ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 10:50
މުހައްމަދު ޝަހީމް އަލީ ސައީދު
މުހައްމަދު ޝަހީމް އަލީ ސައީދު
މުހައްމަދު ޝަރުހާން
މަޖިލިސް 2019
ޝަހީމްގެ މައްސަލައެއް މަޖިލީހުން ބަލަނީ
 
ރައްދުގައި ޝަހީމް ވިދާޅުވީ ކޮންމެ މަގާމެއްގައި ހުއްޓަށް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކަ ދެއްކޭނެ ކަމަށް
 
އެ މައްސަލަ މިހާރު ގެންދަނީ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއިން ބަލަމުން
 
އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސްއަށް ސިޓީ ފޮނުއްވާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އިސްލާމިކް އޯރގަނައިޒޭޝަން އޮފް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފިއެވެ.

އޭނާގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ރައީސްއަށް ސިޓީ ފޮނުއްވާފައިވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މެމްބަރު ފޮނުއްވި ސިޓީގައި ވަނީ ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު ވިދާޅުވަމުން ގެންދަވާތީ އެފަދައިން ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑު ވިދާޅުވަނީ އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ވިދާޅުމަކަށްތޯ ބައްލަވައިދެއްވުމަށެވެ.

ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ފޮނުވިފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ގެންދަނީ ބަލަމުން ކަމަށާއި ދާދި އަވަހަށް އެ މައްސަލަ ބަލައި ނިންމުމަށްފަހު، އެ ނިންމުން އަންގަވާނެ ކަމަށް ކޮމެޓީގެ މުގައްރިރުކަން ކުރައްވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވިކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން ލަސްވާތީ ޝަހީމް ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މަޖިލީހުން އެ މައްސަލަ ބަލަމުން ދާ ކަމަށް މީޑިއާ އަކުން ލިޔެފައިވާ ޚަބަރަކަށް ރައްދު ދެއްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮންމެ މަގާމެއްގައި ހުއްޓަސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ދައްކަން ޖެހޭ ވާހަކަ ދެއްކޭނެ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓު ކުއްވެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަން ޖެހޭ ކަމެއް ކަމަށާއި މަޖިލީހުން ބިރު ދައްކަން މަސައްކަތް ނުކުރުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
15%
0%
85%
0%
0%
ކޮމެންޓް