ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 12:54
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިދިޔަ އަހަރުގެ ހަފްލާގެ ތެރެއިން
މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިދިޔަ އަހަރުގެ ހަފްލާގެ ތެރެއިން
އިމޭޖަސް.އެމްވީ
މޯލްޑިވްސް ބިޒްނަސް އެވޯޑްސް
މޯލްޑިވްސް ބިޒްނަސް އެވޯޑުގައި ވާދަކުރުމަށް 150 ފަރާތަކުން ހުށަހަޅައިފި
 
23 ތަފާތު ދާއިރާއަކުން ހޮވުނު ފަރާތްތަކަށް އެވޯޑްތައް ވަނީ މިދިޔަ އަހަރު ހަވާލުކޮށްފި
 
ބިޒްނަސް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު
 
އެވޯޑް ހަފްލާ އޮންނާނީ ޑިސެމްބަރު މަހު

ވިޔަފާރި ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑަށް އެކި ދާއިރާތަކުން 150 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް ބްލޭޒަން އިންކް އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފޯމްތައް ހުށަހެޅި ފަރާތްތައް ޝަރުޠު ހަމެވޭތޯ ބެލުމުގެ މަސައްކަތް އަންނަ ހަފުތާގައި ކުރާނެ ކަމަށާއި އަދި އެ ހަފުތާގެ ނިމޭކޮޅު އެވޯޑްތަކަށް އެކި ދާއިރާތަކުން ޝަރުޠު ހަމަވާ ފަރާތްތައް އިޢުލާން ކުރެވިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ހަފުލާ މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަފުލާއާ ބެހޭ އިތުރު މަޢުލޫމާތު ކުރިއަތް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށް ބްލޭޒަން އިން ބުނެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށް ދޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ އެ ވިޔަފާރިތަކުގެ ސަބަބުން އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލުތަކާއި ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީ ވުމަށް ހިތްވަރުދިނުމެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގައެވެ. އެ ޙަފުލާގެ ތެރެއިން 23 ތަފާތު ދާއިރާއަކުން ހޮވުނު ފަރާތްތަކަށް އެވޯޑްތައް ވަނީ ޙަވާލުކޮށްފައެވެ.

ބިޒްނަސް އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލްގައި މިދިޔަ އަހަރު ތިއްބެވީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްދާ ޒާހިރު އަދި އަޙްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
0%
0%
50%
ކޮމެންޓް