރުކޮށް ޝާހް ރުކްއާއެކު ވަގުތު ހޭދަކޮށްފައެވެ. އަދި އެ ދުވަސް ކޮޅަކީ އީދަށް ވުމުން ތަހުނިޔާ ކިޔަން އެތައް ހާސް ބައެއް ޝާހް ރުކްގެ ގެ ކައިރިއަށް އައިސްފައިވާތަން ފެނުމުން ޑޭވް ހުރީ ހައިރާން ވެފައެވެ.

އަދި އޭނާގެ ގޭގައި މިފަދަ މަންޒަރު ނުފެންނަކަމަށް ޑޭވް ފާހަގަ ކުރިއެވެ.

ވަރަށް ސަމާސަކޮށް ދިޔަ މި އިންޓަވިއުގައި، ޝާހް ރުކް ވެސް ޖޯކް ޖަހާ ހެދިއެވެ. އަދި އަނބިމީހާ ގޯރީގެ ވާހަކައާއި، ދަރިންގެ ވާހަކަވެސް އޭނާ ހިއްސާ ކުރިއެވެ. މީގެ އިތުރުން، ސްކޫލް ދައުރުގެ ވާހަކަތަކާއި، މައިންބަފައިންގެ ވާހަކައާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަ ދެއްކިއެވެ.

އިންޓަވިއު ނިންމާލަން ގާތް ވެފައިވަނިކޮށް ޑޭވިޑްއަށް ޑާންސް ސްޓެޕްތަކެއް ދަސްކޮށްދޭން ވެސް އޭނާ މަސައްކަތް ކުރެއެވެ.

އަދި ނިންމާލަމުން، ޝޯވގެ ކޮންމެ އެޕިސޯޑެއް ވެސް ނިންމާލާއިރު އިންޓަވިއުދޭ ފަރާތަކީ ވަރަށް "ސްމާޓް އަދި ލޯބި" މީހެއްކަމަށް ހިތަށް އަރާކަމަށް ފާހަގަ ކުރަމުން ޑޭވް ބުނީ އެ ލިސްޓްގެ ޓޮޕްގައި ޝާހް ރުކް ހިމެނޭކަމަށެވެ.

ކޮމީޑިއަންއެއް ގޮތަށް އެންޓަޓެއިންމަންޓް އިންޑަސްޓްރީއަށް ތައާރަފްވި ޑޭވިޑް ލެޓަމަން ޓޯކް ޝޯވ ދުނިޔެއިން ފުރަތަމަ ފެނިފައިވަނީ 1982ވަނަ އަހަރެވެ.

އޭނާގެ ނެޓްފްލިކްސް ޝޯވް ފަށާފައިވަނީ 2018 ވަނަ އަހަރެވެ. އަދި މިހާތަނަށް އެ ޝޯވގައި 12 އަށް ވުރެ ގިނަ މީހުން ވަނީ އިންޓަވިއުކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، ފިލްމީ ތަރި ޖޯޖް ކްލޫނީ އަދި ރެޕް އާޓިސްޓް ޖޭ-ޒީ ހިމެނެއެވެ.

ޑޭވްގެ 33 އަށް ވުރެ ގިނަ އަހަރުގެ ކެރިއަރގައި އެތައް ސަތޭކަ މީހުނެއް ވަނީ އިންޓަވިއުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް