ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 15:59
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕީޖީ އާއިޝަތު ބިޝާމް އާއި ޕީޖީ އޮފީހުގެ އިސްވެރިން
މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕީޖީ އާއިޝަތު ބިޝާމް އާއި ޕީޖީ އޮފީހުގެ އިސްވެރިން
ރައްޔިތުންގެ މަޖިލިސް
މާލިއްޔަތު ކޮމެޓީ
ސިއްރުކުރި ކޮމެޓީގެ މައުލޫމާތު ލީކުވި މައްސަލަ ބަލާނަން: ނާޝިޒު
 
މި ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ވެސް ލިބިފައިވޭ
 
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުން 19 ވަނަ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ލިބިފައިވޭ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ތިން މިނިސްޓަރަކާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ކަމަށް ބުނެ، އަދި އެ މަސައްކަތް ޙިއްސާކުރި މާލިއްޔަތު ކޮމެޓީގައިވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ ބައެއް މެމްބަރުން ހިމެނޭ ކަމަށްބުނެ، ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގެ އެއް ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތައް ލީކުވެފައިވާތީ އެމައްސަލަ ބައްލަވާނެ ކަމަށް މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.

ނާޝިޒު އެގޮތަށް ވިދާޅުވީ ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ސިއްރުކުރި ކޮމެޓީގެ ބައެއް މަޢުލޫމާތުތައް ލީކުވެ، މީޑިއާތަކުގައި ފެތުރެމުންދާތީ، އެކަމުގެ ކަންބޮޑުވުން ކޮމެޓީގެ މެމްބަރުން ޙިއްސާ ކުރެއްވުމާއި ގުޅިގެންނެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ކޮމެޓީއަށް ހުށަހެޅުއްވީ އަައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އޭނާ ވިދާޅުވީ ކޮމެޓީތައް ހިންގަންޖެހޭނީ އޮންނަ އުޞޫލުން، ކޮމެޓީއަކުން ސިއްރުކުރާ ކަމެއް، އެކޮމެޓީއަކުން އެއް ސިއްރު ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އަދި ސިއްރުކޮށްފައިވާ މަޢުލޫމާތެއް ލީކުވެއްޖެ ނަމަ އެމައްސަލައެއް މަޖިލީހުގައި އެކަމަށް ކަނޑައެޅިގައިވާ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ ރައްޔިތުންގެ މަޖިލީހުގެ ޙުރުމަތް ކެނޑި، ރައްޔިތުންގެ އިތުބާރު ގެއްލިދާނެ ކަމަށްވެސް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

ލަބީބުގެ އެވާހަކަތަކަށް ކޮމެޓީގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންވެސް ތާއީދު ކުރެއްވިއެވެ.

"މި ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގެ މަޢުލޫމާތުތައް ނިކުމެގެންދިޔަ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ކަމާބެހޭ ކޮމެޓީތަކަށް އެމައްސަލަ ފޮނުވާނަން،" ކޮމެޓީގެ މުޤައްރިރު ނާޝިޒު ވިދާޅުވި އެވެ.

މިހަފުތާގެ ހޯމަ ދުވަހު މާލިއްޔަތު ކޮމެޓީން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްއާ ބައްދަލު ކުރައްވާފަ އެވެ. އެބައްދަލުވުމުގެ ވަކި ހިސާބަކުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މާލިއްޔަތު ކޮމެޓީގައި ވެސް އެފަދަ ބައެއް ބޭފުޅުން ހިމެނޭތީ، ކޮމެޓީ ސިއްރު ކޮށްދެއްވުމަށް ޕީޖީ ބިޝާމު އެދިލެއްވުމުގެ މަތިން އެކޮމެޓީ ކުރިއަށް ދިޔައީ ސިއްރުކޮށްގެން ނެވެ.

ނަމަވެސް ޖެހިގެން އައި އަންގާރަ ދުވަހު، ބައެއް ނޫސްތަކުގައި ޕީޖީ ބިޝާމް ކޮމެޓީއާ ޙިއްސާކުރެއްވި ބައެއް ނަންތައް ހާމަކޮށްފައި ވެއެވެ.

ދައުލަތުގެ އެންމެބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ރާއްޖޭގެ 57 ފަޅުރަށަކާއި ފަޅުތަކެއް ހިމެނޭގޮތަށް ވިއްކުމަށްފަހު، 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތް ވެފައި ވެއެވެ. އެއީ ނުއަގުގައި އެތަންތަން ވިއްކައިގެން ދައުލަތުން ގެއްލުނު ފައިސާ އެވެ. ރާއްޖޭގެ އިޤިތިޞާދު ދިރާސާ ކުރައްވާ ފަރާތްތަކުން ޤަބޫލު ކުރައްވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް ތިނެއް ނުވަތަ ހަތަރު ބިލިއަނަށް އަރާނެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ އިސްވެރިން ގުޅިގެން ދައުލަތުގެ ކަމާބެހޭ ބައެއް އިދާރާތަކާއި ބައެއް ކުންފުނިތަކާއި ގުޅިގެން ހިންގާފައިވާ ބޮޑު ޚިޔާނާތެކެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެންމެ ބޮޑަށް ތުހުމަތު ކުރެވިފައިވަނީ ރައީސް ޔާމީނުގެ މައްޗަށާއި، އެމްއެމްޕީއާރުސީގެ ޚީޔާނާތް ހިންގިއިރު، އޭރު ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
25%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން