ބުދަ 27 މެއި 2020
08 ރޯނު
1441 ޝައްވާލް 04
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
މިފްކޯގެ ކެޕޭސިޓީ އިތުުރުކުރަނީ

މިފްކޯގެ ކެޕޭސިޓީ އިތުރުކުރުކޮށް ވެލިއުއެޑެޑް ޕްރޮޑަކްޓްތައް އިތުރުކުރަނީ

  • ފެލިވަރާއި ކޫއްޑޫ ބޮޑުކުރުމުގެ މަސައްކަތް ވަނީ ފަށާފައި
  • މިފްކޯއަށް ގަންނަ މަސް ވެލިއުއެޑްކޮށްގެން ޕްރޮސެސްކޮށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަނީ
  • ހުޅުދެލި ބަނދަރަށް 300 ފޫޓް އިތުރުކުރުމަށް ވަނީ ނިންމާފައި

ކ. މާލެ | 16 އޮކްޓޯބަރ 2019 | ބުދަ 18:51 | 3,139

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދ. ހުޅުދެއްޔަށް ވަޑައިގަންނަވަނީ - ރައީސް އޮފީސް

މިފްކޯގެ ދަށުން ހިންގާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އަދި ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ކެޕޭސިޓީ އިތުރުކޮށް، އެތަނަށް ގަންނަ މަހުން ވެލިއުއެޑެޑް ޕްރޮޑަކްޓް އިތުރުކޮށް ބޭރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ 2 ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ބުދަ ދުވަހުގެ މެންދުރު ހުޅުދެއްޔަށް ވަޑައިގެން ރައިސް ވިދާޅުވީ މަސްވެރިންގެ އަތުން މަސްގަނެވޭ މިންވަރު އިތުރުކޮށް އެސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ފެލިވަރާ ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ މިހާރުވެސް ކުޑަ ކަމަށާއި، ސަރުކާރުން ގެންދަވަނީ މިފްކޯއަށް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ފެލިވަރާއި ކޫއްޑޫ ބޮޑުކުރުމުގެ މަސައްކަތް ފަށާ މިހާރު މިފްކޯއަށް މަސް ގަންނަ އަގުގައި ގަނެގެން އޭގެ ފާއިދާ ލިބޭގޮތަކަށް ދުނިޔޭގެ މާކެޓަކަށް ވިއްކޭކަަށް ނެތް ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ކަމަކީ މިފްކޯއަށް ގަންނަ މަސް ވެލިއުއެޑްކޮށްގެން ޕްރޮސެސްކޮށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އޭގެ ފުރަތަމަ ފިޔަހީގެ މަސައްކަތް މި ޑިސެމްބަރު މަހުގެ ތެރޭގައި ކުރަމުން އެބަގެންދަން. އެކަށް ފެށުމާއެކީގައި މިފްކޯއަކީ ދެކޮޅުޖެހޭ ކުންފުންޏަކަށް ބަދަލުވެ ގަންނަ މަހަށް މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް އެބޭފުޅުން ކުރައްވަމުން އެބަގެންދަވާ،"

~ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހުޅުދެލީ ރައްޔިތުންްގެ ފަރާތުން ރައީސްއަށް ދެންނެވި ކަންތައްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ވެރިޔަކަށް ހުންނަ މީހަކު ރަށްރަށަށް އައިސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވެފައި ހުންނަ ކަންކަން ދެނެގަތުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމުގައެވެ. އަދި ހުޅުދެއްޔަށްވެސް އަސާސީ ބައެއް ހިދުމަތްތައް ނުލިބި ހުރިކަން ފާހަގަކުރައްވައި ރައީސް ވަނީ ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ހާމަކޮށްދެއްވާފައެވެ. އެގޮތުން މަޝްރޫއު ބީލަމަށް ހުޅުވާލައި މިހާރު ކުރިއަށްދަނީ ބީލަން ދިރާސާ ކުރުމުގެ މަސައްކަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު އޮތް 150 ފޫޓު 300 ފޫޓު ބަނދަރު ތަރައްގީ ކުރެވިގެންދާއިރު ރަށު ކައުންސިލުން އެދިވަޑައިގެންފައިވާގޮތަށް 300 ފޫޓު ބަނދަރަށް އިތުރުކުރެވިގެން ދާނެކަމަށެވެ.

މީގެއިތުރުން ރަށުގެ މަސްވެރިންގެ އެދިވަޑައިގެންފައިވާ ގޮތަށް ރަށާ ކައިރިން މަސްކިރޭނެ އިންތިޒާމެއް މިފްކޯއާ ވާހަކަދައްކަވައިގެން ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މަހަށް ރަނގަޅު އަގު ހޯދައިދިނުމަކީ ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި، މިހާރު އިންޑިޔާ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ކޮންޓްރޯލްކުރެވިފައިވާތީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހުޅުދެލީގައި އަލަށް އިމާރަތްކުރާ އިންޖީނުގޭގެ މަސައްކަތް ފެށޭ ހިސާބުން ހުޅުދެލީގެ ސާފު ބޯފެނުގެ ނިޒާމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.