ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ކުޅިވަރު - ޝެއިހް ކަމާލް ކަޕް

ޝައިހް ކަމާލް ކަޕް: މޯހަން ބަގާން އަތުން ބަލިވެ ޗެމްޕިއަން ޓީސީ ކަޓައިފި

  • މޯހަން ބަގާން އަތުން ޓީސީ ބަލިވީ 0-2 ގެ ނަތީޖާއަކުން

ލީވާން އަލީ
MrLeevaan

ކ. މާލެ 23 އޮކްޓޯބަރ 2019 | ބުދަ 19:09 2,247

ޓީސީ އަދި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން - ގޫގުލް

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި މޯހަން ބަގާން އަތުންވެސް ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް މުބާރާތުން ކަޓައިފިއެވެ.

ބަންގްލަދޭޝްގައި ކުރިޔަށްދާ މުބާރާތުގައި މޯހަން ބަގާން އަތުން ޓީސީ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މޯހަން ބަގާންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައިރަސްއެވެ. އެޓީމުން ދެވަނަ ލަނޑު ކާމިޔާބުކުރީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ކަމޯރޯއެވެ.

މުބާރާތުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އަތުން 1-4 ގެ ނަތީޖާއިން ވަނީ ބަލިވެފައެވެ. ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ ލާއޯސްގެ ޔަންގް އެލެފެންޓާ ދެކޮޅަށެވެ.

މުބާރާތުގައި ޓީސީ ހިމެނޭ ގްރޫޕްގައި ހިމެނެނީ މޯހަން ބަގާން އާއި ޔަންގް އެލެފެންޓް އަދި ޗިޓަގޮން އަބަހާނީއެވެ. ގްރޫޕްގައި ޓީސީ ފިޔަވައި ކޮންމެ ޓީމަކަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ޓީސީ ހިމެނޭ ގްރޫޕުން ސެމީއަށް ދަތުރުކުރާ ދެޓީމު ކަށަވަރުވާނީ ހުކުރު ދުވަހު ކުޅޭ މެޗުތަކަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް