ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 17:53
ޗިލީގަ މުޒާހަރާ ކޮންޓްރޯލް ކުރަން ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ސްޕްރޭ ކުރަނީ
ޗިލީގަ މުޒާހަރާ ކޮންޓްރޯލް ކުރަން ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ސްޕްރޭ ކުރަނީ
އޭއެފްޕީ
ޗިލީ މުޒާހަރާ
މުޒާހަރާތައް ހޫނުވެ ޗިލީގެ ސެންޓިއޭގޯގައި ކުއްލި ޙަލާތުގެ އަމުރު އިޢުލާންކޮށްފި
 
ކުއްލި ޙާލަތު އިޢުލާން ކުރީ ވެރިރަށް ސެންޓިއޭގޯގައި
 
ޗިލީގައި މުޒާހަރާ ކުރަނީ އާންމު ދަތުރުފަތުރުގެ އަގު ބޮޑުކުރުމާއި ގުޅިގެން

ޗިލީގައި ކުރިޔަށްދާ މުޒާހަރާތައް ހޫނުގެ ވެރިރަށް ސެންޓިއޭގޯގައި ކުއްލި ޙާލަތުގެ އަމުރު އިޢުލާންކޮށްފިއެވެ.

ކުއްލި ޙާލަތުގެ އަމުރު މިއަދު އިޢްލާން ކުރައްވާ ޤައުމީ ޓީވީގައި ދެއްވި ބަޔާނުގައި ރައީސް ސެބަސްޓިއަން ޕިނިއޭރާ ވިދާޅުވީ، ކުއްލި ޙާލަތު އިޢުލާން ކުރެއްވީ ސެންޓިއޭގޯގެ ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށާއި ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.

ޗިލީގެ ހައި ސްކޫލް ދަރިވަރުންތަކެއް މިދިޔަ ހަފުތާގައި ނިކުމެ މުޒާހަރާ ކުރަންފެށީ އާންމު ދަތުރުފަތުރުގެ އަގު ބޮޑުކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކުރުމަށެވެ. އެހެންނަމަވެސް މުޒާހަރާ ވަރުގަދަވެ ތަންތަނަށް ގެއްލުންދީ ހުޅު ޖަހަން ފެށުމުން ޗިލީގެ ސަލާމަތީ ބާރުތަކުން ނިކުމެ މުޒާހަރާ ހުއްޓުވަން މިހާރު ވަނީ ފަށާފައެވެ. މުޒާހަރާ ކޮންޓްރޯލް ނުކުރެވި ސެންޓިއޭގޯގެ ރައްޔިތުންގެ ޢާންމު ދިިރިއުޅުމަށް މިހާރު ވަނީ ބުރޫ އަރާފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސެންޓިއޭގޯގެ ޕަބްލިކް ސަބްވޭ ސްޓޭޝަނުގައި ރޯކޮށްލާ އާންމު ދަތުރުފަތުރުތަކުގައި ބޭނުންކުރަމުންދާ ފަސް ބަހެއްވެސް އަންދާލާފައެވެ.

މިއީ ޗިލީ ސަރުކާރުން އެޤައުމުގެ އާންމު ދަތުރުފަތުރުގެ އަގު ބޮޑޫ ކުރި ދެވަނަ ފަހަރެވެ. ޗިލީ ސަރުކާރުން ދަތުރުގެ އަގަށް ގެނައި ބަދަލާއެއްކު ، އާންމު ގަޑީގައި ދަތުރުގެ ޓިކެޓެއްގެ އަގަކީ 830 ޗިލީ ޕޭސޯއެވެ. އެއީ ގާތްގަނޑަކަށް 1 ޑޮލަރު 17 ސެންޓެވެ. އަގު ބޮޑުކުރުމުގެ ކުރިން ޓިކެޓެއްގެ އަގަކީ 1 ޑޮލަރު 13 ސެންޓެވެ. ޗިލީގެ އާބާދީގެ 70 އިން ސައްތަ މީހުންގެ އެވްރެޖް އާމްދަނީ 770 އެމެރިކާ ޑޮލަރަށް ނާރާކަމަށް ދިރާސާތަކުން ދައްކައެވެ. ދަތުރުފަތުރުގެ އަގަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން އާންމު ފަރާތްތަކުން ދަތުރުފަތުރުތަކަށް ކުރާ ހޭދަ ވަރަށް ބޮޑުވެގެންދާނެއެވެ. ވަކިން ޚާއްޞަކޮށް މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންދާ ސްކޫލް، ޔުނިވަރސިޓީ ކުދިން އަތުން ދުވާލެއްގެ މައްޗަށް ވަރަށް ބޮޑު ޚަރަދެއް ދާނެ ކަމަށް އަންދާޒޭ ކުރެވެއެވެ.

ދަތުރުފަތުރުގެ އަގުބޮޑުވުމާއި ގުޅިގެން ސްކޫލް ދަރިވަރުން ރުޅި ގަދަވެ މުޒާހަރާ ކުރަމުންދާ މިދަނޑިވަޅުގައި ރައީސް ސެބަސްޓިއަން ޕިނިއޭރާ ކުއްލި ޙާލަތުގެ އަމުރު އިޢުލާން ކުރުމުން ސެންޓިއޭގޯގެ މޭޔަރ ވަނީ އެކަމަށް މަރުޙަބަ ވިދާޅުވެ ކުއްލި ހާލަތުގެ އަމަރު ތަންފީޒު ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސެންޓިއޭގޯގެ މޭޔަރ ފިލީޕޭ އެލެއްސާންދްރީ ވިދާޅުވީ މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާއި އަދި ބައިވެރިން ދިން ގެއްލުންތަކައް ބަލާއިރު 1.25 ބިލިއަން ޔޫރޯގެ ގެއްލުން ލިބިފައިވާކަން މިހާތަނަށް ރިކޯޑު ކުރެވިފައިވާކަމަށެވެ. އަދި މިހާރު މުޒާހަރާގެ ބައިވެރިންގެ އަމަލު ހުރި ގޮތުން ކުރިޔަށް އޮތް ތާނގައި މިއަށްވުރެ ބޮޑު ގެއްލުމަކާއިވެސް ކުރިމަތިލާންޖެހިދާނެކަމަށް ފިލީޕޭ ވިދާޅުވިއެވެ. މުޒާހަރާ ހުއްޓުވާ އަދި ލިބޭ ގެއްލުން ކުޑަކުރަން ކުއްލި ޙާލަތު ގެ އަމުރު ތަންފީޒުކޮށް ސެންޓެއޯގެ ސަލާލަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކަށިގެންވާ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ފިލީޕޭ ވަނީ ވިދާޅުވެފައެވެ.

މުޒާހަރާ ހުއްޓުވުމަށް ޗިލީ ފުލުހުން ރަބަރު އުންޑަޖެހުމުން މުޒާހަރާ ކުރަމުންދިޔަ ސްކޫލް ދަރިވަރުންނާިއ ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާ ކުރަމުންދިޔަ ސްކޫލް ދަރިވަރަކު މަރުވެ، އެއްކުއްޖަކު ޒަޚަމްވެފައިވާ ކަމަށް ބައިނަލް އަޤުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
100%
0%
0%
0%
ކޮމެންޓް