ބުދަ 27 މެއި 2020
08 ރޯނު
1441 ޝައްވާލް 04
ފަތިސް 04:34
އިރުއަރާ 05:51
މެންދުރު 12:07
އަސްރު 15:29
އިރުއޮއްސޭ 18:15
އިޝާ 19:32
މިނިސްޓަރ މަހްލޫފް

މިނިސްޓަރ މަހްލޫފް ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

  • ފިޓްނެސް އިންޑަސްޓްރީގެ ބޭފުޅުންނާއި އެންމެން ގުޅިގެން މަސައްކަތްކޮށް ރާއްޖެއަކީ "ފިޓް ނޭޝަން" އަކަށް ހެދުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް

ކ. މާލެ | 16 އޮކްޓޯބަރ 2019 | ބުދަ 18:42 | 5,279

މިނިސްޓަރ މަހްލޫފް ފިޓްނެސް އިންޑަސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރައްވަނީ - ޓްވިޓަރ

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރައްވާ އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

މިނިސްޓަރ މަހްލޫފް ބުދަ ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި ބައްދަލުވުމަކީ މިޝަން ފިޓް މޯލްޑިވްސް ޕްރޮގްރާމާއި ބެހޭ ގޮތުން ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މައުލޫމާތު ދެއްވުމަށް ބޭއްވުނު ބައްދަލު ވުމެއް ކަމަށާއި، މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ކަންބޮޑުވުންތައް އިނގިގެންދިޔަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ފިޓްނެސް އިންޑަސްޓްރީގެ ބޭފުޅުންނާއި އެންމެން ގުޅިގެން މަސައްކަތްކޮށް ރާއްޖެއަކީ "ފިޓް ނޭޝަން" އަކަށް ހެދުމަށް ކުރައްވަމުންގެންދަވާ މަސައްކަތް ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މިނިސްޓަރ މަހްލޫފް ފިޓްނެސް އިންޑަސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރެއްވި އިރު ހޮނިހިރު ދުވަހު ރާއްޖޭގެ އެމްބެސަޑަރ އޮފް ވެލެނެސްގެ މަގާމަށް އިންޑިއާގެ ސުނިލް ސެޓީ ހަމަޖައްސައިފައެވެ.

މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ވައުދެއް ކަމަށާއި، އެ ވައުދު ފުއްދުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރަށްރަށުގައި ސްޕޯޓްސް ކައުންސިލަރުން ގާއިމް ކުރުމާއި އައުޓްޑޯރ ޖިމް ބެހެއްޓުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެހެންމެ މި ކެމްޕޭންގައި 'އެމްބެސެޑަރ އޮފް ވެލްނެސް' ގެ ހައިސިއްޔަތުން ބައިވެރިވުމަށް ނިންމެވީތީ ސުނިލްއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއިރު، ދުޅަހެޔޮ މުޖުތަމައުއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ސުނިލް ބައިވެރިވުމަކީ އެކަމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ސިމާހާ ނަސީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.