ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 11:47
ޝަހީދުންގެ ބިނާ
ޝަހީދުންގެ ބިނާ
އެމްއެންޑީއެފް
އެމްއެންޑީއެފް
ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފި
 
ފަސްކޮށްފައިވަނީ ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން
 
ސުންގަޑި ހަމަވާ ތާރީހު ފަހުން އިއުލާނުކުރާނެ

ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ޝަހީދުންގެ ބިނާ ފަރުމާ ކުރުމަށް ހުޅުވާލި މުބާރާތް ފަސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިނގާފައިވާ އެކިއެކި ހާދިސާތަކާއި ކާރިސާތަކުގައި ޝަހީދުވެފައިވާ ދިވެހިންގެ ހަނދާނުގައި ޤައުމީ ފެންވަރުގެ ބިނާއެއް ޤާއިމުކުރުމަށްޓަކައި ހުޅުވާލި މި މުބާރާތް ފަސްކޮށްފައިވަނީ، މި މުބާރާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުންނާއި، ޝަހީދުންގެ ބިނާ ފަރުމާކުރުމަށް އުފެއްދުންތެރި ޚިޔާލުތަކެއް ހުށަހެޅުމުގެ ފުރުޞަތު ގިނަ ބަޔަކަށްދީ، އެކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ.

ޝަހީދުންގެ ބިނާ ފަރުމާކުރުމަށް ކުރިމަތިލާ ފަރާތުގެ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ޤާނޫނީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެއްކަމުގައި ނުވުމާއި، ހުށަހަޅާ ފަރުމާ ހޮވިއްޖެނަމަ އެމްއެންޑީއެފާއި ގުޅިގެން އެފަރުމާ އިތުރަށް ޑިވެލޮޕްކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަށް އެއްބަސްވުން ހިމެނެއެވެ.

މި ބިނާގެ ފަރުމާ ހުށަހަޅަންޖެހޭ މިންގަނޑުތަކާއި ގޮތްތަކުގެ ތެރޭގައި ހުށަހަޅަން ބޭނުންވާ ފަރުމާގެ ކުރެހުންތައް ހިމަނާފައިވާ އޭ1 ސައިޒްގެ ފޯރމް ބޯރޑެއް ހުށަހެޅަންޖެހޭނެއެވެ. އަދި މި ފޯރމް ބޯޑުގައި ހުށަހަޅާ ފަރުމާ ޕީޑީއެފް ފޯމެޓުގައި ވެސް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ފަރުމާކުރެވޭ ބިނާގެ ކުރެހުންތަކާއި އޭގެ ތަފްސީލު ގިނަވެގެން އޭ3 ސައިޒްގެ 10 ގަނޑުގައި ބައިންޑް ކޮށްފައި ހުށަހަޅަންޖެހެއެވެ. އަދި މި ހުށަހެޅުން ހުށަހަޅަންޖެހޭނީ މައިކްރޮސޮފްޓް ވޯރޑް ފޯމެޓްގައި ސީޑީއެއްގައެވެ. އަދި އެ ހުށަހެޅުންތައް ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަންވާނީ އެއްވެސް ނަމެއް ނުޖަހައި ބަންދުކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޝަހީދުންގެ ބިނާ ފަރުމާ ކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއެއްގެ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިން އިއުލާންކޮށްފައި ވީނަމަވެސް އެމްއެންޑީއެދފުން ބުނެފައިވަނީ ޝަހީދުންގެ ބިނާ ފަރުމާކުރުމުގެ މުބާރާތް ބާއްވާނެ ވަގުތާއި މުއްދަތު ފަހުގެ ތާރީޚެއްގައި އަލުން އިޢުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލިސް އިންތިޚާބާ ގުޅިގެން އެޕްރީލް 21 އަދި 22 އަކީ، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
އިސްރާއީލްގެ ހަމަލާއެއްގައި ޣައްޒާގެ ފުލުހުންގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޝަހީދުކޮށްލައިފި
ދިރާސީ އައު އަހަރު ބަދަލުކުރީ ފިސްކަލް އައު އަހަރާއި އެލައިންކޮށް އެއްގޮތްކުރުމަށް - މިނިސްޓަރު
ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އޭސީސީން ތަހުގީގުކުރަނީ
"ވ.ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 400އެއްހާ ދުވަހުގެތެރޭގައި އެ މަސައްކަތް ނިމޭނެ"
އުރީދޫ އާއި ޤިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ކަސްޓަމަރުންނަށް ހާއްސަ އުމްރާ ދެ ދަތުރު ހޯދުމުގެ ފުރުސަތު!
ގިރާވަރުފަޅު ލޭންޑް ޔޫސް ޕްލޭނާގުޅޭ މަޝްވަރާއަށް ގޯތި ލިބުނު މީހުންނާ ބައްދަލުކުރަނީ