ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 15:40
ހައުސްފުލްގެ 4 ގައި ހަރަކާތްތެރިވާ ތަރިން
-
ހައުސްފުލް 4
ހައުސްފުލް 4 އަކަށް ހަތަރު ދުވަހުން 87 ކްރޯޑް
 
ހޯމަ ދުވަހު 34 ކްރޯޑް ލިބިފައިވޭ
 
ފިލްމު ހަދާފައިވަނީ 75 ކްރޯޑްގެ ބަޖެޓަކުން

ހައުސްފުލް 4 ދަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީ އެއް ހޯދަމުންނެވެ.

ހޯމަ ދުވަހު އެކަނި އެ ފިލްމު ވަނީ 34.56 ކްރޯޑް ރުޕީސް ހޯދާފައެވެ. އެ އަދަދާއި އެކު އެ ފިލްމު ވަނީ މިހާތަނަށް 87.8 ކްރޯޑް ހޯދާފައެވެ.

މީގެ ކުރިން އަންދާޒާ ކޮށްފައިވާ ގޮތުން ހޯމަ ދުވަހު އެ ފިލްމަށް ލިބޭނެ ކަމަށް ވަނީ 32-31 ކްރޯޑާއި ދެމެދުގެ އަދަދެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ފުރަތަމަ ހަފުތާގައި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 50 ކްރޯޑްއެވެ.

މި މަހު 25 ވަނަ ދުވަހު ނެރުނު ''ހައުސްފުލް 4'' ފިލްމުގައި ދައްކުވައިދެނީ މީގެ 600 އަހަރު ކުރީގައި ހިނގާފައިވާ ކަންތައްތަކެވެ. އެގޮތުން ފެނިގެން ދަނީ ރަންޖީތް ކިޔާ ރަސްގެފާނަކު އޭނާގެ ތިން އަންހެން ދަރިން ކަމަށްވާ ކްރިތީ، ޕޫޖާ އަދި ހަރްބަންދާ އަށް ކައިވެެނިކުރާނެ ފިރިހެނުން ހޯދުމަށް ކުރާ މަސައްކަތެވެ. ފިލްމުން ކްރީތީ އާއި އަކްޝޭ ރައްޓެހިވާއިރު ބޮބީ ރައްޓެހިވަނީ ކްރިތީ ހަރްބަންދާއާ އެވެ. އަދި ޕޫޖާ އާއި ރިތޭޝް ރައްޓެހިވެއެވެ.

އެ ފިލްމުގައި ބާހުބަލީ ފެނިގެން ދިޔަ ރާނާ ދައްގުބަތީއާ ސެކްރެޑް ގޭމްސް ސީރީސް ކުޅެފައިވާ ނަވާޒުއްދީންގެ ފެނިލުމެއް ފެނިގެންދާނެއެވެ.

''ހައުސްފުލް 4'' އަކީ 75 ކްރޯޑުގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް