ކ. މާލެ
|
24 އޮކްޓޯބަރ 2019 | ބުރާސްފަތި 13:35
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވިއްސާ ކޮޓަރިއަކާއި ސީއެސްއެސްޑީ ޔުނިޓެއް ހަދަން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވިއްސާ ކޮޓަރިއަކާއި ސީއެސްއެސްޑީ ޔުނިޓެއް ހަދަން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ކޭއާރުއެޗްގައި ވިއްސާ ކޮޓަރިއަކާއި ސީއެސްއެސްޑީ ޔު
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވިއްސާ ކޮޓަރިއަކާއި ސީއެސްއެސްޑީ ޔުނިޓެއް ހަދަނީ
 
މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށް
 
މަސައްކަތް ނިންމަން ހަވާލުކުރީ 80 ދުވަސް ތެރޭގައި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވިއްސާ ކޮޓަރިއަކާއި ސީއެސްއެސްޑީ ޔުނިޓެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ކޭއާރުއެޗުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ލޭބަރ ރޫމާއި ސެންޓްރަލް ސްޓްރައިލް ސަރވިސް ޑިޕާރޓްމަންޓް(ސީއެސްއެސްޑީ) ޔުނިޓް ހެދުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ކުންފުންޏާއި ކަމަށެވެ. މި ރަސްމިއްޔާތުގައި ކޭއާރުއެޗުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖަރު އަހުމަދު ދާއޫދެވެ. އަދި ވޭވްލެންޗުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރު ޔޫނުސް އިބުރާހީމެވެ.

80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް މި މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާއަށްކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މި ދެ ތަން ހެދުމަށް ހަމަޖެހިފައިވަނީ ކުރީގެ އޮޕަރޭޝަން ތިއޭޓަރުގެ ގޮތުގައި ބޭނުންކުރި ސަރަހައްދާއި މިހާރު ލޭބަރު ރޫމެއްގެ ގޮތުގައި ބޭނުންކުރާ ތަނުގައި ކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް ނިމުމުން އެ ހޮސްޕިޓަލުގެ ސީއެސްއެސްޑީ ޔުނިޓަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް