އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އައްޒަ

"ހުވާ" ސީޒަން ދޭއްގެ ޝޫޓިން ފަށަން އައްޒަ ކެތްމަދުވެފައި

  • އައްޒަ ބުނީ، ހުވާ ދޭއްވެސް ވާނީ ނަހޫގެ މާސްޓާޕީސްއެއް ކަމަށް
  • އައްޒަ ވަނީ ނަޙޫއަށް ތައުރީފްކޮށް ޝުކުރުއަދާ ކޮށްފަ

ކ. މާލެ | 27 އޮކްޓޯބަރ 2019 | އާދީއްތަ 19:15 | 16,364

އައްޒަ - ފޭސްބުކް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ކުޅަދާނަ ޑައިރެކްޓަރ ފާތިމަތު ނަހުލާ (ނަހޫ) ގެ "ހުވާ" ސީޒަން ދޭއް ފަށަން ތައްޔާރުވެފައިވާއިރު ޝޫޓިން ފަށާނެ އިރަކަށް ކެތްމަދުވެފައި ހުރި ކަމަށް އެ ސީޒަންގެ ވެސް މުހިއްމު ރޯލެއް ކުޅޭ މަރިޔަމް އައްޒަ ބުނެފިއެވެ.

"ހުވާ" ސީޒަން އެކެއްގައި އައްޒަ ކުޅެފައިވަނީ "މިންހާ"ގެ ކެރެކްޓާއެވެ. އޭނާގެ އެ ކެރެކްޓަރ އަކީ ގިނަ ބަޔަކަށް ކަމުދިޔަ އަދި ތައުރީފް ލިބިގެންދިޔަ ކެރެކްޓަރ އެއްކަން ފާހަގަކޮށްލެވެއެވެ.

އައްޒަގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ހުވާ" ސީޒަން ދޭއްގެ ސްކްރިޕްޓް ކިޔައި ނިމުން އިރު އަނގައިން ބަސްހުސްވެ ކޮސްވެ އަންތަރީސް ވެގެން ދިޔަ ކަމަށެވެ. އެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަ ޖެހިފައި ހުރި އައްޒަ ބުނެފައިވަނީ ޝޫޓިން ފަށަން ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި އެހާމެ ބޮޑަށް ހިތް އަވަސްވެފައިވާ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އައްޒަ ކޮށްފައިވާ ޕޯސްޓު

އިތުރަށް އެ ޕޯސްޓުގައި ބުނެފައިވަނީ "ހުވާ" ސީޒަން ދޭއްގެ ސްކްރިޕްޓަކީ މި ދުނިޔެއިން ބޭރުގެ އެއްޗެއް ކަމަށާއި ހުވާގެ ފުރަތަަމަ ސީޒަން އެފަދަ ގޮތަކަށް މުޅިން އަނބުރާލާނެ ކަމެއް އަކަކުވެސް ހިތަކަށް ނާރާނެ ކަމަށެވެ. ސްކްރިޕްޓްގައިވާ ޓްވިސްޓްތަކާއި ސަސްޕެންސްތައް އަސްލަށް ވެސް ގަބޫލުކުރަން ދަތިކަމަށް ބުނާއިރު އައްޒަ ބުނީ ހުވާގެ ދެވަނަ ސީޒަން ވެސް ވަރަށް ކާމިޔާބު ވާނެ ކަމަށެވެ.

އެ ޕޯސްޓުގައި އޭނާ ވަނީ "ހުވ" ގެ ދެވަނަ ސީޒަން އަކީ ނަހޫގެ އިތުރު މާސްޓާޕީސް އަކަށް ވާނެ ކަމަށް ބުނެ ނަހޫ އަށް ތައުރީފްކޮށްފައެވެ. އަދި ހުވާ އިން އޭނާ އަށް އެކްޓްކުރުމުގެ ފުރުސަތުދިނީތީ ނަހޫއަށް އައްޒަ ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

އައްޒަ ހުވާގެ މަންޒަރެއްގައި

"ހުވާ" ސީޒަން އެކެއްގައި އައްޒަ ކުޅުނު މިންހާގެ ކެރެކްޓަރ އަށް ގިނަ ބައެއްގެ ހަމްދަރުދީ ލިބިގެންދިޔައިރު އޭނާގެ އަނިޔާވެރި ފިރިމީހާގެ ރޯލުން ފެނުނީ އާނަންދު (މައުރޫފް) އެވެ. އަދި ފަހުން ބޮޑު ރޭވުމެއްގެ ތެރެއިން ރަވީީ (އާޒިމް) އަށް މިންހާ ކައިވެނިކުރާތަން ސީރީޒުން ފެނިގެންދިޔައެވެ. ސީރީޒް ނިމެން ގާތްވެފައި ވަނިކޮށް އާޒިމް އާއި މިންހާގެ ކައިވެނި ބޮޑު ކަންތައް ގަނޑަކަށްވެ މިންހާ ގެއްލެންވެސް ގެއްލުނެވެ.

އައްޒަ އަކީ ނަހޫގެ "ފެވަރިޓް އެކްޓްރެސް" އެކެވެ، އަދި ނަހޫ އަކީ ވެސް އައްޒަގެ "ފެވަރިޓް" އެކޭ އައްޒަ އަބަދުވެސް ބުނެއެވެ.

އައްޒަ އާއި ނަހޫ

އައްޒަ ވަނީ ނަހޫގެ "އުމުރަށް ސަލާމް" އަދި "ވަކިވުމުގެ ކުރިން" ފަދަ ޑްރާމާ ތަކުގެ މުހިއްމު ރޯލެއް ކުޅެފައެވެ. އަދި ނަހޫގެ "ބޮސް" އާއި މޮޅު ފިލްމު "4426" ގެ ލީޑު ރޯލުވެސް ކުޅުނީ އައްޒަ އެވެ. ހުވާ ސީޒަން 2 ގެ ޝޫޓިން އަންގާރަ ދުވަހު ފަށާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.