ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 09:20
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
މަޖިލިސް
19 ވަނަ ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިޔާނާ އާއި މަހާޒުގެ ނަން އިއްވައި، ކޮމެޓީއަށް!
 
މަހާޒު އާއި ދިޔާނާގެ ނަންފުޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން (ޖޭއެސްސީ) އިން ރައީސަށް ލަފާއަރުއްވާފައިވަނީ ސެޕްޓެމްބަރު މަހު

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވާ ދެ ބޭފުޅުން ކަމަށްވާ، ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރާއި، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަންފުޅު ދިރާސާ ކުރުމަށް ރަައްޔިތުންގެ މަޖިލީހަުގެ ޖުޑިޝިއަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީޙުގައި ތަޅުމުގައި އިއްވާފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

އެމަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް ޖޭއެސްސީން ރައީސަށް ލަފާއެރުއްވީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ. މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ލަފާ އަރުއްވާފަ އެވެ.

ރައީސް ސޯލިހު އެ ދެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް ސޯލިހް ފޮނުއްވެވި ދިޔާނާ ސައީދު އަދި މަހާޒް -- ފޮޓޯ: ރާއްޖެ.އެމްވީ

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމަށް އިއުލާން ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ވަކިކުރެވުމާއި ގުޅިގެންނެވެ. ޑީޑީގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި 72 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެޓީން ނިންމާ ގޮތެއްގެ މަތިން އަނެއްކާ ވެސް މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރެވިގެންދާނެ އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކަނޑައެޅިގެންދާނީ މަޖިލީހުގައި ނަގާ ވޯޓުން އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅެކެވެ.

ޤާނޫނު އަސާސީގެ 148 ވަަނަ މާއްދާގެ (ހ) ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް