ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 01:03
ކައުބަތުﷲ ގެފުޅުގައި މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަނީ
ކައުބަތުﷲ ގެފުޅުގައި މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަނީ
-
އުމްރާގެ އަޅުކަން
އަންހެނުންނަށް މަހްރަމަކާ ނުލާ ޢުމްރާއަށް ދެވޭ ގޮތް ހަދަނީ
 
ސައުދީން ވަނީ ވިސާ ހޯދުމުގައި ހުރި ދަތިތައް ނައްތާލުމަށް މަޝްވަރާކޮށްފައި
 
މިއީ ސައުދީން ގެންގުޅޭ 2030 ގެ ތަސައްވުރުގެ ތެރެއިން ކުރެވިގެންދާ މަސައްކަތެއް
 
މިކަމަށް ހުރިހާ ފަރާތްތަކުން ވަނީ އެއްބަސްވެވަޑައިގެންފައި

އުމްރާގެ މަތިވެރި އަޅުކަން އަދާކުރަންދާ އަންހެނުންނަށް މަހުރަމަކާ ނުލާ، އުމްރާ ވިސާ ލިބޭ ގޮތް ހަދަން ވިސްނަމުންދާ ކަމަށް ސައުދީއަރައްބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހާމަކޮށްފިއެވެ.

އެ ވުޒާރާއާ ޙަވާލާދީ މައްކާ ޑެއިލީގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ، މައްކާގެ ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ޗެއަރމަން މަރްވާން ޝާބަންއާއި ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު މުޙައްމަދު ޞާލިޙް ބެންތެންގެ މަޝްވަރާތަކަށް ފަހު މިކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވުނު ބައްދަލުވުމުގައި އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރާއި، ޙައްޖާއި އުމްރާ ސިނާޢަތުގައި އުޅޭ އިންވެސްޓަރުންނާއި އެހެނިހެން ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ވިސާ ލިބުމުގައި ހުރި ދަތިތަކަށް ކުރިމަގުގައި ޙައްލެއް ގެނައުމުގެ ގޮތުން އިލެކްޓްރޯނިކް ވިސާ ދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާބަން ވިދާޅުވީ، އުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާ އަންހެނުންނަށް މަޙްރަމަކާ ނުލާ ވިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މިނިސްޓަރ ޞާލިޙް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރ ޞާލިޙް ވަނީ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން އަންނަ ފަރާތްތަކަށް ވީހާ ވެސް ލުއި ފަސޭހަ ގޮތެއް ހަމަޖައްސައިދިނުމަށް އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ އަރިހުން އެދިފައެވެ. މިއީ ސައުދީން ގެންގުޅޭ 2030ގެ ތަޞައްވުރުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
0%
33%
0%
0%
ކޮމެންޓް