ކ. މާލެ
|
21 އޮކްޓޯބަރ 2019 | ހޯމަ 09:10
ޕާކިސްތާންގެ ބޮޑު ވަޒީރު
ޕާކިސްތާންގެ ބޮޑު ވަޒީރު
ގޫގުލް
ޕާކިސްތާން
ޓެރަރިޒަމަށް ހަރަދުކުރާ ގައުމުތަކުގެ ލިސްޓުން ޕާކިސްތާނު ސަލާމަތްވި ނަމަވެސް ބިރުބޮޑު!
 
އެކްޝަން ޕްލޭންގެ 27 ކަންތަކުގެ ތެރެއިން މިހާތަނަށް ޕާކިސްތާނުން ކުރީ ފަސް ކަންތައް
 
އެ ގައުމުތަކުގެ ލިސްޓުން ސަލާމަތްވި ނަމަވެސް ޕާކިސްތާނަށް ބިރުބޮޑު

ޓެރަރިޒަމާއި މަނީ ލޯންޑަރިންއަށް ފައިނޭންސް ކުރާ ގައުމުތަކުގެ ލިސްޓުން ޕާކިސްތާނު އުނިކޮށްފިއެވެ.

އެ ގައުމުތަކުގެ ލިސްޓުން ޕާކިސްތާނު އުނިވި ނަމަވެސް ޕާކިސްތާނުން ނިންމަން ޖެހޭ އެކްޝަން ޕްލޭންތައް ފުރިހަމަ ނުކޮށްހުރި ކަމަށް ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް)ގެ ރައީސް ޝިއާންގްމިން ލިއު ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފައެވެ.

ޕާކިސްތާނުން ފުރިހަމަ ކުރަންޖެހޭ އެކްޝަން ޕްލޭންގެ 27 ކަންތަކުގެ ތެރެއިން މިހާތަނަށް ފުރިހަމަކޮށްފައިވަނީ ފަސް ކަންތައްތަކަން ހާމަކޮށް ލިއު ވިދާޅުވީ، އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާނަމަ ޕާކިސްތާނާއި ދޭތެރޭ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެފްއޭޓީއެފް އިން ވަނީ އަންނަ ފެބްރުއަރީ މަހުގެ ކުރިން އެކްޝަން ޕްލޭންތައް ފުރިހަމަ ކުރުމަށް ޕާކިސްތާނަށް އަންގާފައެވެ. އަދި އެކަންތައްތައް ފުރިހަމަ ނުވެއްޖެނަމަ އަނެއްކާވެސް ބްލެކްލިސްޓަށް ޕާކިސްތާނު ވެއްޓިގެންދާނެ ކަމަށް އަންގާފައިވެއެވެ.

އެނބުރި އެ ގައުމުތަކުގެ ބްލެކް ލިސްޓަށް ޕާކިސްތާން ވެއްޓިއްޖެ ނަމަ މެއި މަހު ދޭން ނިންމި ހަ ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖް ނުދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
67%
0%
0%
ކޮމެންޓް