ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 04:04
އިންޑިއާގެ ބޮޑުވަޒީރު މޯދީ
މޯދީ
މޯދީގެ ބަހުގެ ހަމަލާތައް ޕާކިސްތާނަށް
 
ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދު ކުރަމުން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަހުގެ ޙަމަލާތަކެއް ޕާކިސްތާނަށް ދީފިއެވެ.

ދެޤައުމު ހިއްސާ ކުރާ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންދާ މި ދަނޑި ވަޅުގައި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވިދާޅުވީ އިންޑިއާގެ ކޯރުތަކުން ޕާކިސްތާނަށް އެންމެ ފެންތިއްކެއްވެސް ނުދާގޮތް ހައްދަވާނެ ކަމަށެވެ.

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ހަރިޔާނާ ސްޓޭޓުގައި އޮތް އެއްވުމެއްގައި މޯދީ ވިދާޅުވީ އިންޑިއާގެ ފެން ހައްޤުވަނީ އިންޑިއާގެ ރައްޔިތުންނަށް ކަމަށާއި ފާއިތުވެ ދިޔަ ހަތްދިހަ އަހަރު އިންޑިއާގެ ކޯރުތަކުން ދައުރުވާ ފެން އިންޑިއާގެ ދަނޑުވެރިންނާއި ހަރިޔާނާ ސްޓޭޓުގެ ރައްޔިތުންގެ ބަދަލުގައި ބޭނުން ކުރަމުން ގެންދިޔައީ ޕާކިސްތާނު ރައްޔިތުން ކަމަށެވެ. އަދި އެ ފެންތައް ހަރިޔާނާ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް މޯދީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ އެޤައުމުގެ ކޯރުތަކުން ޕާކިސްތާނަށް ދައުރުވާފެނުގެ މިޞްރާބު ބަދަލުކޮށް ޕާކިސްތާނަށް ފެންލިބުން ހުއްޓުވާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.

1960 ގައި އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ވީ އެއްބަސްވުންތަކެއްގެ ދަށުން ދެ ގައުމުގައި ދައުރުވާ ފެން އަންނަނީ ހިއްސާކުރަމުންނެވެ. ދެޤައުމު ހިއްސާވާ ހަ ކޯރެއް އޮންނަ އިރު އޭގެއިން ތިން ކޯރުގެ ފެން ކޮންޓްރޯލް ކުރަނީ އިންޑިއާއިންނެވެ. އަނެއް ތިން ކޯރުގެ ފެން ކޮންޓްރޯލް ކުރަނީ ޕާކިސްތާނުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
13%
13%
0%
75%
0%
0%
ކޮމެންޓް