ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 18:52
16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމު
16 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމު
ސޯޝަލް މީޑިއާ
ސައުތް އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް
ސައުތު އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމުން ބައިވެރިވަނީ
 
މިއީ ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމަކުން ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު

އޮގަސްޓްމަހު ނޭޕާލްގައި ކުރިޔަށްދާ 16 އަހަރުންދަށުގެ ސައުތް އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 16 އަހަރުންދަށުގެ ނެޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

އޮގަސްޓްމަހު 18 އިން 22 ހަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ވާދަކުރާނެއެވެ.

މިއީ ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމަކުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ޒުވާން ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް ބުނީ މި މުބާރާތަށް ޓީމު އެކުލަވައިލައިފައިވަނީ މިއަހަރު ކުރިޔަށްދިޔަ އިންޓަރ ސްކޫލް މުބާރާތުން ކަމަށާއި ދާދި ފަހުން ބޭއްވުނު އެސޯސިއޭޝަން ކަޕްގައި ކުޅުމަށް އެކުޅުންތެރިންނަށް ފުރުސަތުދީފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ ތަޖުރިބާ މަދު ނަމަވެސް ޓާގެޓަކީ މި މުބާރާތުން މެޑައްޔެއް ހޯދުން ކަމަށެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހުގައި ރާއްޖެއިން ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. އަދި ހަމަ އެދުވަހު ނޭޕާލާއި ދެކޮޅަށް ނިކުންނައިރު، މި މަހުގެ 19 ވަނަ ދުވަހު ރާއްޖެއިން ނިކުންނާއީ ސްރީލަންކާއާއި ދެކޮޅަށެވެ. އަދި 20 ވަނަ ދުވަހު ރާއްޖެއިން ނިކުންނާނީ ޕާކިސްތާނާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
100%
0%
0%
0%
0%
0%
ކޮމެންޓް
18 އޮކްޓޯބަރ 2019 | ހުކުރު 00:51
ހައްހައްހާ
އޯގަސްޓް މަސް މިހާރުކޮބާ ؟؟