ކ. މާލެ
|
18 އޮކްޓޯބަރ 2019 | ހުކުރު 06:42
ސޫރިޔާއަށް ޙަމަލާ ދިނުމުގައި ޙަރަކާތްތެރިވާ ތުރުކީ ސިފައިންގެ ފައުޖު
ސޫރިޔާއަށް ޙަމަލާ ދިނުމުގައި ޙަރަކާތްތެރިވާ ތުރުކީ ސިފައިންގެ ފައުޖު
ބީބީސީ
ސޫރިޔާ
ތުރުކީން ސޫރިޔާއަށް ދެމުންދާ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލަނީ!
 
ޙަމަލާތައް ދިނުން ހުއްޓާލިކަން އިޢުލާން ކުރިނަމަވެސް އަދިވެސް ޙަމަލާތައް ދޭކަމަށް ބޭރުގެ ޖަމާއަތްތަކުން ދަނީ ބުނަމުން
 
ތުރުކީން ޙަމަލާތައް ދިނުން ހުއްޓާލަނީ 5 ދުވަހުގެ މުއްދަތަކަށް

ސޫރިޔާގެ އުތުރުގެ ޞަރަޙައްދުތަކުގައި ތުރުކީ ސިފައިންގެ ފައުޖުތަކުން ދެމުންގެންދާ އަސްކަރީ ޙަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން ތުރުކީ ސަރުކާރުން އެއްބަސް ވެއްޖެއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ތުރުކީ ސަރުކާރުން މިކަމަށް އެއްބަސްވީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސާއި ތުރުކީގެ ރައީސް ޠައްޔިބް އޮރްދުޣާންއާއި ދެބޭފުޅުން ކުރެއްވި މަޝްވަރާއަކަށް ފަހުގައެވެ. މިއެއްބަސްވުމުގެ ދަށުން ތުރުކީ ސިފައިން ސޫރިޔާއަށް ދެމުންގެންދާ ޙަމަލާތައް ފަސްދުވަހުގެ މުއްދަތަކައް މެދުކަނޑާލާނެއެވެ.

ހުރިހައި ކުރިމަތިލުންތަކާއި ޙަމަލާ ބަދަލުކުރުން ފަސްދުވަހުގެ މުއްދަތަކަށް މެދުކަނޑާލެވޭނެ. އަދި ސަލާމަތާއި ރައްކާތެރިކަމާއެކު ކުރުދީ ސިފައިންނަށް ބޯޑަރު ހުރަސްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމުގެ ފުރުޞަތު މީގެ ސަބަބުން ލިބިގެންދާނެ.
އެމެރިކާގެ ރައީސްގެ ނައިބު މައިކް ޕެންސް

ތުރުކީ ސަރުކާރުން ޙަމަލާ ބަދަލުކުރުމާއި ޙަމަލާދިނުން ވަގުތީގޮތުން ހުއްޓާލިކަން އިޢުލާންކުރުމާއެކު، ކުރުދީންގެ ލަޝްކަރީ ގްރޫޕެއްކަމަށްވާ ވައިޕީޖީންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ވައިޕީޖީގެ ކޮމާންޑަރު މަޒްލޫމް ކޮބާނީ ބުނީ ކާމިޔާބު ހޯދުމަށް ކުރުދީންގެ ލަޝްކަރީން ތިބީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ކަމަށެވެ. އެގޮތުން ޞަރަޙައްދީ އިން ކައިރީގައިވާ އަވަށްތައް ކަމަށްވާ ރަސް އަލް-އައިން އާއި ޠަލް- އަބްޔާދްގެ ކަންކަން ވަރަށް ރަނގަޅަށް ބަލާނެކަމަށެވެ. މި ދެއަވަށަކީ ފަހަކަށް އައިސް ތުރުކީ ސިފައިންނާއި ކުރުދީންނާއި ދެމެދު އެންމެ ގިނައިން ޙަމަލާ ބަދަލުކުރާ އަދި ކުރުދީ ސިފައިން އެންމެ ގިނައިން އަސްކަރީ ޙަމަލާތައް ޢަމާޒުކުރާ ދެއަވަށެވެ.

ރަސް އަލް-އައިން އާއި ޠަލް- އަބްޔާދު އަވަށުގައި އެއްވެސް އަސްކަރީ ޙަަރަކާތެއް ހިގާތޯ ގާތުން ބަލަމުން ދާނަން. އެހެން އަވަށްތަކާއި މެދު ކަންހިގާނެ ގޮތަކާމެދު މަޝްވަރާއެއް ނުކުރަން...
ވައިޕީޖީގެ ކޮމާންޑަރު މަޒްލޫމް ކޮބާނީ

ޙަމަލާ ބަދަލުކުރުން ހުއްޓާލިކަން ތުރުކީ ސަރުކާރުން އިޢުލާންކުރި ނަމަވެސް، ސޫރިޔާ ހަނގުރާމަ ގާތުން ބަލަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނީ ރަސް އަލް-އައިން އަަވަށުގައި އަދިވެސް ކުރުދީ ހަނގުރާމަވެެރިންނާއި ތުރުކީ ސިފައިން ކޮންމެވެސް ވަރަކަށް ޙަމަލާ ބަދަލުކުރަމުންދާކަމަށެވެ.

އެޖަމާޢަތުން ބުނާ ގޮތުގައި ފާއިތުވެ ދިޔަ 8 ދުވަހު ދިން ޙަމަލާތަކުގައި ޢާންމުންގެ 72 މީހުން މަރުވެ، ތިން ސަތޭކަ ހާހަށްވުރެ ގިނަ މީހުން ސޫރިޔާގައި ޙާލުގައި ޖެހިފައިވާކަމަށެވެ.

ސޫރިޔާގެ ޞަރަޙައްދީ އިން ހުރަސްކޮށް ތުރުކީ ސިފައިން އަސްކަރީ ޙަމަލާތައް ދޭންފެށީ މިދިޔަ ހަފުތާގައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ ސޫރިޔާއާއި ތުރުކީ ގުޅޭ ޞަރަޙައްދީ އިން ކައިރީ ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތައް ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްދް ޓްރަމްޕް އިޢުލާން ކުރުމާއި ގުޅިގެން ޞަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ތުރުކީއިން ފެށި އަސްކަރީ އޮޕަރޭޝަނުގެ މައިގަނޑު ޢަމާޒަކީ އެޤައުމުން ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުރުދީ ހަނގުރާމަވެރި ގްރޫޕެއްކަމަށްވާ ޕީޕަލްސް ޕްރޮޓެކްޝަން ޔުނިޓް (ވައިޕީޖީ) އެ ޞަރަޙައްދުން ފައްސާލުމެވެ.

ތުރުކީ ސަރުކާރުން ހާމަކުރާ ގޮތުގައި އެޤައުމުން ބޭނުންވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ޙާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި ، ޞަރަޙައްދީއިން ކައިރި އަވަށްތަކުގައި ދިރިއުޅޭ ސޫރިޔާގެ ދެމިލިޔަނެއްހާ ޢާންމު ރައްޔިތުން ހިމާޔަތްކޮށް، އެމީހުންގެ އަމިއްލަ ވަޒަނަށް ރުޖޫޢަވުމަށް އެހީތެރިވުމެވެ. އަދި ކުރިދީ ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްކުރުމެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި ކުރުދީ ހަނގުރާމަވެރިން އެޞަރަޙައްދުގައި މިހާރު ތިބި ރެފިއުޖީން ބޭނުން ކުރަނީ ޙަމަލާތަކުން ރެކެން ބޭނުންކުރާ އައްޑަނައެއްގެ ގޮތުގައެވެ.

ސޫރިޔާގެ މަޞްރަޙް ގާތުން ބަލަމުންދާ ބޭރުގެ ޖަމާޢަތްތަކުން ބުނަނީ ތުރުކީން ބޭނުންވަނީ ސޫރިޔާގެ ރައްޔިތުން ހިމާޔަތްކުރަން ކަމަށް ބުނެ ، ކުރުދީ ދަރިކޮޅުގެ މީހުންގެ ވަސް އެޞަރަޙައްދުން ފޮހެލަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
0%
33%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ