ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 23:09
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
މިހާރު
ބްރޯޑް ކާސްޓިން ކޮމިޝަން
ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
 
ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 27 ގެ ނިޔަލަށް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފިއެވެ.

އެމްބީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅާވާލައިވަނީ ހޯމަ ދުވަހުން ފެށިގެން 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި ރައީސް އޮފީހުގެ ވެބްސައިޓްwww.presidency.gov.mvއިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަށް ހުޅުވާލާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ ވަކި ކުރުމަށް ނިންމާފައި ވަނިކޮށް ޝަހީބު މަޤާމުން އިސްތިއުފާ ދެއްވުމުންނާއި ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.

މީގެ ކުރިން ވެސް ވަނީ ކޮމިޝަންގެ ދެ މެމްބަރުން ސޮފްވާނާއި ނަބާހު މަގާމުން އިސްތިޢުފާ ދެއްވުމުން އެ ކޮމިޝަނުގެ މެންބަރުކަމުގެ ދެ މަޤާމެއް ހުސްވެ، ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެމްބަރަކު ޢައްޔަނުކުރުމަށް ޢާއްމުކޮށް ހުޅުވާލާފައެވެ. ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ފެނިވަޑައިގެންނެވި ނަންތައް މިހާރު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށްރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކަށްމަޖިލީހުންވަނީ އާއްމުންގެ ޚިޔާލުވެސް ހޯދިއެވެ.

ބްރޯޑްކޮމްއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް