ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 17:23
ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް
ޝުއައިބް މުހައްމަދު އިގްބާލް
އާއިޝަތު ބިޝާމް
ބިޝާމް މަގާމުން ވަކިކުރުމަށް ހުށަހަޅާ، މަޖިލީސް ރައީސްގެ ސަމާލުކަމަށް ގެންނަނީ!
 
މި ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
 
ބިޝާމް މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް މަގާމުން ވަކިކުރުމަށް ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.

މިގޮތަށް ނިންމަފައިވަނީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ ބައްދަލުވުމުގައެވެ.

ބިޝާމް މަގާމުން ވަކި ކުރުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނެވެ.

ބިޝާމް ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކޮށް، މެމްބަރުން ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައިވެއެވެ. ބިޝާމް ހާޒިރުކުރި ކުރުމުގައި ކުރީ ސަރުކާރުން ނޫފުޒަކުން އެއްވެސް ކަމެއް ނިންމާފައިވާނެތޯ މެެމްބަރުން ސުވާލު ކުރެއްވި އެވެެ. ނަމަވެސް ބިޝާމް ވިދާޅުވީ ރައީސް އޮފީހުގެ ތެރެއިން ނުފޫޒު ފޯރުވައިގެން ނުވަތަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ވަކި ގޮތަކަށް އެއްވެސް ކަމެއް ކުރައްވާފައިނުވާ ކަމަށެވެ. އަދި ނިންމުންތައް ނިންމާފައިވާނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައިކަމަށް ބިޝާމް ވިދާޅުވި އެވެ.

ބިޝާމް މަޤާމުން ވަކިކުރުމަށް މީގެކުރިންވެސް ގިނަ މެމްބަރުންތަކެއް ގޮވާލާފައިވެއެވެ. އަދި ބިިޝާމަކީ ޕީޖީގެ މަޤާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް އެ މެމްބަރުން ވިދާޅުވެފައިވެއެވެ.

އާ ގަވާއިދުގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން ވަކި ކުރުމަށް ކޮމެޓީއަކަށް ފެނިއްޖެ ހާލަތުގައި މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހެއެވެ. އިސްލާޙު ކުރެވުނު ގަވާއިދުގައި މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަޤިއްލު މަޤާމުތަކުގެ މީހުން ވަކި ކުރުމާއި ބެހޭ މާއްދާގައި ވާގޮތުން މީހަކު ވަކި ކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅުމުން، އެ މީހެއްގެ ނަން މަޖިލީހުގައި އިއްވާ، ކަމާބެހޭ ކޮމެޓީއަށް ފޮނުވަންޖެހެއެވެ. އަދި އެމީހުން ވަކި ކުރެވޭނީ އެ މައްސަލަ އެ ކޮމެޓީއަކުން ދިރާސާ ކުރުމަށް ފަހު ނިންމާ ނިންމުމަށް އެކުލަވާލެވޭ ރިޕޯޓެއްގެ މައްޗަށް ބަހުސްކޮށް، ނެގޭ ވޯޓަކަށް ފަހުއެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީގެ މަޤާމާއި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމު އަދާކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް