ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 09:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލިސް
އާންމުންގެ ތެރެއިން ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ކޮމެޓީއަށް
 
6 ބޭފުޅަކު މަގާމަށް ކުރިމަތިލެއްވި

ޢާންމުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުކަމަށް މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވާ ކުރިމަތިލެއްވި ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ މަގާމަށް ވަނީ 6 ބޭފުޅަކު ކުރިމަތިލައްވާފައެވެ.

ކުރިމަތި ލެއްވި ބޭފުޅުންނަކީ:

  1. ޒުބައިރު އަހުމަދު މަނިކް
  2. އަލީ މުހައްމަދު މަނިކް
  3. އަހުމަދު މިޒްމާތު
  4. އަހުމަދު ސާވީ
  5. މިރުފަތު ފާއިޒް
  6. ހުސައިން އަމްރު

ކުރިން ޖޭއެސްސީއަށް މެމްބަރަކު އައްޔަން ކުރުމަށް ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ތިން ނަމެއް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވިއެވެ. ނަމަވެސް އެކޮމިޓީއިން އެދުނީ އާ ގަވައިދަށް ފެއްތުމަށް އަލުން އެމަގާމަށް އެދި ފުރުސަތު ހުޅުވާލުމަށެވެ.

ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް