ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 00:21
އައްޒަޑޭ ޝޯވ އެއްގެ ތެރެއިން
އައްޒަޑޭ ޝޯވ އެއްގެ ތެރެއިން
ސޯޝަލް މީޑިއާ
އައްޒާމް ޝަރީފް
"އައްޒަޑޭ" ބޮޑުބެރުގައި އެންމެ މަޝްހޫރު އެއް ނަން
 
އައްޒަޑޭ އަންނަނީ މި ދާއިރާއިން ޒުވާނުން ތަމްރީނު ކުރަމުން

އައްޒާމް ޝަރީފް، މަޝްހޫރު ނަމުން ނަމަ އައްޒަޑޭއަކީ އަމިއްލަ ބޮޑުބެރު ގްރޫޕް ސާދަ ތިރީސް އަށަކާއެކު މިއަދު ރާއްޖޭގެ ބޮޑުބެރުގެ ރަސްގެފާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އައްޒަޑޭގެ އާއިލާއަކީ މިއުޒިކްގެ ފަންނުވެރި އާއިލާއެއްކަމުން ބޮޑުބެރުގެ ދުނިޔެއަށް ވަންނަން އެހާ އުނދަގޫކަމަކަށް ނުވިއެވެ. ގްރޭޑް ހައެއްގައި އުޅެނިކޮށް ކާފަ ހަދިޔާއަކަށް ދިން ބެރާއެކުގައި އޭނާ ބޮޑުބެރު ޖަހަން ފެށިއެވެ.

ކުޑައިރު ބެރުޖަހަން ފޯރި ހުންނަ ކަމަށް ބުނަމުން އައްޒަޑޭ ބުނީ ކުޑައިރު ފެންނަ ކޮންމެ އެއްޗެއްވެސް ވެފައި ހުންނަނީ ބެރަކަށް ކަމަށާއި އެގޮތުން މޭޒުގައި ބޮޑުބެރު ޖެހި ދުވަސްތައް އަބަދުވެސް ހަނދާން ހުންނަކަމަށެވެ.

ބެރު ޖަހަން އެންމެ ފުރަތަމަ ދަސްކުރީ ވަރަށް ހާލުން ކަމަށް އައްޒަޑޭ ބުންޏެވެ. ބެރުޖަހަން ހުރި ޝައުޤެއްގެ ބޮޑުކަމުން ކުޑައިރު ބޮޑުބެރު ދަސްކުރުމުގެ ބޭނުމުގައި އޭނަ ވަރަށް ގިނަ މީހުން ކައިރިއަޔަށް ދިޔައެވެ. މިއިން ކޮންމް މީހެއް ކައިރިންވެސް ލިބުނީ މާޔޫސް ކުރަނިވި ޖަވާބެކެވެ. ކޮންމެ ކޮންމެ މީހަކަށް ބެރު ނުޖެހޭނެކަމަށްބުނެ، ބެރަކީ ވަކި ގޮތަކަށް ޖަހަން ޖެހޭ އެއްޗެއްކަމަށް ކަމަށް އެމީހުން ބުނި ކަމަށް އައްޒަޑޭ ބުންޏެވެ. ބެރަކީ ޝައުޤުވެރިކަން ހުރެއްޖެނަމަ، ވާނެ ނުވަތަ ކުރެވިދާނެކަމެއްކަން އެމީހުންނަށް ސާބިތުކޮށްދިނުން އެއީ އައްޒަޑޭގެ އަޒުމަކަށް އޭރުވިއެވެ.

އައްޒަޑޭ

އައްޒަޑޭ ބުނި ގޮތުގައި އޭނަގެ އެންމެ ފުރަތަމަ ބެރުގެ ކޯޗަކީ އޭނާގެ ކާފައެވެ. އޭރު ލިބުނު ޗުއްޓީއެއްގައި ރަށަށް ގޮސް ކާފަ ކައިރިން ބެރު ޖަހަން ދަސްކުރި ނަމަވެސް ފަހުން ދަސްކުރީ އަމިއްލަ އަށް ކަމަށް އައްޒަޑޭ ބުންޏެވެ. އެހެންނަމަވެސް ބޮޑުބެރުގެ ތެރެއަށް ބޮޑަށް ވަދެވުނީ ދަރުމަވަންތަ ސްކޫލުގައި އުޅެނިކޮށް މަޝްރޫފް ސަރ ދިން ފުރުސަތަކުންނެވެ. އެއާއެކު ދަރުމަވަންތަ ސްކޫލުގައި ބޮޑުބެރު ގްރޫޕެއް އުފެއްދުމުން އެގްރޫޕް ތެރެއިން ލިބުނު ފުރުޞަތުގައި ބޮޑުބެރުގައި އައްޒަޑޭ ވިދާލިއެވެ.

ސްކޫލުން ލިބުނު ތަޖުރިބާއާއެކު އޭނާ އުފެއްދި ބޮޑުބެރު ގްރޫޕް "1438" އަކީ އޭނާގެ މިހާރުގެ ދުނިޔެއެވެ. 1438 އާމެދު ބޮޑު ހުވަފެނެއް ދެކެމުން އަންނަ ކަމަށް ބުނަމުން އައްޒަޑޭ ބުނީ މިހާރު ދެކެން އެންމެ ބޭނުންވާ ދުވަހަކީ ގްރޫޕުން ތަމްރީނުވަމުން އަންނަ ޒުވާނުން ބޮޑެތި ޝޯވ ތަކުގައި ގްރޫޕް ތަމްސީލު ކުރާ މަންޒަރު ކަމަށާއި އެ ދުވަހަކުން މޭގައި އަތްޖަހާލުމަށްފު ފަހުރުވެރިކަމާއެކު "މަގޭ ދަރިންނޭ" ބުނެލަން ބޭނުންވާ ކަމަށެވެ.

ވޭތުވެދިޔަ ތިން އަހަރަކީ 1438 ކަށް ކާމިޔާބު ތިން އަހަރު ކަމަށާއި މިވަގުތު ގްރޫޕް ސްޕޮންސަރެއް ނެތް ނަމަވެސް ރާއްޖޭގެ ޓޮޕް ލެވެލް ޝޯވ ތަކުގައި ޕާފޯމް ކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އައްޒަޑޭ ބުންޏެވެ.

މިވަގުތު ގްރޫޕަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަމާއި، ޕްރެކްޓިސް ކުރާ ސްޓޫޑިއޯގެ ކުޑަކަން ކަމަށް އައްޒަޑޭ ބުންޏެވެ. 1438 ސްޓޫޑިއޯ އަކީ މިވަގުތު މާލޭގައި ހުރި ސްޓޫޑިއޯ ތަކާއި އަޅާ ބަލާއިރު ބޮޑު ސްޓޫޑިއޯއެކެވެ. އެހެންނަމަވެސް ބޮޑު ޝޯވ އަކަށް ދާން ތައްޔާރުވާއިރު ޖާގައިގެ ދަތިކަން ތަހައްމަލުކުރަން ޖެހޭ ކަން އައްޒަޑޭ ފާހަގަކުރިއެވެ.

ބޮޑުބެރާ އެކު ކުރިޔަށްދާން، ވަކިން ޚާއްޞަކޮށް އައްޒަޑޭގެ ދެވަނަ ޢާއިލާ ކަމަށްވާ 1438 ބޮޑުބެރު ގްރޫޕާއެކު އަދި ވެސް އޭނާގެ އުންމިދަކީ މިދާއިރާގައި އެންމެ އުހަށް ދާށެވެ. އުންމީދަކީ ހުވަފެން ހަޤީގަތަކަށްވެ ، އޭނާއެކޭ އޮއްގޮތައް އޭނާގެ ދެވަނަ އާއިލާގައި ހިމެނޭ ދަރިން ވެސް އޭނާއާއި އެއްސަފެއްގައި ކުރިޔަށް އަރައިގެން ދިއުމެވެ.

އައްޒަޑޭ ޝޯވ އެއްގެ ތެރެއިން

އައްޒަޑޭގެ ބެލުމުގެ ދަށުން 1438 ކުން ތަމްރީނުވަމުން އަންނަ ޒުވާނުންވެސް ތިބީ އައްޒަޑޭގެ މިހުވަފެން ހަޤީގަތަކަށް ހަދައިދޭން ތައްޔާރަށެވެ. އެގްރޫޕުގެ ލަވަކިޔުންތެރިޔާ އަހްމަދު ޝާމް (ބޮބް) ބުނީ އައްޒަޑޭ އަކީ ދެވަނަ ބައްޕަ ކަމަށާއި އެއަށްވުރެ ވަކި ރަނގަޅު މީހެއް ނުހުންނާނެކަމަށެވެ. މީގެ އިތުރުން ޝާމް ބުނީ އައްޒަޑޭ އަކީ ގްރޫޕްގެ އެންމެ އިސް ފަރާތްކަމުގައި ވީނަމަވެސް އެކުގައި އުޅޭ އިރު އެއީ އެންމެ އިސް ފަރާތްކަން ގިނަ ފަހަރު ދެނެގަންނަން ނޭގޭކަމަށެވެ. އައްޒަޑޭ ގްރޫޕް ކުދިން ގެންގުޅެނީ އެހާމެ ލޯބިންކަން ބޮބް ފާހަގަހުރިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
58%
27%
0%
6%
6%
3%
ކޮމެންޓް
16 އޮކްޓޯބަރ 2019 | ބުދަ 17:03
ާއައްޒާމް ޝަރީފް
ހަބޭސް އިން 2016 ގައި ކެނޑިގެން އައި އިރު ތިބި އެންމެންގެ ގްރޫފް އެއް 1438 މީ. އަމިއްލަ ގްރޫޕް އިން މީހުން ނިކުމެ ތިބި މީހުނާ މައްސަލަ ޖެހި ދުރުގަ މަޑު ކޮއްލަން ޖެހުނީ ކީއްވެބާ؟ 1438 އަޑު ކެނޑިފަ އޮއްވާ އައްޒަޑޭ އަދި ގްރޫޕް ގަ ތިބި އެންމެން ނިކުމެ ކުރި މަސައްކަތުން މިހިސާބައް އައިީ. މީ 1438 ގަ ހިމެނޭ އެންމެންގެ ގްރޫޕް އެއް. ސައިފް އާ އައްޔަ ނެއި ދޯ ތަފާތެއް!! ☺️
16 އޮކްޓޯބަރ 2019 | ބުދަ 12:09
ސައިފު ޒާހިރު
1438 ތީ އަހަރެން ހެދި %100 އަހަރެންގެ ގުރޫޕެއް. ތިކިޔާ އަށްޒަޑޭ ފޭރި ގަތީ. އަމިއްލަ އެދުން ބޮޑު މީހެއްތީ