ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 16:02
މަޖިލިސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 2019
މިނިމަމް ވޭޖް ކަނޑައެޅުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ހުށަހެޅި ގަރާރު ބަލައިގަނެ ކޮމެޓީއަށް!
 
ބޭނުމަކީ ގާނޫނުން މަސައްކަތްތެރީންގެ ހައްގުތައް ހިމާޔަތް ވެފައި އޮތުން
 
ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު
 
ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު

އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ، މިނިމަމް ވޭޖް ކަނޑައެޅުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރު ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފިއެވެ.

މި ޤަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 62 މެމްބަރުންގެ ވޯޓުންނެވެ. 1 މެމްބަރަކު ވަނީ ޤަރާރު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ޤަރާރު އިތުރަށް ދިރާސާ ކުރުމަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ފޮނުވާފައެވެ.

މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަޙްމަދެވެ.

މި ޤަރާރު މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ ސަރުކާރުން މަސައްކަތްތެރީންނަށް ވެފައިވާ އެންމެ ބޮޑު ވަޢުދަކީ އެންމެ ކުޑަ މިނުން ދެވޭނެ އުޖޫރަ ޔަޤީންވެފައި އޮތުން ކަމަށެވެ. އަދި ޤާނޫނުން މަސައްކަތްތެރީންގެ ޙައްޤުތައް ޙިމާޔަތް ވެފައި އޮތުން ކަމަށެވެ. އަދި މެމްބަރު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތު އިތުރުވެ، އެކަށީގެންވާ އުޖޫރައަކާއި އެކު ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ.

މެންބަރު ވިދާޅުވީ ދިވެހިންނަށް ވަޒީފާ ލިބުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިންސާނުން ގެންގުޅުމަށް އެކަށީގެން ނުވާ ތަންތަނުގައި ބިދޭސީން ގެންގުޅުން ކަމަށެވެ. އާދަޔާ ޚިލާފު ކުޑަ ކުޑަ އުޖޫރައެއްގައި އެމީހުން ލައްވާ މަސައްކަތް ކުރުވުން ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ވިސްނުމަކީ ދިވެހި ޒުވާނުން ހުނަރުވެރި ބަޔަކަށް ހެދުމަށް ރާއްޖޭގެ މަސައްކަތުގެ ބާޒާރުގައި ދިވެހިން ޝާމިލުވެއުޅުމުގެ ފުރުޞަތު ބޮޑުތަނުން ފަހިކުރުން ކަމަށެވެ. މެންބަރު ވިދާޅުވީ ވަޒީފާ އަދާ ކުރުމަށް ބޭނުންވާ ދިވެހިން ތިބިނަމަ އެ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭނެ ގޮތަށް ލާޒިމު ކުރުން މުހިއްމު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް