ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 19:34
ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު
ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު
ރާއްޖެ އެމްވީ
އަހުމަދު ސަމީރު
ގުޅީ މަޢުލޫމާތު ސާފުކުރަން، ނުފޫޒެއް ނުފޯރުވަން :ސަމީރު
 
އެކަން ސަމާލުކަމަށް ގެނައީ މަޖިލީހުގެ ނައިބް ރައީސް
 
ގުޅުއްވީ މައުލޫމާތު ސާފުކުރުމަށް ކަމަށް ވިދާޅުވި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތެރެއިން ވަކި ކަމެއް ވަކި ގޮތަކަށް ނިންމައިދޭން އެދި އޭސީސީގެ ރައީސަށް ބިރު ދައްކާފައިނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އޭސީސީން ބަލަމުންދިޔަ ސްޓޭޓް މިިނިސްޓަރެއްގެ މައްސަލައާއި ގުޅިގެން މިނިސްޓަރ ސަމީރު އެ ކޮމިޝަންގެ ރައީސަށް ގުޅުއްވައި ނުފޫޒު ފޯރުވަން އުޅޭ މޭރުމުން ވާހަކަ ދައްކަވާފައިވާ ކަމަށް ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

އެ ތުހުމަތު ތަކާއި ގުޅިގެން ރާއްޖެ.އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ، އޭސީސީން ސްޓޭޓް މިނިސްޓަރަކަށް ލޭންޑް ލައިނަކުން ގުޅުއްވާފައި ވަކީލާއެކު އެ ކޮމިޝަނަށް ހާޟިރުވާން ވަރަށް ''ރޫޑް'' ކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން އެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އަށް ލިބިވަޑައިގަތުމުން އެކަމަނާ އެކަން ރައީސް އޮފީހުގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

އެގޮތުން ޗިޓެއް ނުފޮނުއްވައި އެކަން ސާފުކުރުމަށް އޭސީސީގެ ރައީސަށް ގުޅުއްވި ކަމަށް ސަމީރު ވިދާޅުވިއެވެ.

އަޅުގަނޑު ގުޅީ ސްޓޭޓް މިނިސްޓަރަކު އެހެން ގެންދަވާތީ، ޗިޓެއް ނުފޮނުވާ އޭސީސީންކަން ވެސް ނޭގެ ގޮތަށް އެކަން ހިނގާ ދިޔައިމަ އެކޮމިޝަންގެ ރައީސަށް ގުޅުއްވާފައި އެ މަޢުލޫމާތު ސާފުކުރީމަ ކޮމިޝަންގެ ރައީސް ވިދާޅުވީ، ތިމަންނަ އަށް އެނގިގެން ހިނގާ ކަމެއް ނޫނެ ތިއަކީ. ސާފުކޮށް ވިދާޅުވި، އެނގިވަޑައިނުގަންނަވައޭ.

ސަމީރު ވިދާޅުވީ، އޭސީސީ އަށް މަޢުލޫމާތު ހޯދަން ގުޅުމަކީ މައްސަލައެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، އެއްވެސް ޙާލެއްގައި އެއްވެސް ގޮތަކަށް ބިރު ދައްކާ ނުވަތަ ނުފޫޒު ފޯރުވާފައިނުވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
17%
0%
17%
0%
17%
ކޮމެންޓް