ކ. މާލެ
|
14 މާރޗް 2017 | އަންގާރަ 16:04
އިޒުމޯ ކެރިއާއަކީ ޖަޕާނުގެ އެންމެ ދިގު މަނަވަރެވެ. ދިގުމިނުގައި 249 މީޓަރު ހުންނަ މި މަނަވަރުގައި 9 ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވެ
އިޒުމޯ ކެރިއާއަކީ ޖަޕާނުގެ އެންމެ ދިގު މަނަވަރެވެ. ދިގުމިނުގައި 249 މީޓަރު ހުންނަ މި މަނަވަރުގައި 9 ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވެ
ރާއްޖެއެމްވީ
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ
ޖަޕާނުގެ އެންމެ ބޮޑު މަނަވަރު ދެކުނު ޗައިނާ ކަނޑަށް
 
ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސުންވަނީ މިކަމާ ގުޅޭގޮތުން ބަހެއް ބުނުމަށް ދެކޮޅުހަދާފަ
 
މި މަނަވަރު އެނބުރި ޖަޕާނަށް ދާނީ އޯގަސްޓް މަހު

.ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަޕާނުން ދެކުނު ޗައިނާ ކަނޑަށްފޮނުވާ އެންމެ ބޮޑު އަސްކަރީ މަނަވަރު، ތިން މަސްދުވަހުގެ ދަތުރަކަށް އަންނަ މެއި މަހު ފޮނުވާލާނެކަމަށް ތިން މަސްދަރަކުން ޚަބަރު ދީފިއެވެ

ރޮއިޓާސް އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ކޮމިޝަން ކުރި ހެލިކޮޕްޓަރ އުފުލާ މަނަވަރު ޖުލައި މަހު އިންޑިއާ ކަނޑުގައި ބާއްވާ  މަލާބާރު ޖޮއިންޓް ނޭވަލް އެކްސަސައިޒްގައި އެމެރިކާއާއި އިންޑިއާގެ މަނަވަރުތަކާއެކު ބައިވެރިވުމުގެ ކުރިން ސިންގަޕޫރު، އިންޑޮނޭޝިއާ، ފިލިޕީންސް އަދި ސްރީ ލަންކާގައި މަޑުކުރާނެއެވެ.

މި މަނަވަރު އެނބުރި ޖަޕާނަށް ދާނީ އޯގަސްޓް މަހުއެވެ.

ދިގު މުއްދަތެއްގެ މިޝަން އަކަށް އިޒުމޯ ފޮނުވުމުގެ މަގްސަދަކީ އޭގެ ފެންވަރު ދައްކާލުން ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒުމޯ ކެރިއާއަކީ ޖަޕާނުގެ އެންމެ ދިގު މަނަވަރެވެ. ދިގުމިނުގައި 249 މީޓަރު ހުންނަ މި މަނަވަރުގައި 9 ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވެއެވެ.

ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސުންވަނީ މިކަމާ ގުޅޭގޮތުން އެއްޗެއް ބުނުމަށް ދެކޮޅުހަދާފައެވެ.

ދެކުނު ޗައިނާ ކަނޑުގެ ހުރިހާ ހިސާބަކީ ޗައިނާގެ މިލްކެއް ކަމަށް އެގައުމުން ދައުވާކުރެއެވެ.

މީގެ އިތުރުން ޓައިވާން، މެލޭސިއާ، ވިއެޓްނާމް،ފިލިޕީންސް އަދި ބުރޫނާއީންވެސް އެގައުމުތަކުން އެ ކަނޑުގައި ހިއްސާވާކަމަށް ބުނެއެވެ.

މަސްވެރިކަން ތިޔާގި އަދި ތެލާ ގޭސް ހިމެނޭ އެ ސަރަހައްދު ހުރަސްކޮށް އަހަރަކު 5 ޓްރިލިއަން ޑޮލަރުގެ މުދާ އުފުލައެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް