ހޯމަ 01 ޖޫން 2020
13 ރޯނު
1441 ޝައްވާލް 09
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:30
އިރުއޮއްސޭ 18:16
އިޝާ 19:34
ސެލީނާ ގޮމޭޒް

ސެލީނާ ގޮމޭޒްގެ "ލޫޒް ޔޫ ޓު ލަވް މީ": މިއީ ޖަސްޓިން ބީބަރގެ ވާހަކަތަ؟

  • ސެލީނާ ވަނީ ދިގު ބްރޭކަކަށްފަހު މި މަހު ދެ ލަވަ ރިލީޒްކޮށްފައި
  • އެއީ "ލުކް އެޓް ހަރ ނައު އާއި "ލޫޒް ޔޫ ޓު ލަވް މީ"
  • "ލޫޒް ޔޫ ޓު ލަވް މީ" އަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބަރގެ ވާހަކަކަމަށް ގިނަ ބައެއް ދެކޭ

ކ. މާލެ | 24 އޮކްޓޯބަރ 2019 | ބުރާސްފަތި 13:27 | 2,249

ސެލީނާ ގޮމޭޒް - ގޫގުލް

ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް, 27, އާ އަލްބަމެއް ރިލީޒް ކުރަން ތައްޔާރުވާއިރު، މި އަލްބަމްގެ ދެވަނަ ލަވަ އޭނާ ވަނީ ބުދަ ދުވަހު ރިލީޒްކޮށްފައެވެ.

"ލުކް އެޓް ހަރ ނައު" ރިލީޒްކޮށްފައި މިވަނީ، މި އަލްބަމްގެ ފުރަތަމަ ލަވަ "ލޫޒް ޔޫ ޓު ލަވް މީ" ރިލީޒް ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ނަމަވެސް، އަދިވެސް ގިނަ ބައެއްގެ ސަމާލުކަން އޮތީ "ލޫޒް ޔޫ ޓު ލަވް މީ"އަށެވެ. މި ލަވަ މިހާތަނަށް 21 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު، އެއީ ހަމަ އެކަނީ ލަވަ ނޫނީ ވީޑިއޯ ސަޅިވެގެނެއް ނޫނެވެ.

ގިނަ ބައެއް ދެކޭ ގޮތުގައި "ލޫޒް ޔޫ ޓު ލަވް މީ" އަކީ ސެލީނާއާއި ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ، ޖަސްޓިން ބީބަރގެ ގުޅުމަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ.

އެގޮތުން، ލަވައިގައި "އަހަރެން ރިޕްލޭސް ކުރަން ނެގީ ދެ މަސް" މިހެން ކިޔައެވެ. ފޭނުން ދެކޭ ގޮތުގައި މިއީ ބީބަރ އާއި އޭނާގެ މިހާރުގެ އަންހެނުން، ސުޕަރމޮޑެލް ހޭލީގެ ވާހަކައެވެ.

"ލޫޒް ޔޫ ޓު ލަވް މީ" ގައި ސެލީނާ މިހެން ކިޔާއިރު، ޅަ އިރު ރަށްޓެހިވެގެން އުޅުން ސެލީނާ އާއި ޖަސްޓިން ވަކިވިތާ ގިނަ އަހަރުތަކެއް ފަހުން 2018 ވަނަ އަހަރުގެ ކުރީކޮޅު އަލުން ގުޅުނެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ދެމީހުން ވަކިވިއެވެ.

ދެން، ޖަސްޓިން އަނެއްކާ އޭނާގެ ކުރީގެ އެހެން ލޯބިވެރިއެއްކަމަށްވާ ހޭލީ ބޯލްޑްވިންއާ އެކު ފެންނަން ފެށިއެވެ. އަދި ދެ މަހެއްހާ ވަރު ފަހުން، މި ދެ މީހުން ކައިވެނި ކުރިއެވެ.

އެހެންކަމުން، ފޭނުން ދެކޭ ގޮތުގައި ސެލީނި "އަހަރެން ރިޕްލޭސް ކުރަން ނެގީ ދެ މަސް" ބުނަނީ މިއީ ކަމަށް ލަފާކުރެއެވެ.

ޖަސްޓިން އާއި ހޭލީ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ނިއު ޔޯކް ސިޓީގެ ކޯޓްހައުސްގައެވެ. ދެ މީހުން ވަނީ ކައިވެންޏަށް އެއް އަހަރު ފުރުނު ދުވަހު، އަލުން ހަފުލާއެއް ބާއްވާ އާއިލާއާއި އެކުވެރިން ކުރިމަތީ އަލުން ކައިވެނިކޮށްފައެވެ.

ސެލީނާގެ "ލޫޒް ޔޫ ޓު ލަވް މީ" ނުވަތަ "ތީނަ ގެއްލުނީ އަހަރެން އަމިއްލަ މީހާ ދެކެ ލޯބިވާން [ދަސްކުރަން]" ރިލީޒްކޮށްފައިވަނީ މީގެ ދުވަސް ކޮޅެއް ފަހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.