ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 18:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި މިނިސްޓަރ މަލީހް ޖަމާލް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި މިނިސްޓަރ މަލީހް ޖަމާލް
ރައީސް އޮފީސް
މަޖިލިސް ކޮމެޓީ
ރާއްޖޭގެ ބޭންކިން ނިޒާމަށް ރަނގަޅު ޕޭމަންޓް ގޭޓްވޭއެއް ގާއިމުކުރަން އެބަޖެހޭ: މަލީހު
 
އެމްއެމްއޭއިން ނޭޝަނަލް ޕޭމަންޓް ސިސްޓަމްގެ ނަމުގައި ޕޭމަންޓް ގޭޓްވޭއެއް ގާއިމު ކުރުމުގެ މަސައްކަތް އެބަކުރެވޭ

އޮންލައިން ޕޭމަންޓް ގޭޓްވޭއެއް ރާއްޖޭގައި ގައިމުވެފައި ނުތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި ރާއްޖޭގެ ބޭންކިންގެ ނިޒާމަށް އެބަދަލު އަންނަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން ބުދަ ދުވަހު، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހުއާއި އެދާއިރާއާ ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުންނަށް މައުލޫމާތު ދެއްވައްމުން މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖެ ޑިޖިޓަލް އިކޮނޮމީއާ ދިމާލަށް މިސްޜަބް ޖަހާފައިވާއިރު، ރަނގަޅު ޕޭމަންޓް ގޭޓްވޭއެއް ނެތުމަކީ މިހާރުވެސް ދިމާވަމުންދާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ޑިޖިޓަލް އިކޮނޮމީއަކަށް ދިއުމަށްޓަކައި، ރާއްޖޭގެ އެންމެބޮޑު އިގްތިސާދީ އެއްމަސައްކަތަކީ ފަތުރުވެރިކަން. ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ޓުއަރ އޮޕަރޭޓަރުންނަށް މިވަގުތު ޖެހިފައިވާ އެންމެބޮޑު ގޮންޖެހުމަކީ ހަގީގަތުގައި ކޮންވެންޝަނަލް ނިޒާމުގެ ތެރެއިން ވިޔަފާރި ކުރެވޭކަށެއް ނެތް. އޮންލައިން ނިޒާމަކާ ދިމާލަށް އެބޭފުޅުން ދާން އެބަޖެހޭ." މަލީހު ވިދާޅުވި އެވެ.

މިނިސްޓަރ މަލީހް ވިދާޅުވީ ހަގީގަތުގައި ބޭންކް އޮފް މޯލްޑިވްސްގެ ގޭޓްވޭ މިވަގުތު ހިލޭ ލިބުނުކަމުގައި ވީނަމަވެސް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

"ބައެއް ޓްރެވަލް އެޖެންސީތަކުން އެބަބުނޭ ތިމަންނަމެންނަށް ބޭންކް އޮފް މޯލްޑިވްސްގެ ގޭޓްވޭ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް މިލިބެނީ އެއްމަސް ދުވަސް ފަހުންނޭ. ބައްލަވާ ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތައް ބުކިން ހެދުމަށްފަހު، އައުމުގެ ކުރިން ރިސޯޓްތަކަށް ލާރިދައްކަން އެބަޖެހޭ. އެހާބޮޑު ކޭޝް ފްލޯއެއް ޓްރެވަލް އެޖެންސީތަކުގައި ހުންނަން އެބަޖެހޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ބީއެމްއެލަށް ޕޭމަންޓް ޕްރޮސެސްވުމާއެކު އެއޮންނަ އުސޫލެއްގެ ތެރެއިން ވީއެންމެ އަވަހަކަށް ޓްރެވަލް އެޖެންސީތަކަށް ލިބުމަކީ މުހިއްމު ކަމެއް." މަލީހު ވިދާޅުވި އެވެ.

މީގެއިތުރުން މަލީހު ވިދާޅުވީ، ޑިޖިޓަލް އިކޮނޮމީއަށް ދިއުމަށްޓަކައި މި ސަރުކާރުގެ ލީގަލް ފްރޭމްވޯކްގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"ރާއްޖޭގެ މަރުކަޒީ ބޭންކުން މިހާރު ގާއިމު ކުރަމުން އެބަދޭ ނޭޝަނަލް ޕޭމަންޓް ސިސްޓަމްގެ ނަމުގައި ޕޭމަންޓް ގޭޓްވޭއެއް. އެއީ ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމެއް، ފުރިހަމގޮތުގަިއ އިމްޕްލިމެންޓް ކުރެވިއްޖެނަމަ،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
100%
0%
ކޮމެންޓް