ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 19:03
މިއަދު މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން--
މިއަދު މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން--
ރައްޔިތުންގެ މަޖިލިސް
މާލިއްޔަތު ކޮމެޓީ
ބޮޑެތި އިންޓަރެސްޓާއެކު ބޭންކުތަކުން ދަނީ ބޮޑެތި ފައިދާ ނަގަމުން: މާލިއްޔަތު ކޮމިޓީގެ މެމްބަރުން
 
ކޮމެޓީން ވަނީ އެމްއެމްއޭއާއި ބޭންކުތަކާއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފަ

ރާއްޖޭގައި ހިންގަމުންދާ ބޭންކްތަކަށް އިންޓަރެސްޓުގެ ގޮތުގައި ބޮޑެތި ފައިދާތައް ލިބުނުނަމަވެސް، އެބޭންކުތަކުން ލޯނެއް ހޯދުމުގައި އާއްމުންނަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އަބްދުﷲ ރިޔާޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ދަށަށްދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުންވެސް ދައުލަތުގެ މާލިއްޔަތަށް ބުރަ ބޮޑުވާ ބައެއް ކަންކަން ނިންމަމުންދާއިރު، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރާއްޖޭގައި ހިންގަމުންދާ ބޭންކްތަކާއެކު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މަޝްވަރާ ކުރެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ.

މިހާރު ރާއްޖޭގެ އިގްތިސާދު ދަށް. އަދި މިމަޖިލީހުންވެސް ވަރަށް ގިނަ ކަންކަން އެބަފާސްކުރޭ، ނިންމާ ފައިސާއާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތައް. އަދި މިލިއަނުން މިލިއަނުން ރައްޔިތުންގެ އަތުން ހަމަ ލޯނު، ބޮޑެތި އިންޓަރެސްޓް ރޭޓުގައި ނަގައިގެން ބޭންކުތަކުން ފައިދާ އެބަހޯދާ. އެހެންވީމާ، މީގައި ދެ ދިމާލެއް އުބައުޅޭ، ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ބޭންކުތަކުން އެހާބޮޑެތި އިންޓަރެސްޓުން ފައިދާ ނަގައިގެން، މީހުން ދަރަނިވެރިވެގެންދާތީ. ހަމައެއާއެކުގަ ބޭންކުތަކުގެ މީހުންގެ ވެސް އެބަހުރި ކަންބޮޑުވުންތަކެއް. ބޭންކުތަކުން އެބަބުނޭ އެމީހުންނަށް ހުރި ޗެލަންޖަސްތަކެއްގެ ވާހަކަ. އެހެންވީމާ އަޅުގަނޑަށް ހީވަނީ މާލިއްޔަތު ކޮމެޓީން އެބަޖެހޭހެން ބޭންކުތަކުގެ މީހުންނާވެސް ވާހަކަ ދައްކާލަން،"
ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ރިޔާޒު ވިދާޅުވީ މިފަދަ މައްސަލައެއްގައި މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މީގެކުރިން ބޭންކުތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައި ނުވާތީ، އެކަން ކުރުމަކީ މި ކޮމެޓީން ވަރަށް މުހިއްމު ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ރިޔާޒުގެ އެހުށަހެޅުމަށް ކޮމެޓީގެ މެމްބަރުންގެ ތާއީދާއެކު ކޮމެޓީގެ މުގައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި ރާއްޖޭގައި ހިންގާ ބޭންކުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް