ހުކުރު 22 ނޮވެންބަރު 2019
09 ނޮރަ
1441 ރަބީއުލް އައްވަލް 25
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07
ދުނިޔެ - ނަވާޒް ޝަރީފް

ޖަލު ބަންދުގައި ހުންނެވި ނަވާޒް ޝަރީފުގެ ޞިއްޙީ ހާލަތު ގޯސްވެ ހޮސްޕިޓަލުގައި!

  • ނަވާޒް ޝަރީފް އަންނަނީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން
  • މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ ޖަލުގައި ވިހައެއް ދީފައިވުމުން ކަމަށް ލަފާ ކުރެވޭ ކަމަށް އެމަނކުފާނުގެ ދަރިކަލުން ބުނޭ

މުހައްމަދު މުސްތަފާ
musthomummu

ކ. މާލެ 23 އޮކްޓޯބަރ 2019 | ބުދަ 19:08 1,789

ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް - ގޫގުލް

ޖަލު ބަންދުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަވަނީ ޖަލުގައި އެމަނިކުފާނަށް ވިހަ ދިނުމުން ކަމަށް އެމަނިކުފާނުގެ ދަރިކަލުން ހުސައިން ނަވާޒް ތުހުމަތު ކުރައްވައިފިއެވެ.

ނަވާޒް ޝަރީފް ޖަލުގައި ބަންދުކޮށްފައިވަނީ ކޮރަޕްޝަނުގެ މައްސަލަތަކެއްގައެވެ.

އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް ޙާލަތު ގޯސްވެގެން ލާހޫރުގެ ސާވިސަސް ހޮސްޕިޓަލަށް ފަރުވާދިނުމަށް ބަދަލުކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ނަވާޒް ޝަރީފުގެ ދަރިކަލުން ހަސަން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ބައްޕާފުޅުގެ ޞިއްޙީ ޙާލަތު ގޯސްވެގެން ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ބަދަލުކުރެއްވީ ޖަލުގައި ވިހައެއް ދީގެންކަމަށް ލަފާކުރެވޭ ކަަމަށެވެ.

އިތުރަށް ޓްވީޓްގައި ވަނީ ނަވާޒް ޝަރީފުގެ ޙާލަތު އެހާ ގޯސްވެފައިވާއިރު ކުރިން ހޮސްޕިޓަލަށް ބަދަލުނުކުރި ސަބަބު ބޮޑު ވަޒީރު އިމްރާން ޚާންގެ ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

މިހާރު އުމުރުފުޅުން 69 އަހަރުގެ ނަވާޒް ޝަރީފް އަންނަނީ 24 ޑިސެމްބަރު 2018 އިން ފެށިގެން ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް