ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 18:12
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލް އިން މާލީ ރަނގަޅު ނަތީޖާއެއް ނެރެ މުޖުތަމަޢަށް ބޮޑު ހޭދައެއް!
 
ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވޭ

ބޭންކް އޮފް މޯލްޑިވްސްގެ 2019 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 307 މިލިއަން ރުފިޔާ އެ ބޭންކަށް ލިބިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ މިއަދު މީޑީއާގެ އިސް ބޭފުޅުންނާއި ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައެވެ.

ޓިމް ސޯޔަރ ވިދާޅުވީ ބީއެމްއެލްގެ މާލީ ނަތީޖާ ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، މިއީ މިދިޔަ ކުއާޓަރާ އަޅާބަލާއިރު %5 އިތުރު އަދަދެއްކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ބޭންކަށް ލިބިފައިވާކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަންޑިންގ ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުންކަން އޭނާ ފާހަގަލުރެއްވިއެވެ. އަދި ބޭންކުގެ ރައުސުލްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ޤާނޫނުން ލާޒިމުކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވާކަން އޭނާވަނީ ހާމަކުރައްވާފައެވެ.

އޭނާގެ ވާހަކައިގައި ބޭންކުން ޤާއިމުކޮށްފައިވާ ޚިދްމަތްތަކުގެ ތަފްޞީލު މީޑިއާގެ ފަރާތްތަކާއި ހިއްސާކުރެއްވިއެވެ. ބީއެމްއެލްގެ ޚިދްމަތްތަކަށް ބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރގައި ބީއެމްއެލް އިން ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވާފައިވެއެވެ.މީގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލް އިން ވަނީ ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ޤާއިމުކޮށްފައެވެ.

ކުރިއަރަމުން އަންނަ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ މަރުކަޒެއްވެސް ބޭންކުން ހުޅުވާފައިވަނީ މި ކުއާޓަރގެ ތެރޭގައެވެ. އަދި 'އަހަރެންގެ ބޭންކް' ޕްރޮގްރާމުގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ޙަރަކާތްތަކުގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުން ފަދަ ކަންކަމަށް ޢަމާޒުކޮށް 40 އަށްވުރެ ގިނަ ޙަރަކާތްތަކަށް ބޭންކުންވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.

މި އަހަރުގެ ފުރަރަމަ 6 މަހުގައި ހޯދުނު ކާމިޔާބު ނަތީޖާ ދަމަހައްޓައި، ބޭންކް ކުރިއަރައިދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި ކާމިޔާބު ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. އިންވެސްޓްމަންޓާއި ޕްރޮވިޝަން ޚަރަދު ބޮޑުވިކަމުގައިވީ ނަމަވެސް އަޅުގަނޑުމެންގެ ޚިދުމަތާއި ޕްރޮޑަކްޓް ތަކަށް އޮތް ޑިމާންޑް ގެ ސަބަބުން މުހިންމު ހުރިހާ ދާއިރާ އަކުންވެސް މިވަނީ ރަނގަޅު ފައިދާއެއް ލިބިފަ. އަޅުގަނޑުގެ އުންމީދަކީ މިއަހަރުވެސް ކާމިޔާބުކަމާއެކީ ނިންމާލެވޭނެކަމަށް. ބޭންކުން ހޯދަމުންދާ ނަތީޖާ ދެމެހެއްޓުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ހީވާގި ކަމާއެކު ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 49 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 113 އޭޓީއެމް، 5700 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ ޢަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލިސް އިންތިޚާބާ ގުޅިގެން އެޕްރީލް 21 އަދި 22 އަކީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އިސްރާއީލްގެ ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޝަހީދުކޮށްލައިފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
އުރީދޫ އާއި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ކަސްޓަމަރުންނަށް ހާއްސަ އުމްރާ ދެ ދަތުރު ހޯދުމުގެ ފުރުސަތު!
ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭނާގުޅޭ މަޝްވަރާއަށް ގޯތި ލިބުނު މީހުންނާ ބައްދަލުކުރަނީ