ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 12:47
ޓެރެރިޒމްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލައި ފާސްކުރަނީ
ޓެރެރިޒމްގެ ތުހުމަތުގައި ފުލުހުން ތަނެއް ބަލައި ފާސްކުރަނީ
ޝުއައިބް މުހައްމަދު އިގްބާލް
ޓެރަރިޒަމް
ޓެރެެރިޒަމް މައްސަލައިގައި ހައްޔަރުކުރި މީހާގެ މުއްދަތަށް 15 ދުވަސް ޖަހައިފި
 
ހައްޔަރުކޮށްފައިވަނީ މުޖްތަމައު ތެރޭގައި ފިތުނުފަސާދަ އުފައްދައި ހަރުކަށި ވިސްނުން ފެތުރުމުގެ ތުހުމަތުގައި
 
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހެއް

މި މަހުގެ 12 ވަނަ ދުވަހު ޓެރެެރިޒަމް މައްސަލައިގައި ހައްޔަރުކުރި މީހާގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފައިވާ ކަމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނައަށް ގެއްލުން ދިނުމަށާއި އަނިޔާވެރިކަމުގެ އަމަލު ހިންގުމަށް ގޮވާލި ކަމުގެ ތުހުމަތުގައެވެ. އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރުކުށްފައިވަނީ ޓެރަރިސްޓު ޖަމާއަތްތަކުގެ ނިޝާންތަކާއި، ލިޔެ ކިޔުންތައް ޝޯޝަލް މީޑިއާގައި އާއްމު ކުރުމުންނެވެ.

މިކަމާއި ގުޅިގެން އަންގާރަ ދުވަހު ފުލުހުން ބުނެފައިވަނީ މި މައްސލައިގައި ތުހުމަތުކުރެވޭ ފަރާތުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން ގެންދިޔުމުން، އޭނާއަށް 15 ދުވަހުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާއިރު، މިއީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ގެނައުމަށްފަހު ހައްޔަރުކުރި ފުރަތަމަ މީހާ އެވެ. އިސްލާހްކުރެވުނު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއްދީފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
20%
0%
80%
0%
0%
ކޮމެންޓް