ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 18:32
ހުވާގެ މަންޒަރެއްގައި އައްޒަ
ހުވާގެ މަންޒަރެއްގައި އައްޒަ
ފޭސްބުކް
ހުވާ
"ހުވާ"ގެ 2 ވަނަ ސީޒަން ޝޫޓްކުރަން އެޕާޓްމަންޓެއް ހޯދަނީ!
 
ފިލްމީ ދާއިރާގެ ސީނިއާ ގިނަ ތަރިން ފުރަތަމަ ސީޒަނުން ފެނުން
 
"ހުވާ" ގެ ފުރަތަމަ ސީޒަނަށް ބައިސްކޯފުން ސެޓެއް ތައްޔާރުކޮށްދިން

ފާތިމަތު ނަހުލާ (ނަހޫ) ގެ ކާމިޔާބު ވެބް ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަން ޝޫޓް ކުރުމަށް އެޕާޓްމަންޓެއް ހޯދަން އިއުލާންކޮށްފިއެވެ.

ނަހޫ އެކަން އިއުލާންކޮށްފައިވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައެވެ.

ފޭސްބުކްގައި ނަހޫ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ "ހުވާ ސީރީޒް 2 ގެ ބައެއް ޝޫޓިންތައް ހަދަން އިތުރު އެޕާޓްމަންޓެއް ބޭނުންވޭ" މިހެންނެވެ. އަދި އެ ފަދަ ތަނެއް ހޯދައިދެވޭނެ ފަރާތެއް ވާނަމަ އޭނާ އަށް މެސެޖް ކުރުމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

"ހުވާ"ގެ ފުރަތަމަ ސީޒަން ޝޫޓް ކުރުމަށް އެ ސީރީޒް ޕްރޮޑިއުސްކުރި ބައިސްކޯފުން ވަނީ ވަރުގަދަ ސެޓެއް ތައްޔާރުކޮށްފައެވެ. އެ ސީރީޒްގެ މަންޒަރުތައް ކ.ގުރައިދޫގައި ވެސް ޝޫޓް ކުރިއެވެ.

ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ގިނަ މައްސަލަތަކަކަށް އަލި އަޅުވައިލާގެން ހަދާފައިވާ "ހުވާ" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަ ސީރީޒެކެވެ. އަދި ބައިސްކޯފުން ފުރަތަމަ ސްޓްރީމްކުރަން ފެށި ފުރަތަމަ ވެބް ސީރީޒްކަން ވެސް ފާހަގަކޮށްލެވެއެވެ.

ފިލްމީ ދާއިރާގެ ނަން މަޝްހޫރު ގިނަ ޢަދަދެއްގެ ތަރިންނާއެކު ހަދާފައިވާ "ހުވާ" ގައި ޔޫއްޕެ، ޝީލާ، އާރިފާ، ރިޝްފާ، ދޮން އައްޔަ، ފައިސަލް، ރަވީ، އިރުފާނާ، އައްޒަ، ޖިމީ އަދި އާނަންދު ފަދަ މޮޅު ތަރިންގެ ކުޅަދާނަ އެކްޓިން ފެނިގެންދިޔައިރު ރާއްޖޭގެ ގިނަ ބަޔަކު ވަނީ އެ ތަރިންގެ އެކްޓިން ބަލައިގަނެ ތައުރީފް ކޮށްފައެވެ.

"ހުވާ" ސީޒަން 2 ގެ މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ އިރު ބެލުންތެރިންނާ ހަމަޔަށް ސީޒަން 2 ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅުކަމަށް ނަހުލާ ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް