ބުދަ 27 މެއި 2020
08 ރޯނު
1441 ޝައްވާލް 04
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
މެރިން އެކްސްޕޯ

ފަސްވަނަ މެރިން އެކްސްޕޯ ދަރުބާރުގެއާއި މަސްވެރިންގެ ޕާކުގައި ފަށައިފި

  • ބުަދަ ދުވަހު ފަށާފައިވަނީ 5 ވަނަ މެރިން އެކްސްޕޯ
  • ދަރުބާރުގޭގެ އިތުރުން ކަނޑުއުޅަނދު ފަހަރު ދައްކާލުމަށް މަސްވެރިންގެ ޕާކުގައި ސްޓޭންޑެެއް ބަހައްޓާފައިވޭ

ކ. މާލެ | 23 އޮކްޓޯބަރ 2019 | ބުދަ 19:06 | 2,993

މޯލްޑިވްސް މެރިން އެކްސްޕޯ އިކޮނަމިކް މިނިސްޓަރ ހުޅުވައިދެއްވަނީ - ހުސެއިން މަޚްތޫމް

ކަނޑު އުޅަނދު ފަހަރާއި، އެއާ ގުޅުންހުރި އާލާތްތައް އެއްތަނަކުން ފެންނަ އެންމެ ބޮޑު އެކްސްޕޯ "މޯލްޑިވްސް މެރިން އެކްސްޕޯ" ދަރުބާރުގޭގައާއި މަސްވެރިންގެ ޕާކުގައި ފަށައިފިއެވެ.

2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެކްސްޕޯ ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލެވެ. ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނުން ބުދަ ދުވަހު ފަށާފައިވަނީ މީގެ ފަސް ވަނަ އެޑިޝަނެވެ. މި އެކްސްޕޯއަކީ ބޯޓުތަކާއި ކަނޑުގެ އުޅަނދުފަހަރު ބައިނަލްއަޤުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުޞަތެވެ. އެގޮތުން، އުޅަނދުފަހަރު ބަންނަ މީހުންނާއި ސަޕްލަޔަރުންނާއި ޚިދުމަތް ފޯރުކޮށްދޭ މީހުންގެ އިތުރުން ބޮޑެތި ކުންފުނިތަކުންނާއި ވިޔަފާރިވެރިންނާ ގުޅުން ބަދަހި ކުރުމަށް މި އެކްސްޕޯގެ ތެރެއިން ފުރުޞަތު ލިބޭނެ ކަމަށް ބޯޓިންގ އެސޯސިއޭޝަނުން ބުނެއެވެ.

ތިން ދުވަހުގެ މުއައްދަތަކަށް ބާއްވާ މި އެކްސްޕޯގައި 30 ފަރާތަކުން ބައިވެރިވެފައިވާއިރު 52 ސްޓޯލެއް ބަހައްޓާފައިވެއެވެ.

ދަރުބާރުގޭގައި މޯލްޑިވްސް މެރިން އެކްސްޕޯ ފަށާފައިވާއިރު މި އެކްސްޕޯގައި ބައިވެރިކޮށްފައިވާ ބޯޓުތައް ދައްކާލުމަށް ޚާއްޞަ ޞަރަޙައްދެއް މަސްވެރިންގެ ޕާރކުގައި ވެސް ވަނީ ހަދާފައެވެ. މަސްވެރިންގެ ޕާރކުގައި ރާއްޖޭގެ ކަނޑުއުޅަނދު ފަހަރު ބަންނަ މަޝްހޫރު ދެ ކުންފުންޏެއް ކަމަށްވާ އަލްޝާލީ މެރިން އަދި ގަލްފް ކްރާފްޓްގެ އެންމެ ފަހުގެ ކަނޑު އުޅަނދުފަހަރު ދައްކާލަން ބަހައްޓާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.