ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ވިޔަފާރި - އެސްޓީއޯ

މި އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯގެ ސާފު ފައިދާ 25 އިންސައްތަ އިތުރު

  • ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ މިކުއާޓަރގެ ފައިދާއަކީ 112 މިލިއަން ރުފިޔާ

އަތޫފް އާތިފް
AthifAthoof

ކ. މާލެ 29 އޮކްޓޯބަރ 2019 | އަންގާރަ 09:40 1,598

އެސްޓީއޯ - ގޫގުލް

މިއަހަރުގެ ތިންވަނަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާ 25 އިންސައްތަ އިތުރުވެއްޖެއެވެ.

އެސްޓީއޯއިން އިއްޔެ އާއްމުކޮށްފައިވާ އެކުންފުނީގެ ތިންވަނަ ކުއާޓަގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިއަ ކުއާޓަރގައި އެކުންފުނީގެ ހިންގުމަށް ކުރި ޚަރަދު ވަނީ 12 މިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ މިކުއާޓަރގެ ފައިދާ 112 މިލިއަން ރުފިޔާއަށް އަރައެވެ.

ތިންވަނަ ކުއާޓަރގެ ފައިދާ އިތުރު ވެފައިވާއިރު މި އަހަރުގެ ތިން ކުއާޓަރގެ ފައިދާ އެއްކޮށްލުމުން 2018 ވަނަ އަހަރުގެ ޖުމްލަ ފައިދާއަށްވުރެ މި އަހަރުގެ ތިންކުއާޓަރއިން އެސްޓީއޯއަށް ލިބުނު ފައިދާ ގާތްގަނޑަކަށް 30 އިންސައްތައިގެ މިންވަރެއް އިތުރުވެފައިވެއެވެ.

އެސްޓީއޯގެ ފައިދާ އިތުރު ވެފައި މިވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދިނުމަށް މިފްކޯއަށް މިއަހަރުގެ މިހާތަނަށް 150 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށްފަހުކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް