ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 00:48
ޓިކްޓޮކް އެޕް
ޓިކްޓޮކް އެޕް
ރާއްޖެއެމްވީ
ޓިކްޓޮކް
ޓިކްޓޮކްގައި ހުރި އައިއެސް އަށް ހިތްވަރުދިން ވީޑިއޯތަށް ނަގައިފި
 
މިއީ އައިއެސް އިން ޓިކްޓޮކް އަށް އަމާޒުކުރި ފުރަތަމަ ފަހަރު

ޝޯޝަލް މީޑިއާ އެޕްލިކޭޝަން ''ޓިކް ޓޮކް'' ގައި އައިއެސްގެ ޕްރޮޕެގެންޑާ ފަތުރަން ހަދާފައި ހުރި އެކައުންޓްތަކެއް އެ އެޕުން ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޗައިނާގެ ބައިޓްޑާންސްގެ ކުންފުނީގެ ޓިކްޓޮކް އެޕް, މިދަޔަ އަހަރު 500 މިލިއަނެއްހާ މީހުން ބޭނުންކޮށްފައިވާއިރު، އެ އެޕަކީ ޝޯޝަލް އެޕްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް އެޕްއެވެ.

ޓިކްޓޮކްގެ މުވައްޒަފަކު އޭއެފްޕީ އަށް ބުނީ، ވީޑިއޯތައް އަޕްލޯޑް ކޮށްފައިވާ 10 އެކައުންޓެއް ރިމޫވް ކޮށްފައިވާ ކަމަށެވެ. އަޕްލޯޑް ކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަނީ، އައިއެސްގެ ހަނގުރާމަވެރިން ބަޑި ހިފައިގެން މަރުވެފައިވާ މީހުން ހަށިގަނޑު ހިފައިގެން މަގުމަތީގެ ޕެެރޭޑް ތަކުގައި ތިބޭ ތަނެެވެ. އޭގެ ތެރެއިން އަންހެނަކު އަޕްލޯޑް ކޮށްފައިވާ ވީޑިއޯއެއްގައި ބުނީ، އޭނާ އަކީ ޖިހާދެއް ކަމަށާއި އެކަމާމެދު އޭނާ ފަޚުރުވެރިވާ ކަމަށެވެ.

އޮފިޝަލު ބުނީ، އެފަދަ ކަމެއް ފާހަގަވާއިރަށް އެކައުންޓްތައް ބޭނުންނުކުރެވޭ ގޮތަށް ހަދާކަމާށެވެ. އައިއެސް އަކީ ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްސް ތައް ކަމަށްވާ ފޭސްބުކް، ޔޫޓިއުބްގެ އިތުރުން ޓްވިޓަރ މެދުވެރިކޮށް އެމީހުންގެ މެސެޖް ފަތުރާ އުޅޭ ޖަމާޢަތެކެވެ. މިއީ އެމީހުން ޓިކްޓޮކް އަށް ޢަމާޒު ކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް