ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 00:57
އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނޭ
އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނޭ
އަލްޖަޒީރާ
ޖިމީ ކާޓާ
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
 
ހާލު އަންނަނީ ރަނގަޅުވަމުން
 
މި އަހަރު މޭމަހުވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރި

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ވެއްޓިވަޑައިގެން އުނަގަނޑުން ތިރިޔަށް ލިބިވަޑައިގެންނެވި އަނިޔާގެ ސަބަބުން ހޯމަ ދުވަހު އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ. މިއީ މިހާރު ދުނިޔޭގައި ހުންނެވި އެމެރިކާގެ ރައީސްކަން ކުރެއްވި އުމުރުން އެންމެ ގިނަ ދުވަސްވި ރައީސް އަށް މި މަހުގެ ދެވަނަ ފަހަރު ދިމާވި ހާދިސާއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖިމީ ވެއްޓި ވަޑައިގެންނެވީ ޖޯޖީޔާ ސްޓޭޓްގެ ޕްލެއިންސް ގައި ހުންނަ ގެކޮޅުގައެވެ. އެމަނިކުފާނުގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިހާރު އެމަނިކުފާނަށް ފަރުވާދެމުން ހޯއްދަވަމުން ގެންދަވަނީ ޖޯޖިޔާ ކައިރީ ހުންނަ އެމެރިކަސްގެ ފޯބޭ ސަމްޓާ މެޑިކަލް ސެންޓަރުގައެވެ.

މި މަހުގެ ކުރީކޮޅު އުމުރުން 95 އަަހަރުގެ ޖިމީ ގޭގައި ހުންނަވަނިކޮށް ވެއްޓި ވަޑައިގެން މޫނަށް ހާނިކަވުމުގެ ސަބަބުން ކޮންމެވެސް ވަރަަކަށް މޫނުގެ ބައެއްތަންތަން ފަހަން ޖެހުނެވެ. އެހެން ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް ނަންޕްރޮފިޓް ގްރްޕޫ ހެބިޓެޓް ފޯ ހިއުމަނަޓީ އިން ގެ އިމާރަތް ކުރުމުގެ ޕްރޮޖެކްޓުގައި ބައިވެރިވެވަޑަިއގެންނެވިއެވެ.

މި އަހަރު މޭމަހު ކަކުލުހުޅަށް އަނިޔާވެ ޖިމީވަނީ ސާޖަރީއެއް ހައްދަވާފައެވެ. އޭގެ ކުރިން 2017 ވަނަ އަހަރު ޑީހައިޑްރޭޓްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވި އިރު 2015 އަހަރު އެމަނިކުފާނަށް ހަމުގެ ކެންސަރު ޖެހިވަޑައިގަތެވެ.

ކުރިން ޕީނަޓް ދަނޑުވެރިއެއްގެ އިތުރުން ޖޯޖިއާގެ ގަވަރުނަރުކަން ކުރައްވާފައިވާ ކާޓާ އަކީ އެމެރިކާގެ 39 ވަނަ ރައީސް އެެވެ. 1977 އިން 1981 އެމަނިކުފާނު ވަނީ ރައީސް ކަމުގެ އެއް ދައުރު ފުރުއްވާފައެވެ.

ވެރިކަމަށްފަހު ކާޓާ ފާހަގަވެފައިވަނީ އިންސާނިއްޔަތަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ޑިމޮކްރަސީ އާއި އިންސާނި ޙައްޤުތައް އެހެން ހަރުފަތަކަށް ގެންދިޔުމުގެ އިތުރުން އިޤްތިޞާދީ އަދި އިޖްތިމާޢީ ރޮނގުން އެމަނިކުފާނު ކުރެއްވި މަސައްކަތަށް 2002 ވަނަ އަހަރު ވަނީ ނޮބެލް ޞުލްޙައިގެ އިނާމު ލިބިވަޑައިގެންފައެވެ.

ބައިނަލްއަޤުވާމީ އަދި އިންސާނިއްޔަތަށް މަސައްކަތް ކުރުމަށް ކާޓާ އާއި އަނބިކަނބަލުން ރޯޒެލިން ވަނީ 1982 ކާޓާ ސެންޓަރެއް ހުޅުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް