ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 19:29
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ
ރާއްޖެ އެމްވީ
އުއްތަމަ ފަނޑިޔާރު
ނަސޭހަތުގެ ލިިޔުމާއި ހަވާލުނުވުމުން، އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް
 
ނަސޭހަތް ދޭން ނިންމީ މިދިޔަ ހަފްތާގައި
 
އިތުރު ފަނޑިޔާރުންގެ މައްސަލަތަކެއްވެސް ދަނީ ބަލަމުން

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ނަސޭހަތް ދިނުމުން ނަސޭހަތުގެ ލިޔުމާއި ހަވާލުނުވުމުން އޭނާގެ އިތުރު މައްސަލައެއް ބެލުމަށް އެ ކޮމިޝަނަށް ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލައި ތަހުގީގު ރިޕޯޓަަށް ރިޔާއަތް ކޮށް އޭނާ އަށް ފިޔަވަޅު އަޅައި ނަސޭހަތް ދޭން ޖޭއެސްސީން ނިންމާފައިވަނީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އަދި އެ މައްސަލާގައި ޖޭއެސްސީން އަމުރު ފޮނުވުމުން އެކޮމިޝަން ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު ވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ. އެ މައްސަލަބަލެމުގެ އިހްތިޔާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށް ބުނެ ޑރ. ދީދީ ވަނީ ބުދަ ދުވަހު ބަޔާނެއް ނެރެފައެވެ.

ޖޭއެސްސީން ބުނީ، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހަގީގާ ހިލާފު ވާހަކަތަކެއް އާއްމުކުރުމަކީ، ކޮމިޝަންގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމެއްގެ ގޮތުގައު ތުހުމަތު ކޮށްފައެވެ.

އެހެން ކަމުން އެކަމާއި ގުޅިގެން ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައެވެ. ޖޭއެސްސީން ވަނީ، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ އަރީފަށްވެސް ނަސޭހަތްދޭން ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
20%
70%
0%
0%
0%
10%
ކޮމެންޓް