ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 12:57
މިނިސްޓަރު ސަމީރު
މިނިސްޓަރު ސަމީރު
މުހައްމަދު ޝަރުހާން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީން ބަލަމުންގެންދާ މައްސަލައެއްގައި މިނިސްޓަރ ސަމީރު ގުޅުއްވައި ބިރުދެއްކުމަށް މަސައްކަތް ކުރެއްވި
 
ނުފޫޒު ފޯރުވާ މޭރުމުން ވަހަކަ ދައްކާފައިވޭ
 
ސްޓޭޓް މިނިސްޓަރެއްގެ މައްސަލައިގެ ތަފްސީލު ހޯއްދެވުމަށް ސަމީރު ގުޅުއްވި
 
ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ގުޅުއްވައި، ބިރުދެއްކުމަށް މަސައްކަތްކުރެއްވިކަމަށް ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް އޭސީސީއަށް އަލަށް އައްޔަންކުރެއްވި މެމްބަރުން ވަނީ ހާޒިރުކޮށް، މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

ކޮމެޓީ ބައްދަލުވުމުގައި މި ސަރުކާރުގެ އިސްމަގާމެއްގައި ހުންނެވި އެއްވެސް އިސް ބޭފުޅަކު ގުޅުއްވާފައި ވަކިގޮތަކަށް ކަންތައް ކުރައްވަން މަސައްކަތް ކުރައްވާފައިވޭތޯ، އިނގުރާއިދޫ ދާއިރާގެ މެމްބަރު އޭސީސީގެ މެމްބަރުންނަށް ކުރިމަތި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން "ތަންތަނުގެ އިސް ފަރާތްތަކުން" މެސެޖްކުރާ ކަމަށެވެ. އެހެންނަމަވެސް އެފަދަ މެސެޖްތަށް ނުވަތަ ފޯނު ކޯލްތަކަށް ޖަވާބު ނުދެއްވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ. ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަހުމަދު ސަމީރު އެ ބޭފުޅާއާއި ގުޅުން ނެތް ކަމެއްގައި ގުޅުއްވައި، ވަކިކަމެއް ކުރުވަން ބޭނުންފުޅުވާ މޭރުމުން ވާހަކަދައްކާފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

އެއީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު. އަޅުގަނޑު ނަންވެސް ބުނެލާނަން. ގުޅާފައި އަޅުގަނޑު ކައިރީގައި މިކަމާއި ބެހޭ ގޮތުން ވާހަކަދައްކަމުން އިންޓިމިޑޭޓް ކުރުމުގެ ނިޔަތުގައިއޭ އަޅުގަނޑަށް ބުނެވޭނީ ވާހަކަ ހުރި ގޮތުން. މިކަމާއި ބެހޭ ގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ހާޒިރު ކޮށްފާނެއޭ. އެ ކަހަލަ ގޮތަކަށް ވާހަކަ ދިޔައީ.
މަރިޔަމް ޝިއުނާ ~ އޭސީސީގެ ރައީސް ~

އޭސީސީގެ ރައީސް ވިދާޅުވީ، އެ މައްސަލައަކީ ސަމީރުއާ ގުޅުމެއް ނެތް ކަމަކަށް ވާތީ އެކަމާއި ހިތްހަމަ ޖެހިވަޑައިނުގެން އެ ވާހަކަ އޭސީސީގެ މެމްބަރުންނާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ސަމީރު ގުޅުއްވީ ކޮން މައްސަލައަކާއި ގުޅިގެންތޯ ކޮމިޓީގެ މެމްބަރުން ސުވާލު ކުރެއްވުމުން ޝިއުނާ ވިދާޅުވީ، އޭނާ ގުޅުއްވީ އޭސީސީން ބަލަމުންދާ ސްޓޭޓް މިނިސްޓަރަކުގެ މައްސަލަ އާއި ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

އެބޭފުޅާ (ސަމީރު) އަޅުގަނޑަށް ގުޅާފަ ކޮންސާން ރެއިޒް ކުރެއްވީ ދައުލަތުގެ ފަތްކޮޅު އަރުއްވާފައި ހުރި ބޭފުޅަކާއި މެދު މީހޭ ކަންކުރަންވީ ގޮތަކީ. ދެން އެހެން ވާހަކަ ދައްކެމުގެ ތެރޭގައި އަޅުގަނޑު ކައިރީ މި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަށް ވެސް އަންގާނަމޭ... ހިތްހަމަ ޖެހުން ފާޅު މިކުރެއްވީ ސްޓޭޓް މިނިސްޓަރަކަށް ގުޅޭ ޝަކުވާ އެއް އަޅުގަނޑުމެން އެބޭފުޅާ އަށް ހާޒިރުވާން އެންގީމާ.
މަރިޔަމް ޝިއުނާ ~ އޭސީސީގެ ރައީސް ~

ޝިއުނާ ވިދާޅުވީ، މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލާފައިވެސް އެފަދަ ގޮތަކަށް ގުޅުއްވައިގެން ނުވާނެ ކަމަށާއި، އަދި އެފަދަ ފުރުސަތެއްވެސް ނުދެއްވާނެ ކަމަށެވެ. އެކަމަކީ ބިރުދެއްކުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ދޭހަވާ މޭރުމުން ޝިއުނާ ވަނީ ކޮމެޓީގައި ވާހަކަދައްކަވާފައެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި -- ފޮޓޯ: ރާއްޖެ.އެމްވީ

ކޮމިޓީގެ މުގައްރިރު އައްޑޫ މީދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން ހުރަސް އެޅޭ ގޮތަށް ކުރާ މަސައްކަތަކީ އެއްވެސް ގޮތަކަށް އެ ކޮމިޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި ކޮމިޓީން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައީސް އޮފީހަށް ހިއްސާކުރާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
10%
50%
10%
0%
30%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ