ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 19:34
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް
ޕީޖީ އޮފީސް
ޕީޖީ ބިޝާމް
ބިޝާމަކީ ސިޔާސީގޮތުން އެއިރު ވެސް މިހާރު ވެސް "ރަންޑިއެއް": ސުޖާއު
 
ބިޝާމް ހުންނަވަނީ އެމްޑީޕީގެ ބްލެސިންގެ ދަށުގައި
 
ބިޝާމްގެ އަޑިއެއް ނޭނގޭ، އޭނާގެ ގޮތެއް ނޭނގޭނެ
 
ޕީޕީއެމްގެ ސަރުކާރު އޮތް އިރުވެސް ބިޝާމަކީ ރަންޑިއެއް

ނިމިގެންދިޔަ ޕީޕީއެމްގެ ސަރުކާރުގައި ބޮޑު އަޣްލަބިއްޔަތަކުން ޕްރޮސެކިއުޓަރ ޖެނެރަލްކަމުގެ މަޤާމަށް ޢައްޔަންކުރެއްވި ޢާއިޝަތު ބިޝާމަކީ އެއިރުވެސް އަދި މިހާރު ވެސް ސިޔާސީ "ރަންޑިއެއް" ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވީ އެންމެންނަށް އެނގިވަޑައިގަންނަވާ ކަމަކީ ޕީޖީ ބިޝާމަކީ މިހާރު ސިޔާސީ ގޮތުން ރަންޑިއެއްކަން ކަމަށެވެ. އަދި މިއީ އިދިކޮޅުން އަބަދުވެސް ދައްކާ ވާހަކައެއް ކަމަށާއި، ރައީސް ޔާމީނުގެ ސަރުކާރުގައި ވެސް ދެއްކެވީ މި ވާހަކަ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ބިޝާމަކީ ސިޔާސީ ރަންޑިއެއްކަން އިދިކޮޅުން ޤަބޫލުކުރާ ކަމަށާއި އިދިކޮޅުން ތިއްބެވީ ބިޝާމް ދައްކާ އެއްވެސް ވާހަކައަކަށް އެއްވެސް ކަމަކަށް ދޫދޭގޮތަކަށް ނޫން ކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ޚާއްޞަކޮށް މިޤައުމުގައި ދީން ފޮހެލުމަށް މަސައްކަތްކުރާ ބައިވެރިއެއްގެ ގޮތަށް ބިޝާމަށް ތުހުމަތުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ ބިޝާމަށް ރުހުންދިނުމުގައި އެމްޑީޕީގެ މެންބަރުން ވެސް ބައިވެރިވި އިނގޭތޯ. އެމްޑީޕީގެ މެންބަރުން، ހާއްސަކޮށް މި ސަރުކާރުގެ މެންބަރުން ގޮވަމުން ދިޔައީ ޕީޖީ ބިޝާމް އުފުލަނީ ސިޔާސީ ދައުވާއޭ. ބިޝާމް ސިޔާސީ ރަންޑިއަކަށް ވާގޮތް އަޅުގަނޑު ދަންނަވަންތޯ. މި ސަރުކާރުން ޖުޑިޝަރީ ކޮމިޓީން ނޫންތޯ ބިޝާމް ވަކިކުރަން ނިންމީ. ނިންމާފަ 24 ގަޑިއިރު ނުވަނީސް އެ ނިންމުން އަނބުރާ އޮޅާލާ ޖެހީ ނޫންތޯ. ޖަހާފައި ބިޝާމް ލައްވާ ކުރަން ރާވާފައި ހުރި ކަންތައްތައް އަޅުގަނޑުމެންނަށް ނޭނގިގެން ނޫޅެން. އެހެންނަމަވެސް އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ބިޝާމް ލައްވާ ކަންކުރުވަން އުޅެނީ އެމްޑީއެންގެ މައްސަލައިގައި އަޅުގަނޑުމެން ލައްވާ އަޑު ކަނޑުވާލަން. އެކަން ކުރެވޭކަށް ނެތް. އެކަމަށް މި ސަރުކާރު ކިބައިން އަޅުގަނޑުމެން ވަރަށްބޮޑަށް މައާފަށް އެދެން. އެކަން އަޅުގަނޑުމެން ހުއްޓާކަށް ނޫން މިތިބީ.

ޝުޖާއު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ނިމުނު އިރު ބިޝާމް މަޤާމުން ވަކި ނުކުރެވުނީ، އެއިރު އެ ބާރު ނެތުމުން ކަމަށާ، އެ ފުރުޞަތެއް ނުލިބުނު ކަމަށެވެ. ނަމަވެސް އެ ފުރުޞަތު މި ސަރުކާރަށް ލިބެން އޮތް އިރުވެސް މި ސަރުކާރުން ވެސް އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި، މި ސަރުކާރާ ވަކިން ޚާއްޞަކޮށް ޖުމްހޫރީ ޕާޓީ ހިމެނިގެން އެކަން ކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ އެއިރު ބިޝާމް ކޮމިޓީތަކަށް ހާޟިރުކޮށް މަޤާމުން ވަކިކުރަން މަސައްކަތް ކުރި ކަމަށާއި، އެހެންނަމަވެސް އެމްޑީޕީގެ ތެރެއިން ރުހުން ލިބިގެން ފަހުން އެކަމަނާ މަޤާމުގައި ދެމިހުންނެވި ކަމަށެވެ.

އަޅުގަނޑު ހަނދާންވާގޮތުން ތިނަދޫ ދާއިރާގެ މެންބަރު އަބްދޯ އެތައްފަހަރަކު އެ މަސައްކަތްކުރަން މަސައްކަތް ކުރި. އެހެންނަމަވެސް އެކަމެއް ހިނގައިގެން ނުދިޔަ ނޫންތޯ. އެމްޑީޕީގެ ބްލެސިން ނޫންތޯ އެކަމަނާ ހޯއްދެވީ. މިއަދުވެސް ޖުޑިޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ބޭނުންވަނީ ބިޝާމް މަގާމުން ދުރުކުރަން. އެހެންނަނަމެވެސް އެކަމެއް ނުހިނގިއެއް ނޫންތޯ. ނުހިނގާ ވަކިކުރަން ނިންމާފައި 24 ގަޑި އިރު ނުވަނީން އަނެއްކާ ހުންނަ ގޮތަކަށް ނޫންތޯ ނިމުނީ. މި ސުވާލު އެބަޖެހޭ ނޫންތޯ އަޅުގަނޑުމެންގެ ހިތުގައި އުފައްދަން.

ޝުޖާއު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި، ޕީޖީ ތެރޭގައި ބިޝާމް ވަކިކުރުމުގެ މަޝްވަރާކުރެވުނު ކަމަށާއި، އެއީ އޭނާއާ ދޭތެރޭގައި ބައެއް މެންބަރުން އިތުބާރު ނުކުރައްވާތީ ކަމަށެވެ. ނަމަވެސް މެޖޯރިޓީ މެންބަރުން އެއިރު ވެސް ބިޝާމް ވަކިކުރަން ތާއިދު ނުކުރައްވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ އޭނާއަކީ ޕީޖީ ބިޝާމް މަޤާމުގައި ހުރެގެން ނުވާނެކަމަށް އެންމެ ގަދަޔަށް ވަކާލާތުކުރި މީހާ ކަމަށާއި، އެއީ އޭނައަށް އިތުބާރު ނުކުރެވޭތީ ކަމަށެވެ. އަދި އެންމެ ގަދަޔަށް ބިޝާމްގެ ވާހަކަ ދެއްކެވީ ވެސް އޭނާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އިތުބާރު ނުކުރެވެނީ އޭނާއަކީ ސިޔާސީ ރަންޑިއަކަށްވާތީ. އޭނަ ހުންނަ ގޮތް ނޭނގެނީ. މިހާރު އޭނާ ހުރީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ކުރިން ދުވަހު މާލިއްޔަތު ކޮމިޓީގައި ވިދާޅުވީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވައޭ އެމްއެމްޕީއާރުސީއާ ގުޅުންހުރި މެންބަރުން. އެހެންކިޔާފައި ބައެއް މެންބަރުން އެތަނަށް ނުވެއްދި. އެތާނގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު އިންނެވި. އެތާ އިންދާ ބިޝާމަށް ކޯލެއް އައިކަން އަޅުގަނޑުމެންނަށް އެނގޭ. އެ ފޯނު އައިކަމާއި އެކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ދިނީ އެ ކޮމިޓީގެ ތެރެއިން. ކޮމިޓީން ބޭރަށް ނުކުމެ ވަޑައިގެން އަނބުރާ އެތެރެއަށް ވަޑައިގެން މި ބުނަނީ އަދިވެސް އެބައިނޭ މިތާ މެންބަރަކު،"

ޝުޖާއު ވިދާޅުވީ ކޮމިޓީގައި އިންނަވަނިކޮށް އައި ކޯލަކީ ކޮން ދިމާލަކުން ލިބިވަޑައިގެންނެވި ކޯލެއްކަމާ މެދު ސުވާލު އުފައްދަވަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ބޭން އެމްޑީއެން ހިންގީމާ ޕީޖީއަށް އަންނަ ޕްރެޝަރު އެނގިވަޑައިގަންނަވާ ކަމަށާއި، އިދިކޮޅު އެންމެންގެ ނަން މާދަމާ ވެސް ބިޝާމް ހުށަހަޅުއްވަފާނެކަން އެނގިވަޑައިގެން ކަމަށެވެ. އަދި އެއީ މައްސަލައެއް ނޫން ކަމަށާއި، ޕީޖީ ބިޝާމް ހަދުމަފުޅުކުރައްވައިގެން ހުންނަވަންޖެހޭނީ އިދިކޮޅުން އެކަމަނާއަށް އެއްވެސް ގޮތަކަށް ދޫ ނުދެއްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
13%
50%
38%
ކޮމެންޓް