ކ. މާލެ
|
17 އޮކްޓޯބަރ 2019 | ބުރާސްފަތި 19:45
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މަގޭ ރިޕޯޓް
އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީއަށް، ވެދުން ސަލާމް...
 
ކުރިން އެޓަރނީ ޖެނެރަލްގެ ނައިބުގެ މަގާމު ވެސް އަދާކުރައްވާފައިވޭ
 
ޑރ. އަހުމަދު އަބްދުﷲ ދީދީއަކީ 2010 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް

އިއްޒަތްތެރި ފަނޑިޔާރު މަނިކުފާނެވެ. 2008 ވަނަ އަހަރުގެ ފެހި ގާނޫނު އަސާސީ ވުޖޫދަށް އައުމާއެކު، ދިވެހި ދައުލަތް ހިންގުމުގެ ނިޒާމް ތިން ބާރެއްގެ މައްޗަށް ބެހި، އެ ބާރުތަކަކީ ކޮބައިކަން ވަރަށް ސާފު ސަރީހަ އިބާރާތުން ބަޔާންކުރެވިގެން ދިޔައެވެ.

ދިމިކްރާތީނިޒާމެއްގެ ތެރެއިން ދިވެހި ދައުލަތް ހިނގައިގަތުމާއެކު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވޭނެ އެއް ބޭފުޅަކީ ޚުދު މަނިކުފާނެވެ. މިހެން މި ދެންނެވީ މި ނިޒާމުގެ އެންމެ ޅަފަތުން ފެށިގެން މިއަދާ ހަމައަށް، ދިވެހި ޝަރުޢީ ދާއިރާގެ އެންމެ އިސް ފަންތީގައި މަސައްކަތް ކުރެއްވި އެއް ފަރާތަކީ މަނިކުފާނު ކަމަށް ވާތީއެވެ.

އެ ޤާނޫނު އަސާސީ ވުޖޫދަށް އައި އަހަރު ކަމުގައިވާ 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އަދާކުރައްވާފައިވާ މަގާމުތައް މީގެ ހެއްކަކަށް ފުދެއެވެ. 2008 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މަނިކުފާނު ހުންނެވީ ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނައިބުގެ މަގާމުގައެވެ. 2010 ވަނަ އަހަރު މަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން މަނިކުފާނު ތިޔަ ހުންނެވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތް ކަމުގައިވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައެވެ. އަދި 2018 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހުން ފެށިގެން މަނިކުފާނު ތިޔަ ހުންނެވީ އެ ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައެވެ.

މަނިކުފާނު ސުޕްރީމް ކޯޓުގެ ބެންޗުގައި ހުންނަވަނިކޮށް، މި ގައުމުގައި ގިނަ ކަންތައްތަކެއް ހިނގައިގެން ގޮސްފިއެވެ. 2008 ވަނަ އަހަރު ވެރިކަމަށް އައި ސަރުކާރު، ދައުރު ނިމުމުގެ ކުރިން ވެއްޓުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ބޭފުޅަކު ވަކިކުރުން މަނިކުފާނު ތަޖުރިބާ ކުރައްވައިފިއެވެ. ހަމަ އެ ބެންޗުގައި ހުންނަވަނިކޮށް، ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އުއްތަމަ ފަނޑިޔާރަކާއި އަދި ހަމަ މަނިކުފާނު އޭރު ހުންނެވި މަގާމުގައި ހުންނެވި އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްގެން ގެންގޮސްފައިވެއެވެ. ގިނަ ކަންތައްތަކެއް މަނިކުފާނަށް ފެނިވަޑައިގެންފައިވާ ކަން ކަށަވަރެވެ.

މިހާރު މަނިކުފާނު ތިޔަ ހުންނެވީ މި ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އުސް ގޮނޑީގައެވެ. އެންމެ ފުންނާބު އުސް މަގާމުގައެވެ. ނަމަވެސް، ބުދަ ދުވަހު މަނިކުފާނު ނެރުއްވި ބަޔާނުން އަޅުގަނޑަށް ހީވާ އެއްޗެއް އިއުތިރާޟެއް ނެތް ކަމުގައިވާ ވަނީ ނަމަ ދަންނަވާލާނަމެވެ. މަނިކުފާނަށް އެނގިވަޑައި ނުގެންނެވިޔަސް، މިއަދު ގިނަ ދިވަހި ރައްޔިތުން ޤަބޫލުކުރާގޮތުގައި ފަނޑިޔާރުގޭގެ އަދުލުވެރިކަން ވަނީ ގެއްލިފައެވެ. މިނިވަންކަން ވެއްޔާ މޮޑެވިފައިވާ ކަމަށެވެ. ސަބަބުތަކެއް ނެތިޔެއް ވެސް ނޫނެވެ. އެދި އިތުބާރު ގެއްލުނު ސަބަބުތަކުގެ ތެރޭގައި، މަނިކުފާނުގެ ދައުރު ވެސް ބޮޑުކަން ވަރަށް އަދަބުވެރި ކަމާ އެކު ހަނދުމަފުޅުކޮށް އަރުވަމެވެ.

އެންމެ ފުރަތަމަ ކަމަކަށް، 2018 ވަނަ އަހަރުގެ ފެބްރުއަރީ އެކެއްގައި ނެރުނު ކޯޓު އަމުރެވެ. އެ ކޯޓު އަމުރުގައި މަނިކުފާނުގެ ސޮއި ވެސް ފެންނާން އޮތެވެ. އަދި މިހާތަނަށް އެއްވެސް މަންސައެއްގެ މަތީގައި ހުންނަވާ އެއީ ނަކަލު ކޮށްފައިވާ ސޮޔެއް ކަމުގައި މަނިކުފާނު ވިދާޅުވެފައި ނުވާ އިރު، އަޅުގަނޑު ދެކޭނީ އެއީ މަނިކުފާނު އަމިއްލުފުޅަށް ކުރެއްވި ސޮޔެއް ކަމަށެވެ. އެ ކޯޓު އަމުރުގައި ހުރި ހުރިހާ ކަމެއް މަނިކުފާނަށް ހަނދުމަފުޅު އަރުވާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އޭގެ 06 ދުވަސް ފަހުން މަނިކުފާނު އަނެއްކާ ވެސް ސޮއިކުރައްވާ، އަމުރެއް ނެރުއްވީ އެ ހުރިހާ ކަމެއް ބާޠިލު ކުރުމަށެވެ.

ދެވަނަ ކަމަކަށް ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާއި ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްގެ މައްޗަށް އިއްވި 25 އަހަރުގެ ޖަލު ހުކުމެވެ. ރައީސް ނަޝީދުގެ ހުކުމަކީ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަދުލުވެރި ފަނޑިޔާރު ގެއަކުން އިއްވި ސައްހަ ހުކުމެއް ކަމަށް އެ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ނިންމެވި އިރު، އެ ބެންޗުގައި މަނިކުފާނު ހުންނެވިއެވެ. ހަމަ އެ ފަދައިން އަހްމަދު ނާޒިމްގެ މައްޗަށް އިއްވުނު 25 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް ޝަރީއަތް ހިންގެވި ބެންޗުގެ އިއްތިފާގުން ނިންމެވީ، ހައި ކޯޓުގެ ނިންމުން ބާތިލުކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަވަންށެވެ. އެ ބެންޗުގައި ވެސް މަނިކުފާނު ހުންނެވިއެވެ.

ތިންވަނަ ކަމަކަށް، އެންޓި-ޑިފެކްޝަން ގާނޫނާ ގުޅިގެން ސުޕްރީމް ކޯޓުން ބެލި ދުސްތޫރީ މައްސަލަ ބެއްލެވި ބެންޗުގައި ވެސް މަނިކުފާނު ހުންނެވިއެވެ. ހަމަ އެ މައްސަލައިގައި ވެސް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން މައްސަލަ ނިމިގެން ދިޔައީއެވެ.

ފެބްރުއަރީ އެކެއްގެ އަމުރުގައި މަނިކުފާނުގެ ރައުޔު ބަދަލުކުރެއްވި ފަދައިން، އިސްވެ ދެންނެވުނު ދެ ކަމުގައި ވެސް މަނިކުފާނު ރައުޔު ބަދަލުކުރެއްވިއެވެ. ރައީސް ނަޝީދާއި ނާޒިމްގެ މައްސަލަ އަލުން ރިވިއުކުރުމަށް ފަހު، ކުރިން އިއްތިފާގުވީ ރައުޔު ގޯސްކަމަށް ނިންމެވި ބެންޗުތަކުގައި މަނިކުފާނު ހުންނެވިއެވެ. އޭރު ރަނގަޅުވީ ސީޢާތަކާއި އުންސުރުތައް ގޯސްކަމަށް ނިންމެވި ބެންޗުގައި މަނިކުފާނު ހުންނެވީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނެވެ. ހަމަ އެ ފަދައިން އެންޓި-ޑިފެކްޝަން ގާނޫނާއި ގުޅިގެން، އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމެވި ބެންޗުގައި ވެސް މަނިކުފާނު ހުންނެވިއެވެ.

ދެން މި ޖެހިލަން ޖެހެނީ ޝަރުއީ ދާއިރާގެ އަދުލުވެރިކަމާއި އިންސާފުވެރިކަން ނެގެހެއްޓުމަށް ދައުލަތުގެ އެންމެހާ ބާރުތަކާއި ވުޒާރާތަކާއި ހަސްމުންނަށް އިލްތިމާސްކުރައްވާ، ބުދަ ދުވަހު އާންމުކުރެއްވި ބަޔާނަށެވެ. އެއްގޮތަކަށް ވެސް މަނިކުފާނު އޭގައި ފާހަގަކުރެއްވި ނުކުތާތަކާއި އަޅުގަނޑު ދެކޮޅެއް ނަހަދަމެވެ. ނަމަވެސް، އެ ބަޔާން ދެތިން ފަހަރު ކިޔާލުމުން ވެސް އަޅައިގަންނަނީ މަނިކުފާނު ފާހަގަކުރެއްވި ނުފޫޒު ފޯރުވުމުގެ ނުކުތާގައެވެ.

މަނިކުފާނެވެ. ތިޔަ ވާހަކަތައް ކުރިން ނުދެއްކެވީ ކީއްވެގެންތޯއެވެ؟ މުޅި ދައުލަތުގެ ބާރުތައް މަސްހުނި ކޮށްލި ވެރިކަމެއް ނިމިގެން ދިޔައިރު، ތިޔަ މަބްދައުތައް ފާހަގަކުރައްވާ ބަޔާނެއް ނުނެރުއްވީ ކީއްވެގެންތޯއެވެ؟ އެ މަބްދައުތަކާއި ގާނޫނީ އުންސުރުތަކާއި ޝަރުއީ ހަމަތައް ފާހަގަކޮށް، ކަންޑޮވުން ފާޅުކުރައްވާ ބަޔާނެއް ނުނެރުއްވީ، ހަމަ އޭރު އެ ނުފޫޒު ފޯރާފައި ނެތުމުންތޯއެވެ؟ ނުވަތަ ނުފޫޒޫ ފޯރާފައި އޮތް ވަރު ބޮޑު ކަމުންތޯއެވެ؟

އިއްޒަތްތެރި މަނިކުފާނެވެ. މިއަދު ސަރުކާރުން އެކުރަނީކީ ސިޔާސީ މަސައްކަތެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެއީ ރައްޔިތުންގެ ވިންދާ ގުޅުން ހުރި، މި ގައުމުގެ އާބާދީގެ އަޣްލަބިއްޔަތަކުން އެދެމުން އަންނަ ކަމެކެވެ. އާދެ، ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތެވެ.

މަނިކުފާނެވެ. ބޮޑާވެވަޑައިނުގަންނަވާށެވެ. ގޮތްދޫކުރައްވާށެވެ. ޚުދު މަނިކުފާނު އަމިއްލަފުޅަށް ކުރިން ނިންމެވި ނިންމުންތައް ގޯސްކަމަށް ގަބޫލުފުޅުކުރައްވާ އިރު، މިއަދު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެކުރާ މަސައްކަތަށް އެއްބާރުލުން ދެއްވާށެވެ. ނަޒާހާތްތެރިކަމަކީ އެއީއެވެ. ނިންމަވާ ނިންމެވުންތަކާއި ގުޅިގެން، ޖަވާބުދާރީ ވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވިދާޅުވެ، މި މަސައްކަތަށް ހުރަހަކަށް ވެވަޑައިނުގަންނަވާށެވެ.

އެއީ ސިޔާސީ ބަޔަކަށް ވުމުން އެ މަސައްކަތަށް އެއްބާރުލުން ދެއްވަން ބޭނުންފުޅު ވެވަޑައިނުގަންނަވާނަމަ، ރައްޔިތުންގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބު ދެއްވާށެވެ. އެއީ އަޅުގަނޑު ފަދައިން، އެތައް ރައްޔިތުންގެ ޝުއޫރެވެ. އަދުލު އިންސާފް ގާއިމްކުރެވޭނީ މި ސުވާލުތަކަށް ޖަވާބު ލިބުމުން ކަމަށް، މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށް އުއްމީދު ކުރަމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
3%
86%
0%
7%
0%
3%
ކޮމެންޓް
17 އޮކްޓޯބަރ 2019 | ބުރާސްފަތި 21:34
ސަޓޯ
ވަރައްފުރިހަމަށް
ގުޅުންހުރި
އެމްޑީޕީއަށް މަޖިލީސް ލިބުމުން އެންމެ ފުރަތަމަ ކުރާނެކަމަކީ ޤާނޫނަކުން ވަޒީފާގެ ކަށަވަރުކަން ދިނުން: ރައީސް ޞާލިހު
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
އަލިފުށި އަދި ކެނދިކުޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި
މުލަކަތޮޅާއި މާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފެށުމާއި އާރުޓީއެލް ފެރީގެ ޚިދުމަތް ނ. ރ. އަދި ބ. އަތޮޅުގައި ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
ސިޑްނީގައި އަނެއްކާވެސް ވަޅީގެ ހަމަލާތަކެއް، މިފަހަރު ވަނީ ފައްޅިއަކަށް!