ކ. މާލެ
|
29 އޮކްޓޯބަރ 2019 | އަންގާރަ 09:50
އިނގިރޭސިވިލާތުގެ ދިދަ (ވ) އީޔޫގެ ދިދަ (ކ)
އިނގިރޭސިވިލާތުގެ ދިދަ (ވ) އީޔޫގެ ދިދަ (ކ)
ރޮއިޓަރސް
ބްރެކްސިޓް
އިނގިރޭސިވިލާތް އީޔޫއިން ވަކިވާ ތާރީހު ފަސްކޮށްފި
 
މި ކަން ހާމަކޮށްފައިވަނީ އީޔޫގެ ރައީސް ކުރެއްވި ޓުވީޓެއްގައި

އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވާ ތާރީޚް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކޮށްފިއެވެ.

އީޔޫގެ ރައީސް ޑޮނަލްޑް ޓަސްކް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ އެދުމުގެ މަތިން ބްރެކްސިޓް ފަސްކުރަން އީޔޫއިން އެއްބަސްވެފައިވާކަމަށެވެ. އަދި އެނިންމުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގާނެ ކަމަށެވެ.

އިނގިރޭސިވިލާތުން އީޔޫއިން ވަކިވާން ނިންމީ 2017 ވަނަ އަހަރުގައި އެޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، 51.9 އިންސައްތަ މީހުން އީޔޫއިން ވަކިވާން ވޯޓު ދިނުމާއި ގުޅިގެންނެވެ. އޭރު އެޤައުމުން ނިންމީ މި އަހަރުގެ މާޗް 29 ގައި އީޔޫއިން ވަކިވުމަށެވެ.

ނަމަވެސް އީޔޫއިން ވަކިވުމާއި ބެހޭ ގޮތުން ކުރީގެ ބޮޑު ވަޒީރު ތެރީސާ މޭ އެކުލަވާލި އެއްބަސްވުން އިޞްލާޙުކޮށް ތިން ފަހަރެއްގެ މަތިން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުންގައި ވޯޓަށް އެހުމުންވެސް، އެ އަށް ރުހުން ނުލިބޭތީ ބްރެކްސިޓް ފަސް ކުރުމަށް މޭ ވަނީ އެދިލައްވައިފައެވެ. އެފަހަރު އީޔޫ އިން ނިންމީ އޮކްޓޯބަރ މަހު 31 އަށް ފަސް ކުރުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް