ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 19:09
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ޓްވިޓަރ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
ގާސިމް ނަހުލާއާ މުޚާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާ އައިސަ"ގެ ނަމުން
 
އެންމެ މީރުވަސް ދުވަނީ ޓޮމް ފޯޑް ކަލެކްޝަންގެ ސެންޓުން
 
ގާސިމާ ބައްދަލުވީ އޭނާގެ އޮފީހުން
 
އެންމެ މީރީ ގަރުދިޔަ ބަތް އަދި ރިހާކުރާ ލޮނުމިރުސް

ފަހަކަށް އައިސް ސަރުކާރުގެ މިނިސްޓަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ޖެހިލުންކުޑަ މިނިސްޓަރަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. ނަހުލާއަކީ ވަރަށް ތަފާތު ޕަރސަނަލިޓީއެއް ގެންގުޅެއްވާ ބޭފުޅެކެވެ. ނަމަވެސް ބޮޑާކަމެއް ކިނބުރުވެރިކަމެއް އެކަމަނާގެ ފަރާތަކުން ނުފެނެއެވެ.

"ރާއްޖެ ޓީވީ" ގެ ފަށާއިރު ޕްރޮގްރާމުގައި މެހެމާނެއްގެގޮތަށް ވަޑައިގެން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވަނީ ވަރަށް ޒާތީ އަދި ތަފާތު ވާހަކަތަކެއް ޙިއްސާ ކުރައްވާފައެވެ. އެކަމަނާގެ މީގެ މީޑިއާއަށް ތިލަ ނުކުރައް ބައެއް ޝައުގުވެރި ވާހަކަ އަންގާރަ ދުވަހުގެ ޕްރޮގްރާމުގައި ވަނީ ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރ ނަހުލާގެ ވާހަކަތަކުން އެންމެ ސަމާލުކަން ދަމައިގަނެވުނީ ޒަވާޖީ ޙަޔާތުގެ ވާހަކައެވެ. އެގޮތުން އެކަމަނާގެ ފިރިކަލުން އަދި މާމިގިލިދާއިރާގެ މަޖިލިސް މެންބަރު ޤާސިމް އިބްރާހިމާ ބައްދަލުވެވަޑައިގެންނެވި ވާހަކައިން ފެށިގެން ދެބޭފުޅުންގެ ޒަވާޖީ ޙަޔާތުގެ ޞަފުޙާތާކުގެ ތެރެއިން ބައެއް ޞަފުޙާތައް ނިއުޅުވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤާސިމާ ބައްދަލުވެވަޑައިގަތީ، ޤާސިމުގެ ކުރީގެ އޮފީސް ހުންނަ އެވިލާއިން ކަމަށާއި، އެދުވަހު އެތަނަށް ވަޑައިގެންނެވީ ދޮންބައްޕައާއެކު ކަމަށެވެ. އަދި އެއީ ޤާސިމާ ބައްދަލުވެވަޑައިގެންނެވި ދުވަސް ކަމަށާއި، ކައިވެންޏަށް އެއްސެވީ ޤާސިމް ކަމަށެވެ،

މިނިސްޓަރ ވިދާޅުވީ ޤާސިމް އޭނާއާ ތަފާތު ނަންނަމުން މުޚާތަބު ކުރައްވާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު "ދޫނި" އަދި ބައެއް ފަހަރު "ކަނބާ އައިސާ" ގެ ނަމުން މުޚާޠަބު ކުރައްވާ ކަމަށެވެ.

ގާސިމް އަޅުގަނޑާ މުހާތަބުކުރައްވާ ކަނބާ އައިސަ ކިޔާފަވެސް. ދޫނި ވެސް ކިޔުއްވާނެ. ގާސިމާއި ބައްދަލުވީ ގާސިމްގެ ކުރީގެ ހެޑް އޮފީހުން. އެވިލާ އޮފީސް ކުރީގެ ބިލްޑިންގ އިން ބައްދަލުވީ އަޅުގަނޑުގެ ދޮންބައްޕައާއެއްކޮށް. ކައިވެންޏަށް ހުށަހެޅީ ގާސިމް. އާންމުކޮށް ވެސް ވާނީ އެހެން. ފިރިހެނުން އިސްވެސް ކައިވެންޏަށް ހުށަހަޅަނީ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ކެއުން ބެއްލެވުމުގައި ވެސް މިނިސްޓަރ ނަހުލާއަކީ ސީދާ ދިވެހި ވަންތަ ދަރިއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިނިސްޓަރ ވިދާޅުވީ އޭނާއަކީ ކުޑައިރުއްސުރެ ކާއެއްޗެހީގެ ތެރޭގައި ދިވެހި އެއްޗެހި ރަނގަޅު ބޭފުޅެއް ކަމަށެވެ. އަދި ޚާއްޞަކޮށް ރިހާކުރާއި ގަރުދިޔަ ވަރަށް މީރު ކަމަށާއި، އެ ބީޓްކޮށްލެވޭނެ އެހެން ކާ އެއްޗެއް ނުހުންނާނެ ކަމަށެވެ.

ފްރެޝް ގަރުދިޔައާ ލޮނުމިރުސް ވަރަށް މީރު. އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހި ކާއެއްޗެހީގެ ތެރެއިން ރިހާކުރާ ގަރުދިޔައާ ލޮނުމިރުސް ބީޓް ކުރެވޭނެ އެއްޗެއް އަޅުގަނޑާ ހަމައަށް އަންނާނެ ހެން،"
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

މިނިސްޓަރ ނަހުލާ ޒީނަތްތެރިވުމާއި ގުޅޭގޮތުން ވެސް މީގެ ކުރިން ނުދައްކަވާ ބައެއް ވާހަކަތައް ޙިއްސާ ކޮށްލެއްވިއެވެ. ފެޝަންގެ ގޮތުން އެންމެ އުހުގައި ފިޔަޖަހަމުންދާކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އައިޝަތު ނަހުލާ ވިދާޅުވީ ހެދުން އެޅުމުގައި އަދި ޒީނަތްތެރިވުމުގައި ވަކި ޝަހުޞިއްޔަތެއް ކޮޕީ ނުކުރައްވާ ކަމަށެވެ. އަދި ސަބަބަކީ އެކަމަށް ވަގުތު ވެސް ނުވަނީ ކަމަށާއި، ނަމަވެސް ވަގުތު ވާނަމަ ބައްލަވާ ލައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަބަދުވެސް އަމިއްލައަށް ވިސްނައިގެން އަމިއްލައަށް ފަސޭހަގޮތެއް، އަމިއްލައަށް ރީތިވާނެ ގޮތެއް އިހްތިޔާރު ކުރައްވާ ކަމަށެވެ. އަދި ވަރަށް އަމިއްލަ ގޮތް އަމިއްލަ ކަންތައްތަކުގައި ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ހެދުންލާ އިރު ބަލަނީ ގަޔަށް ފަސޭހަ އަދި އަޅުގަނޑަށް ފަސޭހަ އަދި ހިތްހަމަޖެހޭ ގޮތަކަށް ހުންނަ ހެދުމެއް. ހަގީގަތުގައި ބުނާނަމަ ޑިޒައިން ވެސް އަމިއްލަ ގޮތެއް ނުވަތަ އަމިއްލައަށް ބުނާގޮތަކަށް ފަހާ ބޭފުޅަކު ލައްވާ ފައްސަނީ. އަޅުގަނޑު ހެދުން ފެހުމުގައި ވަރަށްބޮޑު އެހީތެރިކަމެއް ދެއްވާ ޝަމްލާ، ހަސަންބެ، ރީމް އަދި ރިއްފަތު ވެސް އެހީތެރިވެދެއްވާ،"
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

މިނިސްޓަރ ނަހުލާ ވަނީ މީރުވަސް ދުވާއެއްޗެއްސަށް އަބަދުވެސް ލޯބިކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސެންޓް އެއީ ވަރަށް މުހިންމު އެއްޗެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަބަދުވެސް މީރުވަހަށް ލޯބިކުރައްވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ
މީރުވަސް ދުވަން ޖެހޭނެ. ކިރިޔާ ވެސް އުނދަގޫވާ ކަހަލަ ޒާތުގެ ވަހެއް ހުރިއްޔާ ވަރަށް އުނދަގުކަމަކަށް ވާނީ. ގޭތެރޭގައި ވެސް ކައްކާއިރުވެސް އެއްޗެއް ތެލުލަންޏާ ކޮންމެވެސް ވަރަކަށް ވަސް ހުންނާނެ ދެއްތޯ. ދެން އަޅުގަނޑަށް ވަރަށް އުނދަގޫވެގެން އުޅޭނީ. ދެން އެކަމާ މަންމަ ވަރަށް ރުޅިދުރުވާނެ. ވިދާޅުވާނެ އައިޝާ ދެން މިގޭގައި ނޫޅެން ވެއްޖެ ނޫންހޭ، މީހުން އުޅޭ ގެއެއްގައި ކައިބޮއިވެސް އުޅެން ޖެހޭނެއޭ. އަޅުގަނޑަށް އެންމެ ކަމުދަނީ ޓޮމް ފޯޑް ކަލެކްޝަންގެ ހުރިހާ ސެންޓަކުން ވެސް. ދެން ޕަރާޓާ އޭގެން ވެސް ވަރަށް މީރުވަސް ދުވާ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ބިޒީކޮށް މަސައްކަތް ކުރައްވަމުންވެސް އާއިލާއަށް ވަގުތު ދެއްވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ. އެގޮތުން ކުދިންނާއެކު ގިނަ ވަގުތު ހޭދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށާއި، ސޯޝަލް މީޑިއާއިން ނުފެނުނު ނަމަވެސް، ކުދިންނާއެކު ވަގުތު ހޭދަކުރާ އިރު، ކުދިންނާއެކު ވަރަށް ފޮޓޯ ނަންގަވާ ކަމަށެވެ. އެގޮތުން ޑްރެސްއަޕް ކޮށްފައި، އެއްކުލައިން ހެދުން އަޅައިގެން ކުދިންނާއެކު ފޮޓޯ ނަންގަވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއިލާއެކު

މިނިސްޓަރ ވިދާޅުވީ އުފަންދުވަސް ވެސް ފާހަގަކުރައްވާ ކަމަށެވެ. ނަމަވެސް އުފަންދުވަހަށް ވަކި އެއްޗެއް ބޭނުންވާކަމަށް ބުނުން ނުވަތަ ދޭނެ އެއްޗެއްގެ ވާހަކަ އައްސަވައިފިނަމަ، އެއީ ޖަވާބުދޭން އެންމެ އުނދަގޫ ސުވާލުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރަކީ 6 ކުދިންގެ މަންމައެކެވެ. ނަމަވެސް މިނިސްޓަރުގެ ލޫޅާފަތިކަމުން އެކަން ގަބޫލުކުރާ މީހުން ވަރަށް މަދެވެ. މިނިސްޓަރ ވިދާޅުވީ ރީތިކޮށް ހުންނަވަން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށާއި، ފެށުނީއްސުރެ ކަސްރަތު ކުރައްވާ ކަސްރަތުކުރަން ލޯބި ކުރައްވާ ކަމަށެވެ. ނަމަވެސް ރިޔާސީ ކެމްޕޭންގެ ތެރެއިން އެކަމާ އަލްވަދާޢުކީ ނަމަވެސް، މިދިޔަމަހުން ފެށިގެން ކޮންމެވެސް ވަރަކަށް ކަސްރަތު ކުރަން ފަށާފައިވާ ކަމަށާއި، ކެއުމުގެ ކަންތައްތަކަކީ އަބަދުވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރީތިކޮށް ހުންނަން މަސައްކަތް ކުރަން، ބޭނުންވެސް ވޭ، އަދި މަސައްކަތް ވެސް ކުރަން. ރީތިކޮށް ހުންނަން ބޭނުންވަންޏާ މީރު ބައެއް ކާއެއްޗެއްސާވެސް ދުރުވާން އެބަޖެހޭ، ކޮންމެވެސް އެއް ގުރުބާނީއެއް ވާންޖެހޭ. އެހެންވެ ވަރަށް ހެލްތީކޮށް ކެވޭތޯ ބަލަން. ފާޑުފާޑު އެއްޗެހިކައި ނޫޅެން."
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޤާސިމާއި ކައިވެނި ބައްލަވައިގެން ހުންނެވި ނަމަވެސް، މިނިސްޓަރ ނަހުލާ އާންމުންގެ ތެރެއަށް މަޝަހޫރުވެގެން ދިޔައީ މިދިޔަ އަހަރު އޮތް ރިޔާސީ ކެމްޕޭނަށް ނުކުންނެވި ހިސާބުންނެވެ. އަދި އެކަމަނާއަކީ މިހާރުގެ ސަރުކާރުގެ ކެބިނެޓްގައި ހުންނެވި އެންމެ ޖެހިލުންކުޑަ އަދި ކަންކަން ނިންމެވުމުގައި ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
48%
24%
1%
12%
6%
8%
ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 00:35
ރަމޮސަ
އޭނަވެސް އޭނީ ބުރުގާ އަޅާ ނިވާ ކޮއްގެންްތަ؟ ވަރަައް ދެރަ ކަމެއް ތީ
17 ޑިސެންބަރ 2019 | އަންގާރަ 00:35
ރަމޮސަ
އޭނަވެސް އޭނީ ބުރުގާ އަޅާ ނިވާ ކޮއްގެންްތަ؟ ވަރަައް ދެރަ ކަމެއް ތީ
17 ޑިސެންބަރ 2019 | އަންގާރަ 00:35
ރަމޮސަ
އޭނަވެސް އޭނީ ބުރުގާ އަޅާ ނިވާ ކޮއްގެންްތަ؟ ވަރަައް ދެރަ ކަމެއް ތީ
23 އޮކްޓޯބަރ 2019 | ބުދަ 08:39
ނަހުއްކޮ
މާކުރިންވެސް މަސްހޫރު ތި ކަމަނާ. ގާސިމް އާއި ކައިވެނިގެ ރަނުގެ ވާހަކަވެސް ދައްކަބަލަ
22 އޮކްޓޯބަރ 2019 | އަންގާރަ 22:19
ކަނބުލޮ
ޕަރާޓާ؟؟ ޕްރާޑާ ނޫންތަ؟