ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ގޮށްރާޅު

ޝްވެކުގައި "ގޮށްރާޅު" އެޅުވި ފައިސާތައް ނުދީގެން ޕްރޮޑިއުސަރު ރަތަށް!

  • ފައިސާ ނުދީގެން ނުރުހުން ފާޅުކުރީ ސޯޝަލް މީޑިއާގައި
  • މޮގާ ބުނީ ގުޅުމުން ފޯނު ވެސް ނުނަގާ ކަމަށް

ކ. މާލެ | 27 އޮކްޓޯބަރ 2019 | އާދީއްތަ 23:14 | 19,105

ގޮށްރާޅުގެ ޕޯސްޓަރެއް - ފޭސްބުކް

މިއަހަރު ފެބްރުއަރީ މަހު ރިލީޒްކުރި ޑާކްރެއިންގެ ފިލްމު "ގޮށްރާޅު" ގެ ޝޯތަކެއް މާޗު މަހު ޝްވެކް ސިނަމާގައި ވެސް ދައްކާފައިވާއިރު އަދިވެސް ޝްވެކްގައި ފިލްމު އެޅުވި ޝޯތަކުގެ ފައިސާ ނުލިބޭ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފިއެވެ.

އަށް މަހަށް ވުރެއް ގިނަ ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ފައިސާ ލިބިފައިނުވާތީ ނުރުހުންވެ ހުރެ މޮގާ ވަނީ ޑާކްރެއިންގެ ރަސްމީ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓުގައި ޕޯސްޓެއް ވެސް ކޮށްފައެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ފިލްމު ޝްވެކް ސިނަމާގައި އެޅުވިތާ އެހާ ގިނަ ދުވަސްވީއިރު ފައިސާ ލިބިފައިނުވާ ކަމަށާއި ފައިސާ ހޯދަން ތަކުރާރުކޮށް ގުޅި ކަމަށެވެ. އެހެން ނަމަވެސް އެ ސިނަމާގެ ވެރިން މިހާތަނަށް ފޯނަށް ޖަވާބުދީފައިނުވާކަމަށެވެ. މިކަމާގުޅޭގޮތުން ޝްވެކް ސިނަމާގެ އިސްފަރާތްތަކާއި މުޢަމަލާތްކުރަން ކުރަން މަސައްކަތްކުރިނަމަވެސް އެފަރާތުން އިޖާބަދީފައި ނުވާތީ އާންމުންނަށް އެކަން އަންގަން ސޯޝަލް މީޑިއާގައި ޕޯސްޓުކުރަން މަޖްބޫރުވީކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ރާއްޖެ އެމްވީއަށް ވާހަކަ ދައްކަމުން މޮގާ ބުނީ، އެހާ ދުވަސްވީއުރޔ ޝްވެކްއިން މިކަމަށް ސަމާލުކަން ނުދިނުމުން އެކަމާއި މެދު ކަންބޮޑުވެ ހިތްހަމަނެޖެހޭކަމަށެވެ.

އޭނާ މިކަން ފާހަގަކޮށްފައިވަނީ ޑާކްރެއިންނަށް ލިބުނު ބޮޑު "ލަނޑު"އެއްގެ ގޮތުގައެވެ. އޭނާގެ ތަޖުރިބާއަށް ބަލާފައި އޭނާ ވަނި ފިލްމީ ދާއިރާގެ އެހެން ޕްރޮޑިސަރުންނަށްވެސް މިފަދަ ކަމެއް ދިމާވެދާނެކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ.

ޑާކްރެއިން އިން ކުރި ޕޯސްޓު

އިތުރަށް މޮގާ ބުނީ، ސިނަމާތަކަށް މީހުން ފިލްމު ބަލަން ވަންނަނީ ޓިކެޓަށް ފަހުން ފައިސާ ދައްކާ ގޮތަކަށް ނޫން ކަމަށާއި ފިލްމު ސިނަމާތަކުގައި އަޅުވަން ހަވާލުކުރަނީ ވެސް ވިޔަފާރި ފައިދާ ލިބޭގޮތައްކަމަށެވެ.

މޮގާ ބުނީ މިފަދަ ކަންތައް ދިމާވާނަމަ ކޮންމެ މީހަކުވެސް ހިތްހަމަ ނުޖެހޭނެ ކަމަށާއި ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިމަ ރުޅިވެސް ގަދަވާނެ ކަމަށެވެ.

"ގޮށްރާޅު" އަކީ ސަންޕެންސް ތްރިލަރއެކެވެ. އެ ފިލްމަކީ މޫމިން ފުވާދުގެ ވާހަކަ އަކަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ޖުމައިހު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.