އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ބޮލީވުޑް

ކައިވެނީގެ ފޭކް ދައުވަތު ކާޑާއެކު އާލިއާއަށް އިތުރު ސުވާލުތަކެއް

  • ކައިވެނި ޕާޓީގެ ދައުވަތު ކާޑެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައި
  • އާލިއާގެ އާއިލާއިން ވަނީ އެކަން ދޮގުކޮށްފައި

ކ. މާލެ | 29 އޮކްޓޯބަރ 2019 | އަންގާރަ 15:35 | 6,648

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު - ބޮލީވުޑް ލައިފް

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ ކައިވެނިކުރާ ކަމަށްބުނެ އެކައިވެނި ޕާޓީގެ ދައުވަތު ކާޑު ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފަ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އެ ކާޑަކީ ފޭކު ކާޑެއް ކަމަށް އާލިއާގެ ގާތް ފަރާތަކުން ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ކައިވެނި ޕާޓީގެ ދައުވަތު ކާޑު އާންމު ވެގެންދިޔުމާއެކު ނޫސްވެރިން ވަނީ އާލިއާ އާ ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން މީގެ ކުޑަދުވަސް ކޮޅެއް ކުރިން އާލިއާ ލަންޑަނަށް ފުރަން ދަނިކޮށް އެއަރޕޯޓް ތެރެއިން ނޫސްވެރިން އާލިއާ ގެ ކައިވެނި އަންނަ އަހަރުގެ ޖެނުއަރީ މަހު ކުރާނެކަމަށް ދެކެވޭ ވާހަކަޔާއި ބެހޭގޮތުން ސުވާލުކުރުމުން އާލިއާ ވަނީ ހިނގަނޑެއް ޖަހާލާ އެސުވާލަށް ޖަވާބު ނުދީ ގޮސްފަ އެވެ.

ނަމަވެސް މީޑިޔާއިން އޮތީ އެހާ ފަސޭހައިން އާލިއާ އަށް ދޫދޭގޮތަކަށް ނޫނެވެ. ލަންޑަނުން އެނބުރި އައުމާއެކު އަނެއްކާވެސް ނޫސްވެރިން އެސުވާލު އާލިއާ އަށް އަމާޒުކުރި އެވެ. މިފަހަރުވެސް އާލިއާ އެސުވާލަށް ޖަވާބު ނުދޭން ވަރަށް މަސައްކަތް ކުރިއެވެ. އިންސްޓަރގްރާމްގައި ޕޯސްޓު ކޮށްފައިވާ ވީޑިއޯ އިން ފެންނަގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އާލިއާ ބުނެފައިވަނީ ޚަބަރެއް ފެތުރެމުންދާ ކަމަށާއި އެ ޚަބަރު ފެތުރެމުންދާނެ ކަމަށެވެ.

އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު އެދެމީހުން އެންމެ ފުރަތަމަ އާންމުންގެ ތެރެއިން އެއްކޮށް ފެނިފައިވަނީ ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާގެ ކައިވެނީގެ ހަފްލާގެ ތެރެއިންނެވެ. އޭގެފަހުން ދެ މީހުންގެ ސަޕޯޓަރުން އެންމެ އިންތިޒާރު ކުރަމުންދަނީ ދެ މީހުން ކައިވެނި ކުރާނެ ދުވަހަކަށެވެ. ނަމަވެސް ދެ މީހުންވެސް ބުނަމުން އަންނަނީ އެކަމާ އަދި ނޫޅޭ ކަމުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.